ޗައިނާއިން ދަތުރު ކުރާ މީހުން ކޮވިޑަށް ސްކްރީން ކުރަަން އީޔޫ އޮފިޝަލުން ބާރު އަޅައިފި

ޗައިނާގެ ދަތުރުވެރިންތަކެއް ލަންޑަންގެ އެއާޕޯޓެއްގައި. -- ފޮޓޯ: އީޕީއޭ

ޗައިނާގެ ދަތުރުވެރިންތަކެއް ލަންޑަންގެ އެއާޕޯޓެއްގައި. -- ފޮޓޯ: އީޕީއޭ

ޗައިނާއިން ދަތުރު ކުރާ މީހުން ކޮވިޑަށް ޓެސްޓު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެމްބަރު ހުރިހާ ގައުމަކަށް ލަފާ ދިނުމަށް އީޔޫގެ އޮފިޝަލުން ބާރު އަޅައިފި އެވެ.

ޗައިނާގެ ޒީރޯ ކޮވިޑް ސިޔާސަތު އުވާލައި ތިން އަހަރަށް ފަހު ބޯޑަރު ހުޅުވާލުމުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން އެ ގައުމުގެ މީހުންނަށް އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ އެވެ.

އެހެން ނަމަވެސް މި ވަގުތު ޗައިނާގައި ހަލުވިކަމާ އެކު ކޭސްތައް އިތުރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހުޅަނގުގެ ނޫސްތަކުން ބުނާ ގޮތުގައި ހޮސްޕިޓަލްތަކާއި މޯޗަރީތައް ވެސް ވަނީ ފުރިފަ އެވެ.

އީޔޫގެ ބައެއް ގައުމުތަކުން ނިންމާފައި ވަނީ ޗައިނާއިން ދަތުރު ކުރާ މީހުން ޓެސްޓު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު މީގެ ކުރިން އީޔޫގެ އިދާރާއަކުން ބުނީ އެ ފިޔަވަޅު އަޅަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޗައިނާއިން ދަތުރު ކުރާ މީހުންގެ ނެގެޓިވް ޕީސީއާރް ނަތީޖާ ހުށަހަޅަން ފެންނަ ކަމަށް ބުދަ ދުވަހު ލަފާދިނީ އީޔޫގެ 27 ގައުމެއްގެ އޮފިޝަލުން ހިމެނޭ އިންޓެގްރޭޓެޑް ޕޮލިޓިކަލް ކްރައިސިސް ރެސްޕޯންސް ގްރޫޕް (އައިޕީސީއާރް) އިންނެވެ.

އައިޕީސީއާރުން ލަފާދިން ކަންކަން

  • ޗައިނާއިން ދަތުރު ކުރާ މީހުން ނެގެޓިވް ޕީސީއާރް ނަތީޖާ ހުށަހެޅުން
  • ޗައިނާއިން ދަތުރު ކުރާ ފްލައިޓްތަކުގައި ހުރިހާ ޕަސެންޖަރުން މާސްކު އެޅުން
  • ޗައިނާއިން ދަތުރު ކުރާ ފްލައިޓްތަކުގައި ރޭންޑަމްކޮށް ޓެސްޓު ކުރުން
  • އެއާޕޯޓުތަކުގެ ނަޖިސް ފެން މޮނީޓާ ކުރުން

އަންގާރަ ދުވަހު އީޔޫގެ ތަންފީޒީ އިދާރާ، ޔޫރޮޕިއަން ކޮމިޝަނުން ވެސް ބުނީ މެމްބަރު ގިނަ ގައުމުތަކުން ތާއީދުކުރަނީ ޗައިނާއިން ދަތުރު ކުރާ މީހުންނާ މެދު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމަށެވެ.

ޓެސްޓު ކުރުމަށް އީޔޫއިން ބާރު އެޅި ނަމަވެސް، އެކަމާ ގުޅޭ ސިޔާސަތެއް އެކުލަވާލާނެކަން ސާފެއް ނޫނެވެ. އީޔޫގެ ގައުމުތަކަށް އެ ގައުމެއްގައި ތަންފީޒު ކުރަން ބޭނުންވާ ފިޔަވަޅެއް ތަންފީޒް ކުރެވޭނެ އެވެ. އީޔޫގެ ޒިންމާއަކީ ހާލަތު ވަޒަންކޮށް އެންމެ އެކަށޭނަ ލަފާ އާއި އިރުޝާދު ދިނުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox