ބްރައިޓަން އަތުން ބަލިވެ ލިވަޕޫލަށް ޕްރެޝަރު، ބްރެންޓްފޯޑް ކުރިއަށް

Jan 15, 2023, 3:29 AM
ލިވަޕޫލްގެ ކީޕަރު އެލިސަން ކައިރިން ނައްޓާފައިދާން ބްރައިޓަންގެ މާޗް މަސައްކަތް ކުރަނީ.

ލިވަޕޫލްގެ ކީޕަރު އެލިސަން ކައިރިން ނައްޓާފައިދާން ބްރައިޓަންގެ މާޗް މަސައްކަތް ކުރަނީ.

ލަންޑަން (ޖެނުއަރީ 15) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން ބަލިވެ، ލިވަޕޫލް ޕްރެޝަރަށް ވެއްޓުނުއިރު، ބޯންމައުތު އަތުން 2-0 އިން މޮޅުވެ، ބްރެންޓްފޯޑް ތާވަލުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ބްރައިޓަން ވަނީ ލީގުގެ ހަތް ވަނަ އަށް ޖެހިލައިފަ އެވެ. ބްރެންޓްފޯޑް އަށް ވަނަ އަށް އެރިއިރު، ލިވަޕޫލް އޮތީ ނުވަ ވަނައިގަ އެވެ. ބްރައިޓަން އަށް 18 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ބްރެންޓްފޯޑަށް 19 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. އަދި ލިވަޕޫލަށް 18 މެޗުން ވަނީ 28 ޕޮއިންޓް ލިބިފަ އެވެ.

ބްރައިޓަންގެ އެމެކްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އިން ތިން ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން ދެ ވަނަ ހާފުގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ސޮލީ މާޗް ވަނީ ބްރައިޓަން އަށް ލީޑުނަގައިދީފަ އެވެ. މިއީ ލިވަޕޫލްގެ ޑިފެންޑަރު، ޔޮއެލް މަޓިޕް އަތުން ގެއްލުނު ބޯޅައެއްގައި ބްރައިޓަން އިން ކުރި އެޓޭކަކުން، އެ ޓީމުގެ ކައޯރޫ މިޓޯމާ ޖައްސާލި ބޯޅައަކަށް ހުސްކޮށް އަަރައި، މާޗް ޖެހި ގޯލެކެވެ.

މެޗުގެ 53 ވަނަ މިނިޓްގައި، ބްރައިޓަންގެ ދެ ވަނަ ލަނޑު ޖެހީ ވެސް މާޗް އެވެ. މިއީ އޭރިއާ ރޮނގުމަތިން ލިބުނު ފުރުސަތަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން މާޗް ޖެހި ގޯލެކެވެ.

ލިވަޕޫލްގެ ކުރިއަށް ކުޅޭ އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެ އެވެ. ބަދަލުގައި އެންމެ ކުރީގައި ހުރީ މި ފަހަރުގެ ޓްރާންސްފާގައި ލިވަޕޫލުން ގަތް ނެދަލެންޑްސްގެ ކޯޑީ ގަކްޕޯ އެވެ. އެކަމަކު، އެކަށީގެންވާ ވަރަށް ބޯޅަ ނުދެވޭތީ ގަކްޕޯ އަށް ކުޅުން ދެއްކޭގޮތެއްނުވި އެވެ.

ބްރައިޓަން އިން މި މެޗުގައި ޖެހި ފަހު ގޯލު ކާމިޔާބުކުރީ ބަދަލަކަށް ކުޅެން އެރި ޑެނީ ވެލްބެކް އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ވެލްބެކް މި ލަނޑު ޖެހީ އޭރިއާތެރެއިން ލިވަޕޫލްގެ ޑިފެންޑަރު، ޖޯ ގޯމޭޒް ކައިރިން ނައްޓާފައި ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އޭނާ ލިވަޕޫލާ ހަވާލުވި ފަހުން އެ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމުގެ ފެނުނު އެއް މެޗު ކަމަށާއި ބްރައިޓަން ކަހަލަ އޮގަނައިޒް ޓީމެއް ކައިރީގައި ލިވަޕޫލުން ގިނަ ގޯސްތަކެއް ހެދި ކަމަށެވެ.

ބޯންމައުތު ކޮޅަށް ރޭ ބްރެންޓްފޯޑަށް ލީޑުނަގައިދިނީ އަނިޔާ އަށް ފަހު ޓީމާ ގުޅުނު ފޯވާޑް އައިވަން ޓޯނޭ އެވެ. މެޗުގެ 39 ވަަނަ މިނިޓްގައި ޓޯނޭ މި ލަނޑު ޖެހީ ޕެނަލްޓީ އަކުންނެވެ. ދެ ވަނަ ހާފުގައި ބޯންމައުތުން ކުޅުން ރަނގަޅުކުރިއިރު، ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލި އެވެ. މެޗުގައި ބްރެންޓްފޯޑުން ޖެހި ދެ ވަނަ ލަނޑު ކާމިޔާބުކުރީ 75 ވަނަ މިނިޓްގައި މަތިއަސް ޖެންސަން އެވެ. މިއީ ކައުންޓަ އެޓޭކެއްގައި ބްރެންޓްފޯޑްގެ ޑަ ސިލްވާ ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށްފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެންސަން ޖެހި ލަނޑެކެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސައުތެމްޓަން އިން ވަނީ ޖޭމްސް ވޯޑް-ޕްރައުސްގެ ދެ ގޯލާ އެކު ފަހަތުން އަރައި 2-1 އިން އެވަޓަން ބަލިކޮށްފަ އެވެ. ވުލްވްސް އިން 1-0 އިން އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ބަލިކުރީ ޑެނިއަލް ޕޮޑެންސް ޖެހި ލަނޑުންނެވެ. ނޮޓިންހަމް ފޮރެސްޓުން ވަނީ 2-0 އިން ލެސްޓާ ސިޓީގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox