ސްޕެއިންގެ ތިން ވަނަ ޑިވިޝަން ޓީމެއް އަތުން ބާސެލޯނާ މޮޅުވީ ކިރިޔާ

Jan 5, 2023, 5:23 AM
ސްޕެއިންގެ ތިން ވަނަ ޑިވިޝަން ޓީމެއް އަތުން ބާސެލޯނާ މޮޅުވީ ކިރިޔާ

އަލިކާންޓޭ، ސްޕެއިން (ޖެނުއަރީ 5) - މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި އަންސޫ ފަޓީ ޖަހައިދިން ގޯލުން ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ)ގެ ތިން ވަނަ ބުރުގައި އިންޓަ ސިޓީ އަތުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

ސްޕެއިންގެ ތިން ވަނަ ޑިވިޝަންގައި ކުޅެމުން އަންނަ އިންޓަ ސިޓީ އަތުން ބާސެލޯނާ 4-3 އިން މޮޅުވިއިރު، މެޗުގައި ބާސެލޯނާ އިން ހަތަރު ފަހަރަށް ލީޑު ނެގި އެވެ. ތިން ފަހަރަށް އިންޓަސިޓީ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ކޮޕަ ޑެލް ރޭގެ ތިން ވަނަ ބުރުގައި އިންޓަސިޓީ އަތުން ބާސެލޯނާ ފަސޭހަ މޮޅެއް ހޯދާނެކަމަށް ބެލެވުނީ މެޗު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ބާސެލޯނާ އިން ގޯލު ޖެހުމާ އެކުގަ އެވެ. ރޮނާލްޑް އަރައުހޯގެ ގޯލުން ލީޑުގައި އޮއްވައި ސްޕެއިންގެ ތިން ވަަނަ ޑިވިޝަންގެ ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ އިންޓަސިޓީން ވަނީ ދެ ވަނަ ހާފުގެ ކުރީކޮޅު ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އޭގެ ފަހުން އޮސްމާނޭ ޑެމްބެލޭ ގޯލެއް ޖަހައި ބާސެލޯނާ އިން ލީޑު ނެގި އެވެ. އަށް މިނެޓު ފަހުން އަނެއްކާ ވެސް އިންޓަސިޓީ އިން އެއްވަރުކުރި އެވެ. ތިން މިނެޓު ފަހުން ރަފިންހާގެ ގޯލުން ބާސެލޯނާ އިން އަނެއްކާވެސް ކުރިއަށް ޖެހިލި އެވެ. މެޗުގެ 86 ވަނަ މިނެޓުގައި އިންޓަސިޓީގެ ތިން ވަނަ ގޯލު އެ ޓީމުން ޖެހި އެވެ. ތިން ފަހަރަށް ވެސް އިންޓަސިޓީއަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލު ޖަހައިދިނީ ފޯވާޑް އޮރިއެލް ސޮލްޑެވިލާ އެވެ.

ބާސެލޯނާ މެޗުން މޮޅުވީ ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތު ގައި ގޯލެއް ޖަހައިގެންނެވެ. އަންސޫ ފަޓީ ޖެހި ގޯލަކީ އޭނާ ފޮނުވާލި ހަމަލާ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި މިސްރާބު ބަދަލުވެ، ގޮސް ގޯލަށް ވަތް ބޯޅަ އެކެވެ. ސަސްޕެންޝަނުގެ ސަބަބުން ބާސެލޯނާގެ އެއްވަނަ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ މި މެޗުގައި ނުކުޅެ އެވެ.

ކޮޕަ ޑެލް ރޭގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެތުލެޓިކޯ މެޑްރިޑުން ވަނީ 2-0 އިން ރިއާލް އޮވިއޭޑޯ ބަލިކޮށްފަ އެވެ. އޭގެ އިތުރުން، 5-0 އިން ލިނަރޭސް އަތުން ސެވިއްޔާ ބަލިކުރިއިރު، ރެއާލް ސޮއިއެޑާޑުން ވަނީ ޔޫޑީ ލޮގްރޮނޭސް އަތުން 1-0 އިން މޮޅުވެފަ އެވެ.

ކޮޕަ ޑެލް ރޭގެ ގަދަ ސޯޅައިގެ މެޗުތައް ކުޅޭނީ ޖެނުއަރީ 17 އިން 19 އަށެވެ. ގަދަ 16ގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox