ބްރެންޓްފޯޑުން ލިވަޕޫލް ބަލިކޮށްފި

Jan 3, 2023, 5:33 AM
ބްރެންޓްފޯޑްގެ ވިއްސާ (ކ) ލިވަޕޫލްގެ ކޮނާޓޭ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބްރެންޓްފޯޑްގެ ވިއްސާ (ކ) ލިވަޕޫލްގެ ކޮނާޓޭ އަތުން ބޯޅަ ހޯދަން މަސައްކަތްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބްރެންޓްފޯޑުން 3-1 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިއީ 1938 ވަނަ އަހަރުގެ ފަހުން ބްރެންޓްފޯޑަށް ވާދަވެރި މެޗެއްގައި ލިވަޕޫލްގެ މައްޗަށް ކުރިހޯދުނު ފުރަތަމަ ފަހަރެވެ. ރޭގެ މެޗުން ބަލިވެ، ގަދަ ހަތަރެއްގެ ރޭހުގައި ލިވަޕޫލަށް ވަނީ ބޮޑު ގެއްލުމެއް ކުރިމަތިވެފަ އެވެ. ލިވަޕޫލް އޮތީ 17 މެޗުން 28 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ރޭ މޮޅުވިނަމަ ލީގުގެ ފަސް ވަނަ އަށް އަރަައި، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ އެއް ޕޮއިންޓަށް ގާތަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. ބްރެންޓްފޯޑް ހަތް ވަނައިގައި އޮތީ 18 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.

ބްރެންޓްފޯޑްގެ ޖީޓެކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލަށް ލީޑުނަގައިދޭން އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ގޯލަށް ވަނުމުގެ ކުރިން ބްރެންޓްފޯޑްގެ ޑިފެންޑަރު، ބެން މީ ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގައި ބްރެންޓްފޯޑުން ލީޑުނެގީ 19 ވަނަ މިނިޓްގައި ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ކޯނަރެއްގައި އޭރިއާތެރެއަށް ހުރަސްވި ބޯޅަ ކޮނާޓޭ ފައިގައި ޖެހިފައި އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް އެއްވަރުކޮށްދޭން ކޮސްޓާސް ސިމިކާސް އޭރިއާތެރެއިން ޖެހި ޝޮޓް ބްރެންޓްފޯޑްގެ ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން، ބްރެންޓްފޯޑްގެ ޔޮއާން ވިއްސާ ޖެހި ދެ ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ނިންމައިފަ އެވެ. އެކަމަކު، މެޗުގެ 42 ވަނަ މިނިޓްގައި ވިއްސާ ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ އަރިމަތިން ނެގި ހުރަހަކުން ވިއްސާ ބޮލުން ޖެހި ގޯލެކެވެ. ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް އެ ބޯޅަ ސަލާމަތްކުރެވުނީ ގޯލުގެ ރޮނގު ހުރަސްކުރި ފަހުން ކަމަށްވާއިރު، ގޯލް ލައިން ޓެކްނޮލޮޖީން ކަށަވަރުކޮށް، ގޯލު ބަލައިގަންނަން ނިންމީ އެވެ.

ދެ ވަނަ ހާފަށް ލިވަޕޫލުން ނުކުތީ ތިން ބަދަލު ގެނެސްގެންނެވެ. އެއީ ހާވީ އެލިއަޓް، ސިމިކާސް އަދި ވާޖިލް ވެން ޑައިކްގެ ބަދަލުގައި އެންޑީ ރޮބަަޓްސަން، ނަބީ ކެއިޓާ އަދި ޔޮއެލް މަޓިޕް ކުޅެން އަރުވައިގެންނެވެ. ލިވަޕޫލަށް ދެ ވަނަ ހާފް ފެށުނުތަނާ ނޫނޭޒް ޖަހައިދިން ގޯލު ނިންމީ އޮފްސައިޑް ކަމަށެވެ. އެއީ ވީއޭއާރް އިން ބަލައިފަ އެވެ. އެކަމަކު، އޭގެ ފަހުން، ޓްރެންޓް އަލެކްސަންޑާ-އާނޯލްޑް ނެގި ހުރަހަކުން އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން ބޮލުން ގޯލެއް ޖަހައި ލިވަޕޫލަށް އުންމީދެއް ހޯދައިދިނެވެ.

ލިވަޕޫލުން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބުނުވިއިރު، ބްރެންޓްފޯޑުން ތިން ވަނަ ގޯލު ޖެހީ މި މެޗުގައި އެ ޓީމުގެ އެޓޭކް ލީޑުކުރީ ބްރަޔާން އެމްބުއޭމޯ އެވެ. މެޗުގެ 84 ވަނަ މިނިޓްގައި ލިވަޕޫލްގެ ކޮނާޓޭ އަތުން ގެއްލުނު ބޯޅައެއް އޭރިއާތެރެއިން ހޯދައި، އެމްބުއޭމޯ ވަނީ ހަމަޖެހިލައިފައި ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ބްރެންޓްފޯޑްގެ އެއް ވަނަ ފޯވާޑް އައިވާން ޓޯނޭ އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ނުކުޅޭއިރު، އެމްބުއޭމޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ބްރެންޓްފޯޑުން މި ވަނީ ލީގުގައި ބަލިނުވެ ޖެހިޖެހިގެން ހަ މެޗު ނިންމައިލައިފަ އެވެ. މިއީ 1939 ގެ ފަހުން ބްރެންޓްފޯޑް ލީގުގައި މި ވަރުގެ ރެކޯޑެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ. ލީގުގައި ޖެހިޖެހިގެން ހަތަރު މޮޅަށް ފަހު ރޭގެ މެޗަށް ނުކުތް ލިވަޕޫލް ބަލިވުމާ އެކު އެ ޓީމަށް ވަނީ ނުތަނަވަސްކަން ކުރިމަތިވެފަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މެޗު ގެއްލުނީ ލިވަޕޫލުން އަމިއްލަ އަށް ހެދި ގޯސްތަކެއްގެ ސަބަބުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox