ފެލިކްސް އަށް ފުރަތަމަ ވެސް ރަތެއް، ޗެލްސީގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓިއްޖެ

Jan 13, 2023, 2:09 AM
ރޭގެ މެޗުގެ ތެރެއިން ޔާއޯ ފެލިކްސް (ވ) ފައުލުކުރުމަށް ފަހު ދަނޑުމަތީގައި އިށީނދެލައިގެން.

ރޭގެ މެޗުގެ ތެރެއިން ޔާއޯ ފެލިކްސް (ވ) ފައުލުކުރުމަށް ފަހު ދަނޑުމަތީގައި އިށީނދެލައިގެން.

ލަންޑަން (ޖެނުއަރީ 13) - ޗެލްސީން އަލަށް ސޮއިކުރި ޕޯޗުގީސް މިޑްފީލްޑަރު، ޔާއޯ ފެލިކްސް އަށް، އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ރަތް ކާޑު ދެއްކިއިރު، އަވަށްޓެރި ކްލަބް، ފުލަމް އަތުން 2-1 އިން ބަލިވެ، ޗެލްސީ އަށް ކުރިމަތިވެފައިވާ ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އެންމެ ފަހުން، ޗެލްސީ ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. މިއީ މިދިޔަ 12 އަހަރު ތެރޭ ލީގުގައި ޗެލްސީގެ އެންމެ ފޯމު ދަށްވި ފަހަރެވެ. އަނެއްކޮޅުން، މިދިޔަ އަހަރުގެ އޮކްޓޫބަރު 18 ވަނަ ދުވަހުގެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ މަދު މެޗުން މޮޅުވީ ޗެލްސީ އެވެ.

ފުލަމް އިން ޕްރިމިއާ ލީގު ތާރީހުގައި ޗެލްސީ އަތުން ދެ ވަނަ ފަހަރަށް މޮޅުވިއިރު، މިއީ ޗެލްސީގެ ކޯޗުކަމުގައި ގްރަހަމް ޕޮޓާ ހުއްޓައި، އެ ޓީމު ޖެހިޖެހިގެން ތިން މެޗުން ބަލިވި ދެ ވަނަ ފަހަރެވެ. ފުލަމް އިން ރޭ ހޯދި މޮޅާ އެކު، އެ ޓީމު ވަނީ ލީގުގައި ޖެހިޖެހިގެން ހަތަރު ވަނަ މެޗު ކާމިޔާބުކޮށް، ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެއީ 19 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ޗެލްސީ ލީގުގެ 10 ވަނައިގައި އޮތީ 18 މެޗުން 25 ޕޮއިންޓާ އެކު އެވެ. އެއީ ގަދަ ހަތަރަކާ ދެމެދު 10 ޕޮއިންޓުގެ ފަރަގަކާ އެކު އެވެ.

ކްރޭވަން ކޮޓޭޖްގައި ރޭ ކުޅުނު މެޗު ފަށައިގެން 25 ވަނަ މިނިޓްގައި ފުލަމް އަށް ލީޑުނަގައިިދިނީ ކުރިން ޗެލްސީ އަށް ކުޅުނު ވިންގް، ވިިލިއަން އެވެ. އޭރިއާތެރެއިން ވިލިއަން ޖެހި ބޯޅަ ގޯލަށް ވަނީ ޗެލްސީގެ ޓްރެވޯ ޗަލޯބާ ފައިގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީގެ ޔާއޯ ފެލިކްސް ޖެހި ބޯޅައެއް ވަނީ ފުލަމް ކީޕަރު، ބާން ލޭނޯ އަތަށް އަމާޒުވެފަ އެވެ.

ޗެލްސީން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މިއީ 47 ވަނަ މިނިޓްގައި ލިބުނި ހިލޭ ޖެހުމަކުން، ޗެލްސީގެ މޭސަން މައުޓް ޖެހި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައި ކުޅުމުގެ ތެރެއަށް އެނބުރި އައި ވަގުތު ޗެލްސީގެ ޑިފެންޑަރު ކަލީދޫ ކުލިބާލީ ޖެހި ގޯލެކެވެ. ފުލަމް ކީޕަރު ލެނޯ އެ ބޯޅަ މަތަކުރި ނަމަވެސް ގޯލް ލައިން ޓެކްނޮލޮޖީން ވަނީ އެ ބޯޅަ ގޯލުގެ ރޮނގު ހުރަސްކޮށް އެތެރެއަށް ވަންކަން ޔަގީންކޮށްދީފަ އެވެ.

ރަތް ކާޑު ދެއްކުމުން ފެލިކްސް ދަނޑުން ފައިބަނީ.

މެޗުގައި ޗެލްސީ އަށް މައްސަލަ ދިމާވީ، އެ ޓީމުގެ ޖޯޒީގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުނު ޔާއޯ ފެލިކްސް އަށް 58 ވަނަ މިނިޓްގައި ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. މިއީ ފުލަމްގެ ޓެޓޭ އަށް ޔާއޯ ފެލިކްސް ކުުރި ނުރައްކާތެރި ފައުލަކަށް ދެއްކި ރަތް ކާޑެކެވެ.

އެތުލެޓިކޯ ދޫކޮށް ހަ މަސް ދުވަހުގެ ލޯނަކަށް ޗެލްސީން ގެނައި، ޔާއޯ ފެލިކްސް އަކީ ޗެލްސީ އަށް ކުޅުނު ފުރަތަމަ މެޗުގައި ރަތް ކާޑު ދެއްކި ފުރަތަމަ ކުޅުންތެރިޔާ އެވެ. ޕްރިމިއާ ލީގުގައި މީގެ ކުރިން ފުރަތަމަ މެޗުގައި 21 ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކިއިރު، އެންމެ ފަހުން، ފުރަތަމަ މެޗުގައި ރަތް ކާޑެއް ހޯދީ ޓޮޓެންހަމްގެ ފެޑެރީކޯ ފަޒިއޯ އެވެ. އެއީ 2014 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ޗެލްސީގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި ފުލަމް އިން ދެ ވަނަ ފަހަރަށް ލީޑުނެގި ލަނޑު ޖެހީ 72 ވަނަ މިނިޓްގައި ކާލޯސް ވިނީޝިއުސް އެވެ. ވިނީޝިއުސް މި މެޗުގައި ފުލަމްގެ އެޓޭކް ލީޑުކުރީ ފަސް ރީނދޫ ކާޑު ހަމަވެގެން މި މެޗަށް ސަސްޕެންޝަނެއްގައި ހުރި ފުލަމްގެ އަލެކްސަންޑަ މިޓްރޮވިޗްގެ ބަދަލުގަ އެވެ.

ބެންފީކާ ދޫކޮށް މި ފަހަރު ފުލަމްއާ ގުޅުނު ބްރެޒިލްގެ ވިނީޝިއުސް، ޗެލްސީ ކޮޅަށް މި ގޯލު ޖެހީ ފުލަމް އަށް މި މެޗުގައި މޮޅު ކުޅުމެއް ދައްކައިދިން، އަންޑްރެއަސް ޕެރޭރާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. މިއީ ވިނީޝިއުސް ފުލަމް އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.

މެޗުގެ ފަހު ކޮޅުގައި ޗެލްސީ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ ޖަރުމަނުގެ ފޯވާޑް ކައި ހަވާޓްޒް އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox