އޮކްސްފޯޑް ކައިރިން ކުރިހޯދައި އާސެނަލް އެފްއޭ ކަޕްގައި ސިޓީއާ ދެކޮޅަށް

Jan 10, 2023, 5:01 AM
އާސެނަލްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލްގެ އެންކެޓިއޭ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ލަންޑަން (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އޮކްސްފޯޑް ޔުނައިޓެޑް އަތުން ރޭ 3-0 އިން މޮޅުވެ، އާސެނަލް މުބާރާތުގެ ހަތަރު ވަނަ ބުރުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަަމަށްވާ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުުގެ މެޗުތައް އޮންނާނީ މި މަހު ފަހުކޮޅުގަ އެވެ.

އެފްއޭ ކަޕް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރުމުގެ ރެކޯޑް އޮތް އާސެނަލުން ރޭގެ މެޗުގައި ބޭނުންކުރި ހުދު ޖޯޒީގައި އެއްވެސް އިތުރު ކުލައެއް ހިމަނާފައެއްނުވެ އެވެ. މިއީ އާސެނަލުން މިދިޔަ އަހަރެކޭ އެއްގޮތަށް ވަޅީގެ ހަމަލާތައް ލަންޑަނުގައި ގިނަވަމުންދާތީ، އެ ކަމާ ދެކޮޅަށް ކުރިއަށްގެންދާ، "ނޯ މޯ ރެޑް" ކެމްޕެއިނާ ބައިވެރިވުމުގެ ގޮތުން ކުރި ކަމެކެވެ.

އޮކްސްފޯޑް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ މިޑްފީލްޑަރު ސަމްބީ ލޮކޮންގާ އޭރިއާތެރެއިން ޖެހި ޝޮޓެއް އޮކްސްފޯޑް ކުޅުންތެރިއަކުގެ އަތުގައި ޖެހުނު ނަމަވެސް ރެފްރީ ޕެނަލްޓީއެއް ނުދިނެވެ.

ރޭގެ މެޗުގައި އާސެނަލުން ތިން ގޯލު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

އާސެނަލަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ 63 ވަނަ މިނިޓްގައި މުހައްމަދު އެލްނެނީ އެވެ. މިއީ ހިލޭ ޖެހުމަކުން އާސެނަލްގެ ޕޯޗުގީސް މިޑްފީލްޑަރު، ފަބިއޯ ވިއޭރާ ނެގި ހުރަހަކުން، އެލްނެނީ ބޮލުން ޖެހި ގޯލެކެވެ.

އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 70 ވަނަ މިނިޓްގައި ވިއޭރާ ދިން ބޯޅައަަކަށް ހުސްކޮށް އަރައި، އާސެނަލްގެ ފޯވާޑް އެޑީ އެންކެޓިއޭ ވަނީ އޮކްސްފޯޑްގެ ކީޕަރު، އެޑްވާޑް މެކްގިންޓީ ކައިރިން ނައްޓާފައި ގޯލަށް ފޮނުވާލައިފަ އެވެ.

މެޗުގެ 76 ވަނަ މިނިޓްގައި އާސެނަލްގެ ފަހު ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އެންކެޓިއޭ އެވެ. ކައުންޓަ އެޓޭކުގައި އާސެނަލްގެ ގަބްރިއެލް މާޓިނެލީ އޭރިއާތެރެއަށް ހުސްކޮށްލާފައި ދިން ބޯޅަ އަކަށް އަރައި، އެންކެޓިއޭ ވަނީ ހަމަޖެހިލާފައި ގޯލަަށް ބޯޅަ ފޮނުވާލައިފަ އެވެ.

އާސެނަލްގެ ބުކާޔޯ ސަކާ އަށް ރޭގެ މެޗުގައި އަނިޔާވެގެން ބަދަލުކުރަން ޖެހުނު ނަމަވެސް އެއީ މާ ސީރިއަސް ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ މެޗަށް ފަހު ބުނެފަ އެވެ. އަދި އާޓެޓާ ވަނީ ޒުވާން ފޯވާޑް، އެންކެޓިއޭ އަށް އަދިވެސް އިތުރަށް ކުޅުން ރަނގަޅުކުރެވޭނެ ކަމަށް ބުނެ، އޭނާގެ މަސައްކަތުގެ ރޭޓް ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox