އެމްޑީޕީ އަކީ ސަރުކާރެއް ނޫން، ސަރުކާރުގެ ބޮޑު ބައި އޮތީ ކޯލިޝަން ޕާޓީތަކަށް: ނަޝީދު

ރައީސް ސޯލިހު، ކުރީގެ ރައީސް މައުމޫން، ކުރީގެ ރައީސް މައުމޫން، އަދި ނައިބު ރައީސް ފައިސަލް: ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރު ނޫން ކަމަށް -- ފޮޓޯ:ފައިލް

ރައީސް ސޯލިހު، ކުރީގެ ރައީސް މައުމޫން، ކުރީގެ ރައީސް މައުމޫން، އަދި ނައިބު ރައީސް ފައިސަލް: ނަޝީދު ވިދާޅުވީ އެމްޑީޕީ އަކީ ސަރުކާރު ނޫން ކަމަށް -- ފޮޓޯ:ފައިލް

އެމްޑީޕީ އަކީ ސަރުކާރު ނޫން ކަމަށާއި، ސަރުކާރުގެ ބޮޑު ބައި އޮތީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތަކަށް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިރޭ ލ. ގަމުގައި ބޭއްވި އެމަނިކުފާނުގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ނަޝީދު ވިދާޅުވީ އެމްޑީޕީއަށް މި ސަރުކާރުން ލިބިފައިވަނީ 40 ޕަސަންޓު ކަމަށާއި، ބާކީ 60 ޕަސަންޓަކީ ކޯލިޝަނުގައި ހިމެނޭ އެހެން ޕާޓީތައް ކަމަށެވެ.

މި ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއް ކަމަށް ދެކޭ ދެކުން، އެއީ ވަރަށް ބޮޑު ކުށްހީއެއް"

މިރޭގެ ޖަލްސާގައި ނަޝީދު ވަނީ ސަރުކާރުން އަތޮޅުތަކުގެ ރައްޔިތުންގެ އަޑުނާހާ ކަމަށް ވިދާޅުވެ އެކަމުގެ ސަބަބުން އެ ރައްޔިތުންގެ ވޯޓު ސަރުކާރަށް ގެއްލޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ސިޔާސަތު ތަކަކީ މި ސަރުކާރުގެ ސިޔާސަތާއި ތަފާތު ސިޔާސަތުތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

ލ. ހިތަދޫއިން މިސާލު ނަންގަވަމުން ނަޝީދު ވިދާޅުވީ މި ވެރިކަމުގައި އެ ރަށުގެ ރައްޔިތުންގެ މަތިން ހަނދާން ނައްތާލައި، އެމީހުންނަށް ވެފައިވާ ވައުދުތައް ފުއްދާފައިނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މީހުންގެ ވޯޓު ރިޔާސީ އިންތިހާބުގައި ހޯދަން ވަރަށް އުނދަގޫ ވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެމްޑީޕީއަށް ހިތަދޫގެ ވޯޓު.. ސަރުކާރަށް ހިތަދޫގެ ވޯޓު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނުހޯދޭނެއޭ، އެމްޑީޕީއަކީ ސަރުކާރެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީ ފިޔަވާ ދެން ކޯލިޝަނުގައި ހިމެނެނީ ޖުމްހުރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރުއެމް އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުއާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެމަނިކުފާނަށް ޕްރައިމަރީ ކާމިޔާބު ކުރެވޭ ހާލަތެއްގައި މި ކޯލިޝަނާއެކު ކުރިއަށްދާނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.

ނަމަވެސް ނަޝީދު ވިދާޅުވަނީ އެމަނިކުފާނު ކޯލިޝަނުގެ ވިސްނުން ގެންނަވާނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ދާ ހާލަތެއްގައި، އެހެން ޕާޓީތަކަށް ލިބޭ ވޯޓުގެ އަދަދަށް ބެލުމަށްފަހު ކަމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox