އެމްޑީޕީ ނޫން ފިކުރެކޭ ބުނާތީ އަސްލަމް ނުރުހިއްޖެ؛ އެހެން ޕާޓީއެއް އުފައްދަން އުޅޭކަމުގެ ތުހުމަތު ނަޝީދަށް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ; ވިދާޅުވީ ފިކުރެއްގެ ދިރުމަކީ އެހެން ޕާޓީއެއް އުފެއްދުމުގެ ވާހަކެއް ކަމަށް -- ފޮޓޯ: އެމްޑީޕީ

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ; ވިދާޅުވީ ފިކުރެއްގެ ދިރުމަކީ އެހެން ޕާޓީއެއް އުފެއްދުމުގެ ވާހަކެއް ކަމަށް -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ފިކުރު "އެމްޑީޕީ ނޫން ފިކުރަކަށް" ބަދަލުވެއްޖެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވާތީ އެކަމާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު, ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނުރުހުން ފާޅުކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދުއާ ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ރަސްމީކޮށް ލޯންޗުކުރުމަށް ނ. ވެލިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ޕާޓީއަށް 17 އަހަރު ވެގެންދިޔަ އިރު މިހާރު ހުންނަންޖެހިފައިމިވަނީ އޮޅުމެއްގެ ތެރޭގައި ކަމަށެވެ.

އެކަމުގެ ސަބަބަކީ ޕާޓީގެ ފިކުރު ބަދަލުވެއްޖެ ކަމަށް ބުނާ ބުނުން ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ. އަދި ރައީސް ސޯލިހުގެ ވެރިކަމުގައި ފެނިގެންދަނީ އެމްޑީޕީގެ ފިކުރެއް ނޫން ކަމަށް ވިދާޅުވާ ކަމަށާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ ބޭފުޅުންނަކީ އެމްޑީޕީގެ ބައެއް ނޫން ކަމަށް ވިދާޅުވާ ކަމަށްވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މި ސަބަބުތަކާއެކު އެމްޑީޕީގެ ފިކުރަކީ ކޮބައިކަން އޮޅިފައިވާ ކަމަށެވެ. އަދި އެ ވިދާޅުވާ އެމްޑީޕީގެ ފިކުރަކީ ކޮބައިތޯ ވެސް ސުވާލުވ ކުރެއްވި އެވެ.

އަޅުގަނޑުމެންނަށް ފޮރުވައިގެން އަޅުގަނޑުމެންނަށް ނާންގާ އެހެން ފިކުރެއް ގެންގުޅުއްވަނީތޯ؟"

މީގެއިތުރުން އަސްލަމް ވިދާޅުވީ އެބޭފުޅުންނަށް އެނގޭ އެމްޑީޕީގެ ފިކުރަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސްތައް ކަމަށެވެ. އަދި އޭގެ ތެރެއިން މި ސަރުކާރުން ހިލާފުވީ ކޮން ފިކުރަކާ ކޮން އަސާސަކާތޯ ވިދާޅުވެ އަސްލަމް ސުވާލު އުފެއްދެވި އެވެ.

އެ ނޫން އެހެން ފިކުރެއްގެ ދިރުން އެއީ މުޅިން އެހެން ފިކުރެއްގެ ދިރުން، މުޅިން އެހެން ޕާޓީއެއް އުފަންކުރާ ވާހަކަ އެ ދައްކަވަނީ"

ނަޝީދުއަށް ރައްދުދެއްވާ އަސްލަމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ ވަކި މީހެއްގެ ފިކުރެއް ނޫން ކަމަށެވެ.

އަސްލަމްގެ މި ރައްދުތައް ނަޝީދުއަށް އަމާޒުވެފައި މިވަނީ އެމަނިކުފާނުގެ ކެމްޕޭނުގައި އެކި ރަށްރަށް ވަޑައިގެން އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުން އެމްޑީޕީގެ އެތެރޭގައި "މައުމޫނީ ފިކުރެއް" އުފަންވެގެން އުޅޭކަން ނަޝީދު ފާހަގަކުރައްވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ރައީސް ސޯލިހުގެ ސަރުކާރު ސިފަ ކުރައްވަމުން "ރަށުގައި ކަމެއް ވާން އޮތީ މާލޭގައި ވަޒީރެއްގެ ގޭގައި މުގޯލި އަޅައިގެންނޭ، ވަޒީރުމީހާއަށް ބާޒާރު ވެސް ކޮށްދީގެނޭ، ތިމަންނައިމެންގެ ދަރިން އެ ގޭގައި ބައިތިއްބަގެނޭ، އެ ގޭގެ މަތިވަޑާން ވެސް ކޮށްދީގެން،" ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވެރިއެއް ރުއްސައިގެން ތަރައްގީ ހޯދަން އުޅުމަކީ އެމްޑީޕީގެ ފަލްސަފާއާ ދުރު ކަމެއް ކަމަށް ވިދާޅުވެ "ފިކުރެއްގެ ދިރުން" ޝިއާރުގައި ނުކުމެ ހުންނެވީ އަނެއްކާ ވެސް ޑިމޮކްރެޓިކް ފަލްސަފާ ދިރުވަން ކަމަށް މިއަދު ދ. މީދޫގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox