އެމްޑީޕީއިން ވަކިކުރި މެންބަރުންގެ ސަބަބުން ސަރުކާރަށް 70،000 ވޯޓު ގެއްލޭނެ: ނަޝީދު

މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ސަރުކާރުން ކުރީ ވަރަށް ހަޑި އަމަލެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މިރޭގެ ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: ވިދާޅުވީ ސަރުކާރުން ކުރީ ވަރަށް ހަޑި އަމަލެއް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެހެން ޕާޓީގެ ދަފުތަރުގައި އޮތް ކަމަށް ނުވަތަ ފިންގަޕްރިންޓް އޮތް ފޯމެއް ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ މެއި މަހު އެމްޑީޕީއިން ވަކިކުރި 39،000 މެންބަރުންގެ ސަބަބުން ސަރުކާރަށް 70،000 ވޯޓު ގެެއްލޭނެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދުގެ ކެމްޕޭނުގެ ތެރެއިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ޕާޓީއިން ވަކިކޮށްފައިވާ 39،000 މީހުންގެ ވޯޓު ދެން ސަރުކާރަށް ހޯދުން ވަރަށް ދަތިވާނެ ކަމަށެވެ.

"އަދި، އެ މީހުންގެ ބަސް އަޑުއަހާ އެތައް ބަޔެއް އެބައުޅޭ، އަޅުގަނޑު އަންދާޒާކުރާ ގޮތުގައި 70،000 ވޯޓު ސަރުކާރަށް އެބަ ގެއްލޭ މި އަމަލުގެ ސަބަބުން، މި މުޑުދާރު އަމަލުގެ ސަބަބުން،" ނަޝީދު ވިދާޅުވި އެވެ.

ޕާޓީއިން މީހުން ވަކިކުރީ އެމީހުންގެ އެއްވެސް ބަހެއް ނެތި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އެ މެންބަރުންނާ ނުލާ މިހާރު އޮތް އެމްޑީޕީގެ ވޯޓާސް ލިސްޓުން ވެސް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އެމްޑީޕީގެ ފުރަތަމަ ވެރިކަމުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފުތަރުން 39،000 މެންބަރުން ވަކިކުރަން މިދިޔަ އަހަރުގެ މެއި މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ ޕާޓީގެ ދަފުތަރު އިސްލާހުކުރުމަށްޓަކާ އެހެން ޕާޓީތަކުގައި ތިބި އަދި ގާނޫނީ ގޮތުން ފިންގަޕްރިންޓް ޖެހި ފޯމެއް ހުށަހަޅާފައިވާނުވާ މެންބަރުން ވަކިކުރުމަށް ކަމަށް ބުނެ އެވެ. އަދި ވަކިކުރި މެންބަރުން އަލުން އެ ޕާޓީއަށް ވަނުމަށް ތިން މަހުގެ މުހުލަތެއް ވެސް އޭރު ޕާޓީއިން ދިނެވެ.

ރިޔާސީ ޕްރައިމަރީ އިއުލާނުކުރުމާއެކު ނަޝީދު ވަނީ ޕާޓީގެ ދަފުތަރު ގަޑުބަޑު ވެފައިވާ ކަމަށް ބުނެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. ނަމަވެސް އެމްޑީޕީއިން ވަނީ ނަޝީދުގެ ތުހުމަތުތައް ދޮގުކޮށް ޕާޓީގެ ދަފުތަރަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރެވިފައިވާ ދަފުތަރެއް ކަމަށް ބުނެފަ އެވެ.

ޕާޓީގެ ރައީސް ނަޝީދު އަދި ރައީސް ސޯލިހު ވާދަކުރައްވާ ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ރަސްމީ ލިސްޓު އެމްޑީޕީއިން މާދަމާ އާންމުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox