ދެ ޓީމު ވެސް ރަށްރަށުގައި، ތުހުމަތާއި ރައްދު ދިނުން ގިނަ!

Jan 6, 2023, 2:50 PM
ރައީސް ސޯލިހާއި ނަޝީދު: މިއަދު މިއީ ކެމްޕެއިނުގައި އެންމެ ފޯރިގަދަ އެއް ދުވަސް -- ފޮޓޯ: އަދަދު ފައިލް

ރައީސް ސޯލިހާއި ނަޝީދު: މިއަދު މިއީ ކެމްޕެއިނުގައި އެންމެ ފޯރިގަދަ އެއް ދުވަސް -- ފޮޓޯ: އަދަދު ފައިލް

ކުރިއަށް އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާއިރު، މިއަދުވެގެންދިޔައީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ތުހުމަތު ކުރެއްވުމާއި ރައްދު ދިނުން ގިނަ ދުވަހަކަށެވެ.

ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމުން މިއަދު ދަތުރު ކުރައްވަނީ ރ. އަތޮޅުގެ މާކުރަތާއި އިންނަމާދޫ އާއި މީދޫއަށެވެ. ނަޝީދުގެ ކެމްޕެއިން ޓީމުން އއ. އަތޮޅުގެ ތޮއްޑޫ އާއި ރަސްދޫ އާއި އުކުޅަހާއި ހިމަންދޫ އާއި އދ. އަތޮޅުގެ މަހިބަދޫ އާއި މާމިނގިއްޔަށް ދަނީ ދަތުރު ކުރައްވަމުންނެވެ.

ރިޔާސީ ޕްރައިމަރީގެ އިންތިހާބަށް ތިން ހަފުތާ އާއި އެއް ދުވަސް ކުރިއަށް އޮތް އިރު، މިއަދު ފެށުނީ ނަޝީދުގެ ކެމްޕެއިނު ޓީމުން ކުރެއްވި ތުހުމަތަކާއެކު އެވެ. ނަޝީދުގެ ޓީމުން 11:30 ވި ފަހުން ނެރުނު ބަޔާނެއްގައި ތުހުމަތުކޮށްފައި އޮތީ ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށެވެ.

"މި ނާތަހުޒީބު ބިރުދެއްކުމުގެ އަމަލުތަކާއި ސަރުކާރުން ނާޖާއިޒް ނުފޫޒު ބޭނުންކުރުމުގެ އަމަލުތަކަކީ، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރީން އެއިރު އޮތް ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ޑީއާރްޕީގެ ސަރުކާރުން ފެށިގެން އައިސްފައިވާ ކަންކަން،" ނަޝީދުގެ ޓީމުން ތުހުމަތުކޮށްފައި އޮތެވެ.

އެކަމަކު ދާދި އަވަހަށް ރައީސް ސޯލިހުގެ ޓީމުން އެ ތުހުމަތު ދޮގު ކުރެއްވި އެވެ. ރައީސްގެ ޑިފެންސް މިނިސްޓަރު އަދި ކެމްޕެއިނުގެ ތަރުޖަމާނު މާރިޔާ އަހުމާދު ދީދީ، ނަޝީދު ޓީމުގެ ބަޔާނާއެކު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ވިދާޅުވީ އެ ތުހުމަތަކީ ޕާޓީގެ މެމްބަރުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ.

"އެމްޑީޕީ އަކީ ވަޒީފާގެ ބިރަށް ފަސް ނުޖެހުނު މީހުންގެ ޕާޓީ. ވަޒީފާގެ ބިރޭ ކިޔައިގެން ވާހަކަ ދެއްކުމަކީ މި ބިޔަ ބޮޑު ޕާޓީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުރެވޭ ބޮޑު މަލާމާތެއް،" މާރިޔާ ވިދާޅުވެފަވެ އެވެ.

އޭގެ އިތުރުން އެ ތުހުމަތަށް ރައީސް ސޯލިހުގެ ރަސްމީ ތަރުޖަމާނު މިއުވާން މުހައްމަދު ވެސް، ނަޝީދުގެ ޓީމުގެ ތުހުމަތުތަކަށް ރައްދު ދެއްވި އެވެ.

"ސަރުކާރުގެ، ރައީސް އޮފީހުގެ މިނިސްޓަރުން ވެސް ރައީސް އާ ދެކޮޅަށް ޕްރައިމަރީގެ ކެމްޕެއިނުގައި އެ އުޅުއްވަނީީ ނޫންތޯ؟ އަދި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް އެބަ އުޅުއްވާ ރައީސްގެ ވާދަވެރި ކެންޑިޑޭޓާއެކު ކެމްޕޭނުގައި. އެއްވެސް ފަރާތަކަށް ވަޒީފާގެ ބިރެއް ނުދައްކާ،" ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި މިއުވާން ވިދާޅުވި އެވެ.

އޭގެ ފަހުން ރަސްދޫގައި ނަޝީދު ވާހަކަ ދައްކަވަމުން ރައީސް ސޯލިހަށް އަނެއްކާ ވެސް ތުހުމަތެއް އަމާޒު ކުރެއްވި އެވެ. މިފަހަރު ވިދާޅުވީ ރައީސް ކެމްޕެެއިނު ދަތުރުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރައްވަމުންދާ ކަމަށެވެ.

"ސަރުކާރުގެ ދަތުރުފުޅެއްގައި ޅިޔަން ބޭފުޅެއްގެ ދާއިރާގައި އެއާޕޯޓެއް ހުޅުވަން ވަޑައިގެންފައިގެންފައި ނުވަތަ އެއާޕޯޓާ ގުޅޭ ކޮންމެވެސް ކަމެއް ކުރައްވަން ވަޑައިގެންފައި ދެން އޭގެ ތެރެއަށް އިންތިހާބުގެ ކަންތައްތައް ވެއްދީމާ އަޅުގަނޑަށް ދެންނެވޭނީ އޭރުން އެ ޖެހެނީ ޑީއާރުޕީގެ ފިކުރެއްގެ ކުލައެކޭ. އަޅުގަނޑުމެނެއް ނޫން އެއީކީއެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ އެ ވާހަކައަށް މިފަހަރު ރައްދު ދެއްވީ ސީދާ ރައީސް ސޯލިހެވެ. އިންނަމާދޫގައި ރައީސްގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މާ ބޮު ތަފްސީލަކަށް ނުގޮސް އެމަނިކުފާނު ވިދާޅުވީ، ޕްރައިމަރީ ނިމުނީމާ ވެސް އެކުގައި މަސައްކަތް ކުރަންޖެހޭކަން އެންމެންވެސް ދަންނަންޖެހޭ ކަމަށެވެ.

"މިއީ [އެމްޑީޕީގެ] އެތެރޭގެ އިންތިހާބެއް. އަޅުގަނޑުމެންގެ ތެރޭގައި އިދިކޮޅު މީހުންނެއް ނުތިބޭނެ. ވާދަވެރިން ތިބެދާނެ. އެހެންވީމާ ޕްރައިމަރީ ނިމިގެން އެކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގެން ކުރިއަށް ދާންވީ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މިއީ ރިޔާސީ ޕްރައިމަރީއެއްގައި ރައީސް ސޯލިހު ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ. ރައީސް ނަޝީދު މީގެ ކުރިން ދެ ފަހަރަކު ވާދަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox