ރައީސަށް ހިޔާނާތުގެ ތުހުމަތު ކުރިޔަސް ނަޝީދު އޭސީސީއަށް ނުދާނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި ކެމްޕެއިނު ކުރެއްވި ކަމަށް ވިދާޅުވެ ކޮރަޕްޝަންގެ ތުހުމަތު ކުރެއްވިނަމަވެސް، އެ މައްސަލަ އެންޓި ކޮރަޕްޝަނަށް ހުށައެޅުއްވުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އިންތިހާބުގެ ވާދަވެރިޔާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭނަށް ދަތުރުކުރަން ޖެހޭނީ ކެމްޕޭނު ޓީމުގެ ހަަރަަދުގާ އަަމިއްލަަފުޅަށް ކަމަށާއި އެކަމަށް ސަރުކާރުގެ ބަޖެޓުން ފައިސާ ހަރަދުކުރެއްވުމަކީ "ޑީއާރުޕީ ފިކުރު" ކަމަށް ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ރ. އަލިފުއްޓަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެމްޑީޕީގެ ޖަގަހައިގަ އޮތް ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

"ރައީސުލްޖުމްހޫރިއްޔާ ރަސްމީ ދަތުރުފުޅެއްގާ ތަނަކަށް ވަޑައިގެންފިއްޔާ ކުރައްވަންވީ އެކަންތައް، އެމްޑީޕީ ކެމްޕޭނުގާ ދަތުރުކުރައްވަންޏާ އެކަން ކުރައްވަން ޖެހޭނީ އެހެން ގޮތަކަށް، އަމިއްލަަފުޅަށް ލޯންޗެއްގައި، އަމިއްލަފުޅަށް ކެމްޕޭން ޓީމުގެ ހަރަދުތަކުން އެކަން ކުރަން ޖެހޭނީ،" ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމާ ދެކޮޅު ހައްދަވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަދަދު" އިން ސުވާލުކުރުމުން ވިދާޅުވީ އެއީ ޕާޓީގެ އެތެރޭގައި ހިނގާ ކަމެއް ކަމަށާއި އޭސީސީއަށް ހުށަނާޅާނެ ކަމަށެވެ.

"މިއީ އެމްޑީޕީ، އަޅުގަނޑުމެން އަޅުގަނޑުމެންގެ މެންބަރުން ބަލައިގަންނަން ޖެހޭނެ، އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ހަމަތައް ހިފަހައްޓަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

ކޮރަޕްޝަން މަދުކުރުކުރުމުގެ މަސައްކަތަކީ އެންމެންގެ މައްޗަށް ވެސް އޮތް ޒިންމާއެއް ކަމަށް ވިދާޅުވެ ނަޝީދު ދެން ވިދާޅުވީ އެގޮތަށް އެކަން ނުކުރުމަށް ވާދަވެރިންނަށް "އިލްތިމާސް" ކުރައްވާ ކަމަށެވެ.

ރައީސް ސޯލިހް އަލިފުއްޓަށް ވަޑައިގެން އެރަށުގެ ރަައްޔިތުންނާ ބައްދަކުރުމަށް ޖަގަހަ ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި އެރަށުގެ ކެމްޕޭނުގައި އިސްކޮށް އުޅޭ ފަރާތްތަކާ ބައްދަލުކޮށް އިރުޝާދުތަކެއް ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox