ލެޖެންޑް ވަސީމްގެ މެސެޖު ގައުމީ ޓީމަށް: ބުރަކޮށް މަސައްކަތް ކުރޭ

Jan 10, 2023, 7:02 AM
ވަސީމް އަކްރަމް (މ) ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ/ ރާއިފް ޔޫސުފް

ވަސީމް އަކްރަމް (މ) ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރަނީ.-- ފޮޓޯ: ޔޫތު މިނިސްޓްރީ/ ރާއިފް ޔޫސުފް

ޕާކިސްތާންގެ ކުރީގެ ކެޕްޓަން އަދި ކްރިކެޓް ލެޖެންޑް ވަސީމް އަކްރަމް، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިންނާ ބައްދަލުކޮށް އެ ކުޅުންތެރިންނަސް ހިތްވަރު ދީފި އެވެ.

އަމިއްލަ ޗުއްޓީއެއްގައި މި ވަގުތު ރާއްޖެ އައިސް ހުރި ޕާކިސްތާންގެ މަޝްހޫރު ކްރިކެޓަރު، ވަސީމް އަކްރަމް އިއްޔެ ވަނީ މާލޭ ކުޅިވަރު އެކުވެއްޏަށް ގޮސް އެތަނުގައި ޕްރެކްޓިސް ކުރަން ތިބި ދިވެހި ކުޅުންތެރިންނާ ބައްދަލުކޮށްފަ އެވެ.

މި ބައްދަލުވުމުގައި އޭނާއާ އެކު ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހުލޫފު އާއި ރާއްޖޭގެ ކްރިކެޓް ބޯޑުގެ ރައީސް މުހައްމަދު ފައިސަލްގެ އިތުރުން ޕާކިސްތާނުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައްޔާޒް ޖީލާނީ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ދިވެހި ކުޅުންތެރިންނާ ބައްދަލުކޮށް ވަސީމް އަކްރަމް އެންމެ ފުރަތަމަވެސް ފާހަގަކުރީ މުބާރާތްތަކުގައި ވާދަކުރާއިރު ކުޅުންތެރިން ރަނގަޅަށް ތައްޔާރު ވުމަށެވެ. ރާއްޖެ ކަހަލަ ވަސީލަތްތައް މަދު ގައުމެއްގައި ޕްރެކްޓިސްކޮށްފައި އެހެން ގައުމަކަށްގޮސް ތަފާތު މާހައުލެއްގައި ތަފާތު ޕިޗެއްގައި ކުޅެން ޖެހޭނެކަން އެނގިތިބެ އެކަމަށް ތައްޔާރުވުމަށް އޭނާ ނަސޭހަތްތެރިވި އެވެ.

"މިއީ ސިމެންތި ޕިޗެއްދޯ. ހަނދާން ކުރާތި، މުބާރާތަށް ގޮސް ކުޅޭއިރު އެތާ އޮންނަ ޕިޗު، ތިޕިޗާ ވަރަށް ބޮޑަށް ތަފާތު ވާނެ. އެކަމަށް ރަނގަޅަށް ތައްޔާރުވާތި" ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފާސްޓް ބޯލަރުންގެ ތެރޭގައި ހިމެނޭ ވަސީމް އަކްރަމް ބުންޏެވެ.

ވަސީމް އަކްރަމް ކުޅުނުއިރު، ނަގާފައިވާ ފޮޓޯއެއް.

ގައުމީ ޓީމު މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ މަހު ތައިލެންޑުގައި އޮންނަ އޭސީސީ 50 އޯވަރުގެ ކްރިކެޓު މުބާރާތަށެވެ. މި މުބާރާތަށް ތައްޔާރުވުމަށް ދިވެހި ޓީމުން ދުރާލާ މެޗު ކުޅޭ މާހައުލަށް ދިޔުމުގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ. އަދި އެއީ ކާމިޔާބީ ލިބުމުގައި މުހިންމުކަމެއްކަން ފާހަގަކުރަމުން ވަސީމް އަކްރަމް މިސާލު ދެއްކީ 1992 ވަނަ އަހަރު ޕާކިސްތާނުން އުފުލާލި ވޯލްޑް ކަޕެވެ.

"ނުވަދިހަ ދެ ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިމްރާން (އޭރުގެ ކެޕްޓަން) އަހަރެމެން ގެންދިޔަ އެއް މަސް ކުރިން. ބޭނުންވީ މުބާރާތުގެ ވީހާ ވެސް ކުރިން މާހައުލަށް ހޭނިލުން،" ލިމިޓެޑް އޯވާ ކްރިކެޓުގައި 500 ވިކެޓް ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ، ވަސީމް ހެވިލާފައި، ކުރީގެ ހަނދާންތައް ހިއްސާކުރަމުން ބުންޏެވެ.

ވަސީމް ބުނީ ކޮންމެ ކަމެއްވެސް މޮޅަށް ކުރެވޭނީ ފަރިތަކުރި މިންވަރަކަށް ކަމަށާއި، ވީހާވެސް ގިނައިން ފަރިތަކޮށް އެކަމެއް "މާސްޓާ" ކުރުުން މުހިންމު ކަމަށެވެ.

ފަރިތަކުރަންވީ މިންވަރު އަންގައިދިނުމުގެ ގޮތުން ވަސީމް މިސާލެއް ދެއްކީ އޭނާގެ ކެރިއަރެވެ. ހަމައެކަނި ޕްރޮފެޝަނަލް މެޗުތަކުގައި އޭނާ އުކި އޯވަރުގަ އަދަދު 80،000 އާ ގާތްކުރާނެ ކަމަށް ވަސީމް ވަނީ ބުނެފަ އެވެ.

މި ވަރަށް މެޗުތަކުގައި އޭނާ ފަރިތަކުރި މިންވަރު އަންދާޒާކޮށްލުމަށް ދިވެހި ކުޅުންތެރިން ކައިރީގައި އޭނާ ބުންޏެވެ.

ދިވެހި ކުޅުންތެރިންނާއިއެކު ހޭދަކުރި ވިއްސަކަށް މިނެޓު އޭނާ ނިންމާލީ ވައުދެއް ވަމުންނެވެ. އެއީ ދެން ދިވެހިރާއްޖެ އަންނަ ދަތުރެއްގައި ގައުމީ ޓީމްގެ ކުޅުންތެރިންނާއިއެކު ޕްރެކްޓިސް ޝެޝަނެއް ކުރިއަށް ގެންދާނެކަމުގެ ވައުދެވެ.

ވަސީމް އަކްރަމް ވަނީ އޭނާ ރައްޖޭގައި ހޭދަކުރަމުން އަންނަ ޗުއްޓީގެ ތެރެއިން ވަގުތުކޮޅެއް ހުސްކޮށްލައި އިއްޔެ ރާއްޖޭގެ ނައިބް ރައީސް ފައިސަލް ނަސީމް އާވެސް ބައްދަލުކުރައްވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox