ފަނަރަ ފަހަރު ވޯޓަށް އަހައިގެން މެކްކާތީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސްކަމަށް

ރިޕަބްލިކަން ޕާޓީގެ ކެވިން މެކްކާތީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ރިޕަބްލިކަން ޕާޓީގެ ކެވިން މެކްކާތީ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ޕާލަމެންޓުގެ ތިރިގެ، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ހޮވުމަށް ފަނަރަ ފަހަރު ވޯޓަށް އަހައިގެން ރިޕަބްލިކަން ޕާޓީގެ ކެވިން މެކްކާތީ އެ މަގާމު ހޯއްދަވައިފި އެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ މެޖޯރިޓީ އޮތީ ރިޕަބްލިކަން ޕާޓީއަށެވެ. އެކަމަކު މެކްކާތީއަށް ގޮންޖެހުމާ ދިމާވީ ޕާޓީގެ ތެރޭގައި ފެކްޝަން އުފެދިފައި އޮތުމުންނެވެ.

މެކްކާތީއާ އިދިކޮޅު ފެކްޝަންގައި އިސްކޮށް ހުންނެވީ މެޓް ގައެޓްޒް އެވެ. މަޖިލިސް ތަޅުމުގައި ގައެޓްޒްއަށް ޕްރެޝަރު ކުރުމަށް މެކްކާތީ ފަޅީގައި ތިބި މެމްބަރުން ކެމްޕެއިން ކުރެއްވި އެވެ.

ހުކުރު ދުވަހުގެ ރޭ އެންމެ ފަހުން މެކްކާތީއަށް އެ މަގާމު ދޭން ފެންނަ ކަމަށް ގައެޓްޒް އާއި އިތުރު ހަ މެމްބަރުން ވޯޓު ދިނެވެ. މެކްކާތީއަށް މަގާމު ކަށަވަރުވީ އެ ހިސާބުންނެވެ.

އޭގެ ކުރިން މަޖިލިސް ތަޅުން ހޫނުވެ، މެމްބަރުންގެ މެދުގައި ކޯޅުން ބޮޑުވި އެވެ. ގައެޓްޒް އާއި ރިޕަބްލިކަން ޕާޓީގެ މައިކް ރޮޖާޒްއާ ދެމެދު ތަޅާފޮޅުމަކާ ހަމައަށް ނުދިޔައީ ކިރިޔާ އެވެ.

ޕާލަމެންޓުގެ ތިރިގޭގެ އެޖެންޑާ ހަމަޖައްސައި ހުރިހާ މަަސައްކަތެއް ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ރައީސަށެވެ. ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަކީ އެމެރިކާގެ ރައީސް އާއި ނައިބު ރައީސް ނުކުޅެދިއްޖެ ހާލަތެއްގައި ވެރިކަމަށް ވަޑައިގަންނަވާނެ ބޭފުޅެވެ.

މެކްކާތީއަށް އެ މަގާމު ލިބިވަޑައިގެންނެވުމުން ރައީސް ޖޯ ބައިޑެން މަރުހަބާ ދެންނެވި އެވެ. އެމަނިކުފާނު ވިދާޅުވީ ރިޕަބްލިކަން ޕާޓީއާ ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބައިޑެންގެ އާއިލީ ވިޔަފާރިތަކާއި ސަރުކާރާ ގުޅުން ހުރި ތުހުމަތުތައް ޕާލަމެންޓުގެ ތެރެއިން ތަަހުގީގު ކުރާނެ ކަމަށް ރިޕަބްލިކަން ޕާޓީއިން މީގެ ކުރިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox