ގުދުސްގެ ސަހަރާއަކަށް ޔަހޫދީން ގެއްލުން ދިނުމުން ނަސާރާއިން ހިތްހަމަ ނުޖެހިއްޖެ

އެންގްލިކަން ޗާޗުން ބުނީ ގުދުސްގައި ނަފުރަތު ފެތުރެމުންދާ ކަމަށް. -- ފޮޓޯ: ރޮއިޓާޒް

އެންގްލިކަން ޗާޗުން ބުނީ ގުދުސްގައި ނަފުރަތު ފެތުރެމުންދާ ކަމަށް. -- ފޮޓޯ: ރޮއިޓާޒް

ގުދުސްގެ އޯލްޑް ސިޓީ ކައިރީގައި ހުންނަ ގަދީމީ ސަހަރާއަކަށް ގެއްލުން ދިނުމުން އިނގިރޭސިވިލާތާއި ނަސާރާއިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

އާދީއްތަ ދުވަހު ގެއްލުން ދިނީ މައުންޓް ޒިޔޯންގައި ހުންނަ ޕްރޮޓެސްޓަންޓް ސިމެޓްރީގެ 30 އަށް ވުރެ ގިނަ މަހާނަ ގަލަށެވެ. ސޮލީބުތައް ބިންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައި ހުއްޓެވެ.

އެކަމުގެ ތުހުމަތު ކުރެވެނީ ޔަހޫދީ ދީނުގެ ހަރުކަށި މީހުންނަށެވެ.

Advertisement

"ނަފުރަތާ ގުޅުން ހުރި ކުށްތަކާއި ނަފުރަތަށް ހިތްވަރު ދިނުން ގުދުސްގައި އިތުރުވަމުން އެބަދޭ،" އެންގްލިކަން ފައްޅީގެ ފާދިރީ އާޗްބިޝޮޕް ހޮސާމް ނައުމް ބުންޏެވެ.

އެގޮތުން ނަސާރާއިންގެ ގަޔަށް ކުޅުން ޖެހުމާއި ނަސާރާ ދީނުގެ ގަދީމީ ތަންތަނަށް ގެއްލުން ދިނުން އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރި އެވެ.

ގުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓުން ކުރި ޓްވީޓެއްގައި ސަހަރާއަށް ގެއްލުން ދިނުން ކުށްވެރި ކުރުމަށް ފަހު ބުނީ އެކަން ކުރި މީހުންނަށް އަދަަބު ދޭން ޖެހޭނެ ކަމަށެވެ.

ނަސާރާއިންގެ ފައްޅި އާއި އިނގިރޭސިވިލާތުގެ އިތުރުން އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވެސް އެ އަމަލު ކުށްވެރި ކުރި އެވެ. އިޒްރޭލް ފުލުހުން ބުނީ އެކަމުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ.

ގެއްލުން ދިން ސަހަރާއަކީ 1848 ވަނަ އަހަރު ގާއިމްކުރި ތަނެކެވެ. އެ ތަނުގައި ވަޅުލާފައިވާ މީހުންގެ ތެރޭގައި ސައިންޓިސްޓުންނާއި، ސިޔާސީ މީހުންނާއި، ސިފައިންނާއި، ފާދިރީން ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ގުދުސްއާ ގުޅުން ހުރި ޝަހުސިއްޔަތުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox