ސިޓީގެ އަތްދަށުވެ ޗެލްސީ އެފްއޭ ކަޕުން ކަޓައިފި

Jan 8, 2023, 7:02 PM
ސިޓީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ސިޓީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މެންޗެސްޓާ (ޖެނުއަރީ 8) - އިނގިރޭސި އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި މިރޭ ކުޅުނު މެޗުގައި މެންޗެސްޓާ ސިޓީ އަތުން 4-0 އިން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފި އެވެ.

މިއީ 1998 ވަނަ އަހަރުގެ ފަހުން، އެފްއޭ ކަޕްގެ ތިން ވަނަ ބުރުން ޗެލްސީ ކެޓި ފުރަތަމަ ފަަހަރެވެ.

ޗެލްސީ މި ސީޒަނުގައި އިނގިރޭސި ލީގު ކަޕުން ކެޓީ ވެސް ސިޓީ އަތުން ބަލިވެގެންނެވެ. އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މީގެ ތިން ދުވަސް ކުރިން ކުޅުނު މެޗުގައި ޗެލްސީ ދަނޑުގައި ސިޓީ ވަނީ 1-0 އިން މޮޅުވެފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަށް ސިޓީ އާއި ޗެލްސީން ވެސް ނުކުތީ ގިނަ ބަދަލުތަކަކާ އެކު އެވެ. މެޗުގެ 23 ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް ޖެހި ގޯލުންނެވެ. އޭގެ ހަތް މިނިޓް ފަހުން، ޕެނަލްޓީ އަކުން ހޫލިއަން އަލްވަރޭޒް ވަނީ ސިޓީ އަށް ލީޑުފުޅާކޮށްދީފަ އެވެ. މިއީ ސިޓީ އަށް ލިބުނު ކޯނަރެއް ޑިފެންސްކުރުމުގެ ތެރެއިން، ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް އެ ޓީމުގެ އޭރިއާތެރެއިން ބޯޅައިގައި އަތްލުމުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ތިން ވަނަ ލަނޑެއް ޖެހިިއިރު، އެ ޓީމަށް މި ގޯލު ޖަހައިދިނީ 38 ވަނަ މިނިޓްގައި ފިލް ފޯޑެން އެވެ. އޭރިއާތެރެއިން ކައިލް ވޯކާ ނެގި ހުރަހަކުން، ފޯޑެން ވަނީ ކުޑަ އޭރިއާ ރޮނގުމަތީގައި ހުރެފައި ގޯލުގެ ދުުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ފޯޑެން އަކީ އެންމެ ފަހުން ކުޅުނު ފަސް އެފްއޭ ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ޗެލްސީގެ ޖޯޖީނިއޯ (ވ) ކައިރިން ސިޓީގެ ފޯޑެން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ދެ ވަނަ ހާފުގައި ސިޓީން އިތުރު ލަނޑެއް ޖެހިއިރު، މެޗުގެ 85 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ސިޓީ އަށް މި ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ މާރޭޒް އެވެ. މިއީ ޗެލްސީގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު، ކަލީދޫ ކުލިބާލީ ސިޓީގެ ފޯޑެން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މާރޭޒް އަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ހަވިއޭ ހެނާންޑޭޒް (ޗިޗަރީޓޯ) އަށް ފަހު، އެއް ސީޒަނެއްގެ ތިން މެޗުގައި ޗެލްސީ ކޮޅަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެެވެ. ހެނާންޑޭޒް ވަނީ 2012-2013 ސީޒަނުގެ ތިން މެޗެއްގައި ޗެލްސީ ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މި މެޗުގެ ނަތީޖާއާ އެކު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް މަގާމުގައި ދެމިހުންނަން އިތުރު ޕްރެޝަރަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މި މެޗުގައި ޗެލްސީގެ ބަައެއް ސަޕޯޓަރުން ވަނީ ޕޮޓާ މަގާމުން ދުރުކުރަން ގޮވާލައި، ޝުއޫރުފާޅުކޮށްފަ އެވެ.

އެފްއޭ ކަޕްގައި މިރޭ ހަތަރު ވަނަ ޑިވިޝަނުގެ ސްޓީވަނޭޖް ވަނީ ފަހަތުން އަރައި 2-1 އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ. ސްޓީވަނޭޖުން މިރޭ ދެ ލަނޑު ޖެހީ ވެސް މެޗުގެ 85 ވަނަ މިނިޓްގައި އެސްޓަން ވިލާގެ ލެއަންޑޯ ޑެންޑޮންކާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

މި ފަހަރުގެ އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި އިނގިރޭސި ޕްރިމިއާ ލީގުގެ އަށް ޓީމެއް ވަނީ ކަޓައިފަ އެވެ. މިއީ 2007-2008 ސީޒަނަށް ފަހު، އެފްއޭ ކަޕްގެ ތިން ވަނަ ބުރުން އެންމެ ގިނަ ޕްރިމިއާ ލީގު ޓީމު ކެޓި ފަހަރެވެ. އެ ފަހަރު، ތިން ވަނަ ބުރުން ޕްރިމިއާ ލީގުގެ ނުވަ ޓީމެއް ކެޓި އެވެ.

މުބާރާތުގެ ހަތަރު ވަނަ ބުރުގެ ގުރުއަތުލުން ނިމިފައިވާއިރު، ސިޓީން އެ ބުރުގައި ކުޅޭނީ އާސެނަލާއި އޮކްސްފޯޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ. ޓޮޓެންހަމުން ޕްރެސްޓަންއާ ބައްދަލުކުރަން ޖެހޭއިރު، މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ރެޑިންއާ އެެވެ. ވުލްވްސް އާއި ލިވަޕޫލް ކުޅެގެން މޮޅުވާ ޓީމެއް ހަތަރު ވަނަ ބުރުގައި ރަށުންބޭރުގައި ބައްދަލުކުރާނީ ބްރައިޓަންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox