އިރާނުގައި އިނގިރޭސިވިލާތުގެ ރައްޔިތަކު ދަންޖައްސައި މަރާލައިފި

އަލީރިޒާ އަކްބަރީއަކީ އިނގިރޭސިވިލާތާއި އިރާނުގެ ޕާސްޕޯޓް އޮންނަ މީހެއް. -- ފޮޓޯ: އީޕީއޭ

އަލީރިޒާ އަކްބަރީއަކީ އިނގިރޭސިވިލާތާއި އިރާނުގެ ޕާސްޕޯޓް އޮންނަ މީހެއް. -- ފޮޓޯ: އީޕީއޭ

އިރާނުގައި މަރުގެ ހުކުމް އިއްވާފައި ހުރި އަލީރިޒާ އަކްބަރީ ދަންޖައްސައި މަރާލާފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

އަކްބަރީއަކީ އިނގިރޭސިވިލާތާއި އިރާނުގެ ރައްޔިތެކެވެ. އަކްބަރީއާ ފަހުގެ ސަލާމް ކުރުމަށް ޖަލަށް ދިޔުމަށް މިދިޔަ ބުދަ ދުވަހު އާއިލާއަށް އެންގި އެވެ.

އޭނާއަކީ ކުރިން އިރާނުގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރުކަން ކުރި މީހެކެވެ. އޭނާ ހައްޔަރުކޮށް އިނގިރޭސިވިލާތަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތު ކުރީ 2019 ގަ އެވެ.

އެހެން ނަމަވެސް އެއީ ދޮގު ތުހުމަތެއް ކަމަށް އަކްބަރީ ބުންޏެވެ. އިނގިރޭސިވިލާތުން ގޮވާލީ ދަންނުޖައްސައި، ވަގުތުން އޭނާ މިނިވަން ކުރުމަށެވެ.

ހުކުރު ދުވަހު އިނގިރޭސި ފޮރިން ސެކެޓްރީ ޖޭމްސް ކްލެވެލީ ވިދާޅުވީ "ދަންޖައްސާނެ ކަމަށް ބުނެ އިރާނުން ދީފައިވާ ލާއިންސާނީ އިންޒާރު ހަގީގަތަކަށް ހަދައިގެން ނުވާނެ" ކަމަށެވެ.

އޭނާ ދަންޖައްސައި މެރި ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނި އިރު، އެ ގައުމުގެ ޖުޑިޝަރީގެ ރަސްމީ ނޫސް މިޒާންއިން ވެސް ބުނީ އަކްބަރީ ދަންޖައްސާފައިވާ ކަމަށެވެ.

އަކްބަރީ ކުށަށް އިއުތިރާފްވާ ވީޑިއޯއެއް އިރާނުން މިދިޔަ ހަފުތާގައި އާއްމުކުރި އެވެ. އެކަމަކު ބުދަ ދުވަހު އާއްމުވި އޯޑިއޯ މެސެޖެއްގައި އޭނާ ބުނީ އިއުތިރާފުވީ އަނިޔާކުރުމުން ކަމަށެވެ.

މިދިޔަ އަހަރު އިރާނުގައި ފެށި މުޒާހަރާތަކާ ގުޅިގެން އިނގިރޭސިވިލާތުން އިރާނުގެ ފުލުހުންނާއި އެހެން ސެކުއިރިޓީ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި އެވެ.

އޭގެ ސަބަބުން އިރާނާއި އިނގިރޭސިވިލާތުގެ ގުޅުން އޮތީ ވަރަށް ގޯސްވެފަ އެވެ. އަކްބަރީގެ އިތުރުން ވެސް އެހެން ގައުމުތަކުގެ ޕާސްޕޯޓް އޮންނަ ގިނަ ބަޔަކު އިރާނުގައި ހައްޔަރުކޮށްފައިވެ އެވެ.

އެ އެންމެންނަށް ވެސް ކުރަނީ ޖާސޫސްކުރުމުގެ ތުހުމަތެވެ. މިހާރު ވެސް އިނގިރޭސިވިލާތުގެ ޕާސްޕޯޓް އޮންނަ ދެ މީހުން ބަންދުކޮށްފައި އެބަ ތިއްބެވެ.

މިދިޔަ އަހަރު އިނގިރޭސި ޕާސްޕޯޓް އޮންނަ ނަޒަނިން ޒަގަރީ ރެޓްކްލިފް އާއި އަނޫޝާ އަޝޫރީ ޖަލުން މިނިވަންކޮށް އިރާނުން ފުރަން ހުއްދަ ދިނީ އިނގިރޭސިވިލާތުން އަދާކުރަން ޖެހޭ ދަރަންޏެއް ދެއްކުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox