އިޒްރޭލުގެ މިނިސްޓަރަކު އަގްސާ މިސްކިތުގެ ހަރިންމައަށް، މުސްލިމް ގައުމުތަކުން ކުށްވެރިކޮށްފި

އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގްވިރް. -- ފޮޓޯ: ޓްވިޓާ

އިޒްރޭލުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގްވިރް. -- ފޮޓޯ: ޓްވިޓާ

އިޒްރޭލުގެ މިނިސްޓަރަކު އަގްސާ މިސްކިތުގެ ހަރިންމައަށް ޒިޔާރަތް ކުރެއްވުމުން މުސްލިމް ގައުމުތަކުން އެކަން ކުށްވެރިކޮށްފި އެވެ.

އާ ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރް ބެން ގްވިރް އަންގާރަ ދުވަހު އަގްސާ މިސްކިތުގެ ހަރިންމައަށް ޒިޔާރަތް ކުރެއްވީ ހަމަނުޖެހުން އުފެދުމުގެ ފުރުސަތު ބޮޑުކަން އެނގި ހުރެ އެވެ.

"ޓެމްޕަލް މައުންޓް ވަނީ އެންމެންނަށް ހުޅުވިފައި،" ޔަހޫދީން އަގްސާ މިސްކިތަށް ކިޔާ ނަމުން އޭނާ ޓްވީޓް ކުރެއްވި އެވެ.

Advertisement

އިޒްރޭލުގެ އޮފިޝަލަކު ބުނީ އެ ޒިޔާރަތް ކުރީ އަގްސާ މިސްކިތާ ގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމާ އެއް ގޮތަށް ކަމަށެވެ. މުސްލިމް ނޫން މީހުންނަށް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެވުނު ނަމަވެސް، އެ ތަނުގައި އަޅުކަން ކުރުން މަނާ ވާނެ އެވެ.

ފަލަސްތީނުގެ އިތުރުން ސައުދީ އަަރަބިއްޔާ އާއި ޔޫއޭއީ އަދި އުރުދުންއިން ވަނީ އިޒްރޭލް މިނިސްޓަރުގެ ޒިޔާރަތް ކުށްވެރިކޮށްފަ އެވެ.

ފަލަސްތީނުގެ ބޮޑު ވަޒީރު މުހައްމަދު އިޝްތަޔާ ވިދާޅުވީ އިޒްރޭލުން މަސައްކަަތް ކުރަނީ އަގްސާ މިސްކިތް ޔަހޫދީންގެ ފައްޅިއަކަށް ބަދަލުކުރަން ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ބުނީ އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް އިޒްރޭލުގެ އޮފިޝަލަކު "ވަދެގަނެގެން އުޅުން" ކުށްވެރި ކުރާ ކަމަށެވެ.

ޔޫއޭއީއިން ވެސް އެކަން ކުށްވެރިކޮށް ބުނީ އަގްސާ މިސްކިތް ފުރިހަމައަށް ހިމާޔަތް ކުރަން ޖެހޭ ކަމަށާއި އެ ތަނުގައި ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އޭގެ އިތުރުން އުރުދުންއިން ވެސް "އެންމެ ހަރުކަށި" އިބާރާތުން އެކަން ކުށްވެރިކުރި އެވެ. އުރުދުންއިން ބުނީ މިސްކިތުގެ ހުރުމަތް ކެނޑޭ ފަދަ ކަންކަން ބަލައިނުގަންނާނެ ކަމަށެވެ.

ބެން ގްވިރް އަކީ ޖުވިޝް ޕަވާ ޕާޓީގެ ލީޑަރެވެ. އޭނާއަކީ ޔަހޫދީ ހަރުކަށި ފިކުރު ގެންގުޅޭ މީހެކެވެ. އިޒްރޭލުގެ އާ ސަރުކާރުގައި ގިނައިން ހިމެނެނީ ޔަހޫދީ "ހަރުކަށި" ޕާޓީތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox