ނަޝީދުގެ ސަޕޯޓަރުން: "ކުރިން ވެސް ވޯޓުލީ އަންނި ދެއްކި މީހާއަށް"

ނަޝީދާއެކު އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ބޮނޑިބަތް ޕާކުގައި: އިންތިހާބު އޮންނާނީ ޖެނުއަރީ 28 ގައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ނަޝީދާއެކު އެމަނިކުފާނުގެ ސަޕޯޓަރުން މިރޭ ބޮނޑިބަތް ޕާކުގައި: އިންތިހާބު އޮންނާނީ ޖެނުއަރީ 28 ގައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިތަނުގައި މިި ތިބީ މުހައްމަދު ނަޝީދުގެ ވަރުގަދަ ސަޕޯޓަރުންނެވެ. ބޮނޑިބަތް ޕާކުން މިރޭ ފެނުނު ގިނަ މީހުންނަކީ ދެގޮތެއް ނުވެ، 18 އަހަރު "އަންނި" އާއެކު ތިބި މީހުންނެވެ. ބައެއް މީހުން އެއަށްވުރެ ވެސް ގިނަ ދުވަހެވެ.

މިތަނުގައި މިރޭ މި ތިބި ގިނަ މީހުންނަކީ، ގިނަ ސިޔާސީ ޕާޓީ ހިމެނޭ އިންތިހާބެއް 2008 ގައި ބޭއްވުމުގެ ކުރިން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ ވެރިކަމަށް ގެންނަންޖެހޭ ކަމަށް ބުނި މީހުންނެވެ. މިވަގުތު ވެރިކަމުގައި އޮތީ އެ ޕާޓީ އެވެ. އެކަމަކު، މިވެރިން މިރޭ ވަކާލާތު ކުރަނީ، އަނެއްކާ ވެސް ބަދަލަކަށެވެ. އޭގެ ސަބަބުތައް ވެސް ކިޔަައިދިނެވެ.

"މި ސަރުކާރުން އެއްވެސް ކަމެއް ނުކުރެއެއްނު؟ އެމްޑީޕީތަ ވެރިކަމުގައި އޮތީ؟ އަހަންނަށް ފެންނަނީ ތަސްމީނު [އަލީ] އާ، ރޮޒެއިނާ [އާދަމް] އާ، މިހެން ގޮސް ޑީއާރްޕީގައި އުޅުނު ބަޔަކު،" މި ޖެނުއަރީ މަހު ބާއްވާ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރާ މީހަކު ބުންޏެވެ.

ނަޝީދާއެކު ޕްރައިމަރީގައި ވާދަ ކުރައްވާނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޒުވާން ދުވަސްވަރުން ފެށިގެން ރަހުމަތްތެރި އެ ދެ ބޭފުޅުންގެ މެދުގައި ބާއްވާ އިންތިހާބުގައި ކުރި ހޯދާ ލީޑަރަކު އަހަރު ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބަށް ނިކުންނަވާނީ ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގަ އެވެ.

ނަޝީދުގެ ސަޕޯޓަރުންނަށް އެމަނިކުފާނުގެ އެންމެ ކަމުދާ އެއް ސިފައަކީ މަސައްކަތްތެރިކަމާއި ދަގަނޑު ދަހަނާއެއް ފަދަ ނުގުޑާ އަޒުމެވެ. ނަޝީދުގެ ހިތްވަރަކީ އެމަނިކުފާނު ލެއްވުމުން ސަޕޯޓަރުންގެ ގަޔަށް ވާރުތަވާ އެއްޗެކެވެ.

"މި މީހާ ހަމަ ވަރުބައްޔެއް ނުވާނެ،" ނަޝީދުގެ ކެމްޕެއިނު ލަވައިގައި، އެމަނިކުފާނުގެ މަސައްކަތުގެ އަހުލާގާ ގުޅޭ ގޮތުން ބުނެފައި އިން ތަންކޮޅު އަޑު އިވުމުން ބޮނޑިބަތް ޕާކުގައި ސިގިރެޓެއް ބޯން ހުރި މީހަކު ބުނެލި އެވެ.

މިރޭ މި އެއްވުމުގައި ތިބި ގިނަ މީހުންނަށް ނަޝީދުގެ މަސައްކަތް ހުންނަ ގޮތް ވަރަށް ބޮޑަށް އެނގޭނެ އެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ ނަޝީދުގެ ކެމްޕެއިން ސަލްޓަން ޕާކުގައި ލޯންޗު ކުރެއްވުމަށްފަހު މިރޭ ބޮނޑިބަތް ޕާކަށް އެމަނިކުފާނު ވަޑައިގަަތީ ހއ. ބާރަށާއި އެ އަތޮޅު އިހަވަންދޫ އާއި ދިއްދޫ އާއި ކެލާ އާއި ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ވައިކަރަދޫ އާއި ކުމުންދޫ އާއި ށ. މިލަންދޫ އާއި އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެންނެވުމަށްފަހު އެވެ.

"އަންނިގެ މަސައްކަތް ބަރާބަރުވާނެ. އަބުުއިވެގެން، މާތް ވެގެނެއް މިކަމެއްނުވާނެ. ބަލަ ވެރިންނަކީ ރައްޔިތުންގެ ހާދިމުންނެއް ނޫންތަ،" ނަޝީދަށް ތާއީދު ކުރާ މުހައްމަދު ނައީމު، 43، ބުންޏެވެ. "ކުރިން [2018] ގައި ވެސް އަހަރެން ވޯޓި ދިނީ އަންނި ދެއްކި މީހަކަށް. މިފަހަރު މި ހުރީ އަންނި، އެހެންވީމަ އިތުރު ޗޮއިހެއް ނެތް."

އެއްވެފައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ދައްކަމުންދިޔައީ ނަޝީދުގެ ވާދަވެރިޔާގެ ވާހަކަ އެވެ. ބައެއް މީހުން ކުރި ޝަކުވާއަކީ ސަރުކާރުގެ މުދަލާއި މުވައްޒަފުންނާއި ވަސީލަތްތައް ކެމްޕެއިނަށް ބޭނުން ކުރާ ވާހަކަ އެވެ.

"ސަރުކާރަަށް ނެރެވީ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެއްނު. އެ މީހުން ނެރުނު މީހަކަށް މިތަނުގައި ފަސް މީހުން އެބަތިބި،" ނަޝީދު ވާހަކަ ދައްކާ އަޑު އަހަން އައިސްތިބި މީހުންނަށް އިޝާރާތް ކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް ވިދާޅުވި އެވެ. "އެމްޑީޕީ މީހުންގެ ތާއީދު ސަރުކާރަށް ގެއްލިެއްޖެޔޭ."

މިތަނަށް އެއްވެފައި ތިބި މީހުންގެ ސަޕޯޓު ކިތަންމެހާ ވެސް ބޮޑަކަށް ނަޝީދަށް އެބަ އޮތެވެ. އެކަމަކު މުހިންމީ ވޯޓާސް ލިސްޓުގައި ނަން އޮތް 57،714 މީހުންގެ ތާއީދާއި ވޯޓެވެ. އެ ތާއީދު އޮތްކަން ނުވަތަ ނޫންކަން ޔަގީންވާނީ އިންތިހާބަށް ފަހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox