ދެ ވަނަ ސަވާދީއްތަ ދަތުރު ނުވަ ރަށަކަށް

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގައި ބައިވެރިވި ޔޮޓް ތަކެއް: މި އަހަރުގެ ދަތުގައި 13 އަށްވުރެ ގިނަ އުޅަނޑު

މިދިޔަ އަހަރުގެ ސަވާދީއްތަ ދަތުރުގައި ބައިވެރިވި ޔޮޓް ތަކެއް: މި އަހަރުގެ ދަތުގައި 13 އަށްވުރެ ގިނަ އުޅަނޑު

ރާއްޖާގެ ބައިގަރުނުވީ ޓޫރިޒަމަށް މިދިޔަ އަހަރު އަލަށް އިތުރުވި، ޔޮޓް ރެލީގެ ދެވަނަ ދަތުރަށް މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ. މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ ދެވަނަ "ސަވާދީއްތަ ދަތުރު" ގައި މެދު ރާއްޖޭގެ ހަތަރު އަތޮޅެއްގެ ނުވަ ރަށަށް ދަތުރު ކުރާނެ އެވެ.

ސަވާދީއްތަ ދަތުރަކީ ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް އިންތިޒާމުކުރާ ރެލީ އެކެވެ. މި ފަހަރުގެ ދަތުރު އިސްތިހާރު ކުރުމަށް މެލޭޝިޔާ އާއި ތައިލެންޑުގައި އެމްއައިޓީޑީސީ އިން ވަނީ ރޯޑްޝޯ ބާއްވާފަ އެވެ. ރާއްޖެއިން ބައިވެރިވެފައިވާ ދެ އުޅަނދަކާ އެކު 13 އަށްވުރެ ގިނަ އުޅަނދު މި ފަހަރުގެ ދަތުރުގައި ބައިވެރިވާނެ ކަމަށް އެމްއިޓީޑީސީ އިން ބުނެ އެވެ.

މިދިޔަ އަހަރު އަލަށް ފެށި ސަވާދީއްތަ ދަތުރުގައި ބައިވެރިވެފައިވަނީ ހަތް އުޅަނދެވެ. ބައިވެރިންގެ ފަރާތުންނާއި ރަށްރަށުން އެ ދަތުރަށް ބޮޑު ތާއީދެއް ލިބުނެވެ.

ސަވާދީއްތަ ދަތުރުގައި ދަތުރުކުރަން ހަމަޖެހިފައިވާ ރަށްތައް

  1. ނ. ލަންދޫ
  2. ޅ. ހިންނަވަރު
  3. ބ. ގޮއިދޫ
  4. އއ. ތޮއްޑޫ
  5. އއ. ރަސްދޫ
  6. އއ. އުކުޅަސް
  7. އދ. ދަނގެތި
  8. އދ. ދިގުރަށް
  9. އދ. މާމިނގިލި

މި ފަހަރު ސަވާދީއްތަ ދަތުރު ފަށަން ހަމަޖައްސާފައި ވަނީ އަންނަ މާޗް 1، ގައި ލަންދޫ އިންނެވެ. ދެ ހަފުތާ އެއްހާ ދުވަހުގެ ދަތުރު ނިންމާނީ މާޗް 16، ގައި މާމިނގިއްޔަށެވެ.

އެމްއައިޓީޑީސީ އިން މެޅޭޝިޔާ އަދި ތައިލެންޑޫގައި ބޭއްވި ރޯޑް ޝޯ: މި ފަހަރުގެ ދަތުރުގައި އެ ސަރަހައްދުގެ ގައުމުތަކުން ބައިވެރިވާނެ -- ފޮޓޯ އެމްއިޓީޑީސީ
އެމްއައިޓީޑީސީ އިން މެޅޭޝިޔާ އަދި ތައިލެންޑޫގައި ބޭއްވި ރޯޑް ޝޯ: މި ފަހަރުގެ ދަތުރުގައި އެ ސަރަހައްދުގެ ގައުމުތަކުން ބައިވެރިވާނެ -- ފޮޓޯ އެމްއިޓީޑީސީ

އެމްއައިޓީޑީސީ އިން މެޅޭޝިޔާ އަދި ތައިލެންޑޫގައި ބޭއްވި ރޯޑް ޝޯ: މި ފަހަރުގެ ދަތުރުގައި އެ ސަރަހައްދުގެ ގައުމުތަކުން ބައިވެރިވާނެ -- ފޮޓޯ އެމްއިޓީޑީސީ

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު ދަތުރު މާކެޓްކޮށް އިންތިޒާމު ކުރުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މިއަހަރުގެ ދަތުރަށް މެލޭޝިޔާ އާއި ތައިލެންޑް ފަދަ ގައުމުތަކުން ރަނގަޅު ތަރުހީބެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރު ބޮޑަށް ޓާގެޓް ކުރެވުނީ ދުބާއީ އަށް. މީގެ މާކެޓް މިއޮތީ މެލޭޝިޔާ، ތައިލެންޑް، ސިންގަޕޯ އަދި އިންޑޮނޭޝިޔާ ގައި، އެ ހިސާބުން ދަތުރުކޮށްފައި ރާއްޖެ އަންނަން ވެސް ފަސޭހަ ވާނެ،" ރާއިދު ވިދާޅުވި އެވެ.

ދުނިޔެ ވަށާ ކުރާ ހަތަރު އަހަރުގެ ދަތުރަކަށް ނިކުންނަ މެލޭޝިޔާގެ ޔޮޓަކުން އެ ދިގު ދަތުރު ފަަށަން ހަމަޖައްސާފައި ވަނީ ސަވާދީއްތަ ދަތުރުންނެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމެއްގެ ހާއްސަ ޓީމަކުން ވެސް ދަތުރުގައި ބައިވެރިވާނެ ކަމަށް އެމްއައިޓީޑީސީ އިން ބުނެ އެވެ.

"ވަރަށް ގިނަ ފޮލޯވާސް އެމީހުންގެ ތިބޭނެ، އެމީހުން ބައިވެރިވުމަކީ ރާއްޖެ ވަރަށް ބޮޑަށް އިސްތިހާރު ވާނެ ކަމެއް،" ރާއިދު ވިދާޅުވި އެވެ.

މި ފަހަރުގެ ދަތުރުގައި މަޑުކުރާ ރަށްތަކުގެ ތެރޭގައި ޓޫރިސްޓު ގެސްޓް ހައުސްތައް ހިންގާ ރަށްތައް ގިނަ އެވެ.

"ޓޫރިޒަމް ނެތް ރަށްރަށާއި އެނޫން ރަށްރަށުގެ ތަފާތު މި ދަތުރުން ވަރަށް ބޮޑަށް ފެނިގެން ދާނެ،" ރާއިދު ވިދާޅުވި އެވެ.

ސަވާދީއްތަ ދަތުގައި މަޑުކުރާ އެއް ރަށަކީ 56 ގެސްޓުހައުސް ހިންގާ އއ. ތޮއްޑޫ އެވެ. އެ ރަށަށް މަޑު ކުރާ، މާޗް 8، ވަނަ ދުވަސް ދިމާވަނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާ އެވެ. ޓޫރިޒަމް ދާއިރާގެ ބޭފުޅެއް ކަމަށްވާ، ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ އެ ރަށުން ސަވާދީއްތަ ދަތުރަށް މަރުހަބާ ކިޔާނީ ސަގާފީ އައިޓަމްތަކާއެކު އަންހެނުންގެ ދުވަހާ ވެސް ގުޅުވައިގެން ކަމަށެވެ.

"މިދަތުރުން އެކްސްޕޯސާ ލިބޭނީ ދަތުރުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ސޯޝަލް މީޑިޔާގެ ފޮލޯވާސް އަށް ބިނާކޮށް، ގިނަ ފޮލޯވާސް ތިބޭ ފަރާތްތަކުން ބައިވެރިވެފައިވަންޏާ ބޮޑަށް އިސްތިހާރުވާނެ،" ކަރަމް ވިދާޅުވި އެވެ.

ސާދީއްތަ ދަތުރުގެ ހުރިހާ މައުލޫމާތެއް އެމްޓީޑީސީން އެކަމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓުގައި ވަނީ ހިމަނާފަ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއި މޯލްޑިވްސް ބޯޓިން އެސޯސިއޭޝަން އިން ވަނީ މި ދަތުރު އެންޑޯޒް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox