ދާދި ފަހުން އެމްއައިބީއިން ތައާރަފްކުރި ފައިސާނެޓް 2.0 އަކީ ޒަމާނީ އެތައް ސިފަ ތަކަކާއެކު ތައާރަފް ކުރެވުނު ބޭނުންކޮށްލަން ފަސޭހަ އިންޓަނެޓް ބޭންކިން އެކެވެ. މޯބައިލް އޮޕްޓިމައިޒް ވުމުގެ އިތުރުން ކަސްޓަމަރުންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެތައް ކަމެއް ފައިސާނެޓުގައި ހިމަނާފައިވެ އެވެ.
ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހެދުމަކީ ފައިސާނެޓް 2.0 ތައާރަފްކުރުމުގެ އެއް އަމާޒެވެ.
އެގޮތުން, ބޭންކުގެ ހިދުމަތްތަށް ހޯދުމަށް ހޭދަކުރަންޖެހޭ ވަގުތު ކުޑަ ކުރުމަށް ފައިސާނެޓްގައި އިސްކަން ދީފައިވެ އެވެ. އަދި، ކަސްޓަމަރުންނަށް ބޭންކާއި ބެހޭ އެކި މައުލޫމާތު ހޯދާ އެހީތެރިކަން ބޭނުންވާ ކަންކަމުގައި ބޭންކާއި ވާހަކަ ދައްކާލުން މިހާރުގެ ބިޒީ ދިރިއުޅުމުގައި ވެފައިވާނީ ފޯނުން ގުޅައިގެން ކުރެވޭވަރު ކަމަކަށް ނޫނެވެ.
ފައިސާނެޓް 2.0 އިން މިކަމަށް ހައްލެއް ގެނެސްދެ އެވެ. އިތުބާރާ އެކު ބޭންކާއި ޗެޓުކޮށްލެވޭ ގޮތް ފައިސާނެޓް އަދި ފައިސާ މޮބައިލުން ވެސް މިވަނީ ގެނެސް ދީފަ އެވެ.
މި ހިދުމަތާ އެކު ބޭންކަށް ގުޅަން ނުޖެހި ކަސްޓަމާ ސާވިސް ސްޓާފުންގެ އެހީ މިހާރު ހޯދާލެވޭނެ އެވެ. ބޭނުންވާ އެކި ކަންކަމުގައި އެހީ ހޯދާލަން ކިޔުގައި އިންނާކަށް ނުޖެހޭނެ އެވެ.









