ސެއިލިން ކުރިއަރުވަން ތުލުސްދޫގައި ހާއްސަ ސެންޓަރެއް ގާއިމުކުރަނީ

ޖޭއެލްއެސްގެ ކެޕްޓަން މައިކް (ވ.) މިނިސްޓަރު ޑރ. ހަސަން (ކ.): ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ އިންޓަނޭޝަނަލް ސެއިލިން ޓްރެއިނިިން ސެންޓަރު މިއަދު ވަނީ ލޯންޗުކޮށްފައި -- ފޮޓޯ: އެމްއައިޓީޑީސީ

ޖޭއެލްއެސްގެ ކެޕްޓަން މައިކް (ވ.) މިނިސްޓަރު ޑރ. ހަސަން (ކ.): ރާއްޖޭގައި ގާއިމުކުރާ ފުރަތަމަ އިންޓަނޭޝަނަލް ސެއިލިން ޓްރެއިނިިން ސެންޓަރު މިއަދު ވަނީ ލޯންޗުކޮށްފައި -- ފޮޓޯ: އެމްއައިޓީޑީސީ

ރާއްޖޭގައި ސެއިލިން ކުރިއެރުވުމަށް ދުބާއީގޭ ޖޭއެލްއެސް ސުޕާ ޔޮޓްސް ކުންފުނިން އޮޕަރޭޓްކުރާ ހާއްސަ ސެންޓަރެއް ކ. ތުލުސްދޫގައި ގާއިމްކުރަން ނިންމައިފި އެވެ.

ރިޔަލު ޔޮޓް ފަހަރުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން މިއަދު ވަނީ "ސަވާދީއްތަ ދަތުރު" ގެ ނަމުގައި ހާއްސަ ޔޮޓް ރެލީ އެއް ފަށާފަ އެވެ.

ހއ. ހޯރަފުށީގައި މި ރެލީ ފެށުމަށް މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސެއިލިން އަށް ހާއްސަ ސެންޓަރުގެ ރެޖިސްޓްރޭޝަން ރަމްޒީކޮށް އެ ކުންފުންޏާއި ހަވާލު ކޮށްދެއްވީ މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން އެވެ. އަދި ޖޭއެލްސްގެ ފަރާތުން އެއާ ހަވާލުވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ކެޕްޓަން މައިކް ފެޓަން އެވެ.

ކަނޑުދަތުރުފަތުރުގެ އެކި ހިދުމަތްތައް ދެމުން އަންނަ 17 އަހަރުގެ ތަޖުރިބާ ހުރި ޖޭއެލްއެސް ސުޕާ ޔޮޓްސް އަކީ އިނގިރޭސިވިލާތުގެ ރޯޔަލް ޔޮޓް އެސޯސިއޭޝަނުން ބަލައިގެންފައިވާ ޓްރެއިނިން ސެންޓަރު ހިންގާ ކުންފުންޏެކެވެ. އެ ސެންޓަރުގެ ހުރިހާ މުދައްރިބުން ސަނަދު ހާސިލްކޮށްފައި ވަނީ ވެސް އިނގިރޭސިވިލާތުންނެވެ.

"އަހަރެމެން އުންމީދު ކުރަނީ މިކަމުގެ ސަބަބުން ރާއްޖޭގެ މުއްސަނދި ކަނޑުތަކަށާއި، ޔޮޓު ދަތުރުފަތުރު ކުރާ ސިނާއަތަށް ކުރިއެރުން ލިބިގެން ދާނެ ކަމަށް" މިއަދު ހެނދުނު ހޯރަފުށީގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ކެޕްޓަން މައިކް ވިދާޅުވި އެވެ،

އޭނާ ވަނީ ޖޭއެލްއެސް އަށް އެ ސެންޓަރު ހިންގުމުގެ ހުއްދަ ހަޔާ އެޑިއުކޭޝަނުން ދީފައި ވާތީ އެ މިނިސްޓްރީ އަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ރަސްމީކޮށް އެ ސެންޓަރު ހުޅުވިކަން އިއުލާންކުރައްވާ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިބްރާހިމް ހަސަން އަށް އެ ސެންޓަރުގެ ޓީޝާޓެއް ހަދިޔާކޮށްފަ އެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި އިންސްޓިޓިއުޝަން މެދުވެރިކޮށްވެސް ވަރަށް ގިނަ ދިވެހިންނަށް މި ދާއިރާގެ މައުލޫމާތުތަކެއް ލިބި، މި ދާއިރާގެ ތަފާތު އެކި ޓްރެއިނިން ޕްރޮގްރާމްތައް ހަދާ، އަދި މި ދާއިރާއިން ވަޒީފާގެ ބާޒާރަށް ނިކުންނާނެ ފަންނުވެރި ހުނަރުވެރި ދިވެހިންތަކެއް އުފެދިގެން ދިއުން." މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަސަން ވިދާޅުވި އެވެ.

ރަސްމިއްޔާތަށް ފަހު "އަދަދު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އެ ސެންޓަރު ހުޅުވޭތާ ކައިރި މުސްތަގްބަލެއްގައި ދެކެން ބޭނުން ދުވަހެއް އޮތްކަން ފާހަގަކުރައްވާފަ އެވެ.

"އަދި އުންމީދުކުރަން މި ދާއިރާއިން އިތުރަށް މީހުން ތައުލީމް ހޯދަން ޝައުގުވެރިވެ، ދިރާސާ ކުރުމަށް ޝައުގުވެރިވެ، އަދި މި ދާއިރާގައި މަސައްކަތް ކުރަން ނިކުންނާނެ ދިވެހިން އިތުރުވެގެން ދާނެ ކަމަށްވެސް" ސެއިލިން ސިނާއަތުގައި ދިވެހިން އިތުރުކުރަން ބޭނުންވާކަން ފާހަގަކުރައްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓާ ވިދާޅުވި އެވެ.

ދާދިފަހުން އެ ކުންފުނިން ވަނީ ސެއިލިން ތަޖުރިބާކޮށް، އިތުރަށް އެ ސިނާއަތުގައި ކުރިޔަށް ދިޔުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ތިން ދިވެއްސަކަށް ސައުދީ އަރަބިއްޔާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދީފަ އެވެ.

ޖޭއެލްއެސް ސުޕާ ޔޮޓްސް އަކީ ގަލްފް ސަރަހައްދުގައި ޔޮޓް ހޭންޑްލް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ކަސްޓަމަރުން ތިބެ އެވެ.

ތުލުސްދޫގައި ހުޅުވާ ސެންޓަރު ވެގެންދާނީ ސެއިލިން ކުރިއަރުވައި އެ ސިނާއާތަށް މީހުން ތަމްރީން ކުރުމަށް ރާއްޖޭގައި ގާއިމުކުރާ މިފަދަ ފުރަތަމަ ސެންޓަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox