ސަވާދީއްތަ ޕާސްޕޯޓް އިފްތިތާހުކޮށްފި، ޒިޔާރަތްކުރާ ކޮންމެ ރަށަކުން ސްޓޭމްޕް ޖަހާނެ

ސަވާދިއްތަ ދަތުރުގައި ބައިވެރިވި މަޝްހޫރު ޒަޓާރާގެ އާއިލާ: މި ޕާސްޕޯޓް ލިބޭނީ ހަމައެކަނި ރެލީގައި ބައިވެރިވާ ފަރާތްތަކަށް އެކަނި -- ފޮޓޯ: އެމްއައިޓީޑީސީ

ސަވާދިއްތަ ދަތުރުގައި ބައިވެރިވި މަޝްހޫރު ޒަޓާރާގެ އާއިލާ: މި ޕާސްޕޯޓް ލިބޭނީ ހަމައެކަނި ރެލީގައި ބައިވެރިވާ ފަރާތްތަކަށް އެކަނި -- ފޮޓޯ: އެމްއައިޓީޑީސީ

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމް ކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޔޮޓް ރެލީ, "ސަވާދީއްތަ ދަތުރު" ގެ ބައިވެރިންނަށް ހާއްސަ ޕާސްޕޯޓެއް މިއަދު ތައާރަފްކޮށްފި އެވެ.

ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެ އަށް އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށްގެން ފެށި މި ދަތުރުގައި ހއ. އިން ފެށިގެން ބ. އަތޮޅުގެ 14 ރަށަކަށް ދަތުރުކުރަން ހަމަޖެހިފައިވާއިރު، މިއަދު އެ ރެލީ ފެށީ ހއ. ހޯރަފުށިންނެވެ. އެރަށުގައި ކުލަގަދަކޮށް ބޭއްވި ފެށުމުގެ ރަސްމިއްޔާތުގައި ސަވާދިއްތަ ޕާސްޕޯޓް އިފްތިތާހްކޮށްދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާ ކެތެރިން ހެޒްވެލް އެވެ.

ދަތުރުގެ ކޮންމެ ބައިވެރިއަކަށް، ރަމްޒީ ހަދިޔާއެއްގެ ގޮތުގައި ދިން މި ޕާސްޕޯޓްގައި ކޮންމެ ރަށަކަށް ދިއުމުންވެސް އެ ރަށަކަށް ޒިޔާރަތް ކުރި ކަމުގެ ސްޓޭމްޕެއް ޖަހާނެ އެވެ. މިފަހަރުގެ ދަތުރުގައި ބައިވެރިވީ ރާއްޖެއިން ބޭރުގެ ފަރާތްތައް އެކަންޏެވެ. އެހެންވެ, ޕާސްޕޯޓް ވެސް ދޫކޮށްފައި ވަނީ އެއްހާސް ޑޮލަރުގެ ފީއެއް ދައްކައިގެން ރެލީގައި ބައިވެރިވިި، 12 ޔޮޓުގެ 34 ފަތުރުވެރިއަކަށެވެ.

ސަވާދީއްތަ ޕާސްޕޯޓް އިފްތިތާހް ކުރަނިކޮށް: ޔޫއެންގެ ކެތުރީން (ވ.)، އެމްއައިޓީޑީސީގެ އެމްޑީ (ކ.) -- ފޮޓޯ: އެމްއައިޓީޑީސީ
ސަވާދީއްތަ ޕާސްޕޯޓް އިފްތިތާހް ކުރަނިކޮށް: ޔޫއެންގެ ކެތުރީން (ވ.)، އެމްއައިޓީޑީސީގެ އެމްޑީ (ކ.) -- ފޮޓޯ: އެމްއައިޓީޑީސީ

ސަވާދީއްތަ ޕާސްޕޯޓް އިފްތިތާހް ކުރަނިކޮށް: އދ. ގެ ރެޒިޑެންޓް ކޯޑިނޭޓާ ކެތެރިން (ވ.)، އެމްއައިޓީޑީސީގެ އެމްޑީ ރާއިދު (ކ.) -- ފޮޓޯ: އެމްއައިޓީޑީސީ

"ސެއިލަރަކު އެއް ގައުމުން އަނެއް ގައުމަށް ދާއިރު، އެ ގައުމަކަށް ޒިޔާރާތްކުރިކަމުގެ ރަމްޒެއްގެ ގޮތުން ތަތްގަނޑެއް ޖަހާ ދޭނެ. އަޅުގަނޑުގެ ބައްޕައަކީ ކެޕްޓަނެއް، ދުނިޔޭގައި ހުންނެވިއިރު ބޯޓު ދަތުރު ކުރެއްވީ އެންމެ ޒަމާންވާންދެން. އަޅުގަނޑަށް ފެނުން ބައްޕަ ދަތުރު ކުރެއްވި ގައުމުތައް،" އެތެރޭގެ ދަތުރުތަކަށް ހާއްސަ ޕާސްޕޯޓެއް ސެއިލަރުންނަށް ހާއްސަކޮށްގެން ހެދުމުގެ ހިޔާލު އައިގޮތް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު "އަދަދު" އަށް ކިޔާދެއްވި އެވެ.

"ރަސްމީ ޕާސްޕޯޓަކަށް ރާއްޖެ ކަހަލަ ގައުމަކަށް އައިސް ކިތަންމެ ގިނަ ރަށްތަކަށް ދިޔަޔަސް ނެތް އެނގޭނެ ގޮތެއް، އެހެންވެ މި ދަތުރުގެ އިތުރުންވެސް އެ ފަތުރުވެރިން ދާ ކޮންމެ ރަށަކަށް ދިޔަކަމުގެ ރަމްޒީ ހަދާނަކަށް މި ޕާސްޕޯޓް ހަދަން ނިންމީ"

ރާއިދު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދާ ފަތުރުވެރިއެއްގެ އަތުގައިވެސް މި ޕާސްޕޯޓް އޮތްނަމަ އޭގައި އެރަށަށް އައިކަމުގެ ތަތްގަނޑެއް ޖަހާދިނުމަށް އެދިފަ އެވެ. އޭނާ ބުނީ ސަވާދިއްތަ ދަތުރަށްފަހު އެ ދަތުރުގެ ބައިވެރިން އެހެން ރަށްރަށަށް ޒިޔާރާތް ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ޓޫރިޒަމަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި، ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔުމަށް ފެށި، މި ރެލީ ކޮންމެ އަހަރެއްގައިވެސް ބޭއްވުމަށް އެމްއައިޓީޑީސީ އިން ވަނީ ނިންމާފަ އެވެ. އެ ފުރުސަތު ދިވެހިންނަށް ވެސް ހުޅުވާލާފައިވާއިރު، ސަވާދީއްތަ ޕާސްޕޯޓް ދޫކުރަން ނިންމާފައި ވަނީ ދަތުރުގައި ބައިވެރިވާ ފާރާތްތަކަށް އެކަންޏެވެ.

ފަތުރުވެރިންނާއި ދިވެހި މުޖްތަމައު އާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ރަށްވެހި ދިރިއުޅުމުގެ ތެރެއިން ކޮންމެ ރައްޔިތެއްގެ ޖީބަށްވެސް ތަނަވަސްކަން ގެނެސްދިނުމުގެ މަގުފަހިކޮށްދިނުމުގެ އަމާޒުގައި، ހޯމްސްޓޭ ފެށުމަށްޓަކައި ފެށި މި ރެލީގައި ދުނިޔޭގެ މަޝްހޫރު ސެލިބްރިޓީ ޔޮޓް، "ސެއިލިން ޒަޓާރާ"، އަދި "ސެއިލިން އެކުއޭރިއަސް" ފަދަ ޔޮޓްތައް ބައިވެރިވި އެވެ.

މީގެ އިތުރުން ފްރާންސްއާއި، ތައިލޭންޑާއި، އެމެރިކާ، އިންޑިއާ އަދި މެލޭޝިޔާގެ ބައެއް ޔޮޓުތައް މި ދަތުރުގައި ބައިވެރި ވިއެވެ.

އެމްއައިޓީޑީސީީގެ އަމާޒަކީ މި ދަތުރުގެ ތެރެއިން ރަށްރަށުގެ ސަގާފަތާއި ތާރީހާއި އާދަކާދަތަކަށް ފަތުރުވެރިން ހިތް ޖައްސައިގެން، އެރަށްތައް ބޭރުގެ މާކެޓްތަކުގައި އިޝްތިހާރުކޮށް ހޯމްސްޓޭ ޓޫރިޒަމް ފުޅާކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox