ނަޝީދުގެ ވިސްނުމަކީ ދެވަނަ ބުރު ކޯލިޝަން ހެދުން؛ "ބައި އަޅަން ވާނީ ލިބޭ ވޯޓާ އެއް ވަރަށް"

ރައީސް މުހައްމަދު ނަޝީދު؛ ކޯލިޝަން ހަދަން ވާނީ ދެވަނަ ބުރުގައި ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު؛ ކޯލިޝަން ހަދަން ވާނީ ދެވަނަ ބުރުގައި ކަމަށް ވިދާޅުވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނީ އެހެން ބައެއް ޕާޓީތަކުގެ ތާއީދާއެކު ކަމަށާއި ނަމަވެސް ކޯލިޝަން ގާއިމްކުރަން ވާނީ ފުރަތަަމަ ބުރުގައި ލިބޭ ވޯޓު މިނުމަށް ފަހު އެއާ އެއް ގޮތަށް ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހަފުތާގައި މެދުރާއްޖޭގެ ހަތަރު އަތޮޅަކަށް ދަތުރު ކުރެއްވުމަށް ފަހު، މި ހަފުތާގައި އެމަނިކުފާނު ގެންދަވަނީ އުތުރު ތިން އަތޮޅަކަށް ދަތުރު ކުރައްވަމުންނެވެ. މިއަދު ކެމްޕޭންގެ ހަރަކާތްތައް ގެންދަވަނީ ނ. އަތޮޅުގަ އެވެ.

އެ ރަށްރަށަށް ވަޑައިގެން ނަޝީދު ގެންދަވަނީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިންނާއެކު ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާދަކުރައްވަން ވިސްނަވާފައި އޮތް އުކުޅަށް ފާޑުވިދާޅުވަމުންނެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުގައި އެއީ އެންމެ ޑިމޮކްރެޓިކް ގޮތެއް ނޫނެވެ.

"ފުރަތަމަ ބުރުގައި ގިނަ ޕާޓީތަކުން ވާދަކުރީމައި ދެން ދާނީ ދެވަނަ ބުރަކަށް، އޭރަށް ކޯލިޝަން ހަދާނީ ވެސް ތާއީދު ބޮޑު ޕާޓީއަކާއެކު، ސަރުކާރުގައި ހިއްސާ ދޭން ވާހަކަ ދެކެވޭނީ ވެސް އެ ޕާޓީއަކަށް ލިބުނު ވޯޓެއްގެ ނިސްބަތަކަށް،" ނ. ކެނދުކުޅުދޫގައި ނަޝީދު މިއަދު ވިދާޅުވި އެވެ. ނ. އަތޮޅުގެ އެހެން ރަށްރަށުގައި ވާހަކަ ދައްކަވަމުން ވެސް އެ މަނިކުފާނު މި ވާހަކަ ތަކުރާރު ކުރެއްވެވި އެވެ.

ޕާޓީއަކަށް އޮތް ތާއީދު ޔަގީން ނުކޮށް، އިންތިހާބުގެ ކުރިން ކޯލިޝަން ހެދުމުން ސަރުކާރުގައި އެ ޕާޓީއަކަށް ދެވޭނީ އެންމެ ހައްގު ހިއްސާއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ތާއީދު އޮތް ޕާޓީގެ ސަޕޯޓަރުންގެ ހިޔާލާއި ފަލްސަފާ ވަރަށް ބޮޑަށް ބާކީވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު އެމްޑީޕީގެ މެންބަރުން މި އޮތީ ވަރަށް ބޮޑަށް ބާކީވެފަ، އެމްޑީޕީއަށް މި އޮތީ 40 ޕަސެންޓް، އެކަމަކު ރިޔާސީ އިންތިހާބު ނިންމާފައި ދެން މި ބޭއްވި މަޖިލިސް އިންތިހާބުގައި، އެމްޑީޕީން ސައްހަ މެޖޯރިޓީ ޔަގީންކުރިއިރު [ކޯލިޝަންގެ] ބައެއް ޕާޓީތަކަށް ގޮނޑި ވެސް ނުލިބޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެވޭނީ ވޯޓުލާ މީހުންގެ 50 ޕަސެންޓު އަދި އިތުރަށް އެއް ވޯޓު ލިބިގެެނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި، އެ މިންވަރަށް ކެންޑިޑޭޓަކަށް ވޯޓު ނުލިބޭނަމަ އެންމެ ގިނަ ވޯޓު ލިބޭ ދެ ކެންޑިޑޭޓުންނާއެކު ދެވަނަ ބުރެއް ބާއްވަން ޖެހެ އެވެ.

މީގެ ކުރިން 2008 އަދި 2013 ވަނަ އަހަރު، ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެ ނިސްބަތަށް ވޯޓު ނުލިބުމުން ދެވަނަ ބުރެއް ބޭއްވި އެވެ. އޭރު އިންތިހާބު ކާމިޔާބުކުރީ ފުރަތަމަ ބުރުގައި ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓެވެ. އެއީ ފުރަތަމަ ބުރުގައި ނާކާމިޔާބުވި އެހެން ކެންޑިޑޭޓުންގެ ތާއީދާ އެކުގަ އެވެ.

ނަމަވެސް 2018 ވަނަ އަހަރު، އޭރު ތިބި އިދިކޮޅު ލީޑަރުން ޖަލު ބަންދުގައި ނުވަތަ ޖަލު ހުކުމްތަކުގައި ތިބުމުން އިންތިހާބަށް ނުކުތީ ފުރަތަމަ ބުރުގައި ވެސް ސަރުކާރާ ވާދަވެރި ހުރިހާ ޕާޓީތަކެއް ކޯލިޝަން ހަދައިގެންނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރު އުފެއްދީ އޭރު ރިޔާސީ އިންތިހާބުގައި ޕާޓީތަކުގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ކޮންމެ ޕާޓީއަކަށް ދޭން އޮތް ހިއްސާއަކާ އެއް ވަރަށް ސަރުކާރު ކެބިނެޓާއި، ސިޔާސީ ވަޒީފާތައް ލިބިގެންދާ ގޮތަށެވެ. އެކަމަކު ފަހުންފަހުން އޭގެ އިތުރަށް ވެސް މަގާމުތައް އުފައްދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox