ވަޒީފާ ދެކެ ފޫހިވަނީތަ؟ މިއީ ބާންއައުޓްއަށް ވެދާނެ

ވަޒީފާ ދެކެ ފޫހިވަނީތަ؟ މިއީ ބާންއައުޓްއަށް ވެދާނެ

އޮފީހަށް ގޮސް އެއްވެސް ކަމެއް ކުރަހިތެއް ނުވަނީ އެވެ. އެއްވެސް ކަމެއް ހާސިލުވި ކަމުގެ އިހުސާސްވެސް ނުކުރެވެނީ އެވެ. އޮފީހަށް ދާން ވެސް ޖެހެނީ ގަދަކަމުންނެވެ. ކޮންމެ ދުވަހަކު އަށް ގަޑިއިރު ހޭދަ މިކުރަނީ ބޭކާރު ކަމެއް ކުރާށޭ ވެސް ހިތައް އަރަ އެވެ. ރަނގަޅު ކުރުމުގެ އަޒުމެއް ނެތެވެ. ކުރާހިތުން ކޮށް އުޅުނު ކަންތައް ކުރަން ބިރު ގަންނަ ގޮތް ވަނީ އެވެ.

މިއީ ހައްތަހާވެސް ބާންއައުޓްގެ ސަބަބުން ދިމާވެދާނެ ކަންކަމެވެ. މިކަން ކަން އެކަންޏެއް ނޫނެވެ. ބަނޑުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، އަވަސް އަވަހަށް ބަލިވުން ވެސް ހިމެނެ އެވެ. މިއީ ކޮންމެހެން ވަޒީފާ އަދާ ކުރަން ބޭނުން ނުވާތީ ދިމާވާ ކަންކަމެއް ނޫނެވެ. ކިތަންމެ މަސައްކަތް ކުރާހިތުން ވަންނަ ވަޒީފާގައި ވެސް މިހެން ވެދާނެ އެވެ.

ބާންއައުޓްއާ ސްޓްރެސްގެ ތަފާތަކީ ކޮބާ؟

ސްޓްރެސް ވަނީ އޭ ބުނުމުން މިހާރު އެއީ ކިހިނެތްވާ ކޯއްޗެއްކަން ނޭނގޭ މީހަކު މަދުވާނެ އެވެ. ސްޓްރެސް އަކީ ވަށައިގެންވާ މާހައުލުގައިވާ ކަންކަމުގެ ސަބަބުން އަމިއްލަ ހަށިގަނޑުން ދޭ ރިއެކްޝަނަކަށް ކިޔާ އުޅޭ ނަމެކެވެ. ސްޓްރެސް ލޭބަލްވެފައި އޮންނަނީ ވަރަށް ގޯސް ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، ސްޓްރެސް އަކީ މީހާގެ އުފެއްދުންތެރިކަން ހަރުދަނާކޮށް، ހާސިލު ކުރަން ބޭނުންވާ ކަމަކާ ދިމާލަށް މަސައްކަތް ކުރުމަށް އިތުރު ހިތްވަރަކަށް ވެސް ވެދާނެ އެވެ.

Advertisement

މިސާލެއް ނަގާނަމަ، ޓެސްޓު ދުވަސްވަރު ކުއްޖަކު ސްޓްރެސް ވާނަމަ އޭގެ ސަބަބުން ކިޔެވުމަށް އެ ކުއްޖާއަށް ހިތްވަރު ލިބެ އެވެ. ވަޒީފާގެ މާހައުލުގައި ވެސް ސްޓްރެސްގެ ސަބަބުން، ނިންމަން ޖެހޭ މަސައްކަތް ނިންމަން 'މޯޓިވޭޝަނަކަށް' ނުވަތަ ހިތްވަރަކަށް ވެއެވެ. ހަމައެއާއެކު، ސްޓްރެސްގެ ސަބަބުން މަސައްކަތް ނުކުރެވިދާފަދަ ހާލަތްތައް ވެސް ދިމާވެ އެވެ.

ސްޓްރެސް ބާންއައުޓްއަށް ބަދަލުވާ ހިސާބަކީ، ޗުއްޓީއެއް ނުނަގާ އަބަދު އަބަދު ސްޓްރެސް ނަގާ ހިސާބެވެ. އިނގިރޭސި ބަހުން ބުނާނަމަ ކްރޮނިކް ސްޓްރެސް އެވެ. ކޮންމެ ދުވަހަކު ބޮލަށް ބާރުކުރާ މަސައްކަތްކޮށް، އަމިއްލަ ނަފްސަށް ބޭނުންވާ އަރާމާއި، އަޅާލުން ނުދޭނަަމަ އެއީ މީހާ ބާންއައުޓްއަކަށް ދިއުމަށް މެދުވެރިވެދާނެ ސަބަބެކެވެ. މާ ގިނައިން މަސައްކަތް ކުރުމާއި، ވަޒީފާއާއި އަމިއްލަ ދިރިއުޅުމާ ދެމެދު އޮންނަން ޖެހޭ ދުރުމިން ނުބެހެއްޓުމާއި، ކުރާ މަސައްކަތަށް އެކާށީގެންވާ އުޖޫރަ ނުލިބުމާއި، ވަޒީފާގެ މަހައުލުގައި ތަފާތު ކުރުން ގެންގުޅުން އަދި މައްސަލަތައް އުފެދި ބައިބައި ވުމަކީ ހައްތަހާވެސް ބާންއައުޓްއަށް މެދުވެރިވެދާނެ ސަބަބުތަކެވެ.

ބާންއައުޓް އިން ރައްކާތެރިވާނީ ކިހިނެއް؟

ބާންއައުޓްއޭ ބުނުމުން އެއީ ހަމައެކަނި ނަފްސާނީ ގޮތުން އުނދަގޫ ކުރުވާ ކަމެކޭ ވިސްނިފައި އޮވެދާނެ އެވެ. އެކަމަކު އެއީ އޭގެ ސަބަބުން ސިއްހަތަށް ނުރައްކާތެރި އަސަރުތަކެއް ވެސް ކޮށްފާނެ އެވެ. ލޭގެ ޕްރެޝަރު މަތިވުމާއި، ހިތުގެ ބަލިތަކާއި، ގޭހުގެ ބަލިތައް އަދި އާތްރައިޓްސްގެ އިތުރުން ނިދުމުގެ މައްސަލަތަކަކީ ބާންއައުޓްގެ ސަބަބުން އާންމުކޮށް ދިމާވާ ސިއްހީ މައްސަލަތަކެވެ.

ބާންއައުޓް އިން ރައްކާތެރިވުމަށް ކުރަން އެންމެ މުހިންމު ކަންތައްތަކުގެ ތެރޭގައި ކަސްރަތު ކުރުން ހިމެނެ އެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމާއި، ދުވާލަކު މަދުވެގެން 30 މިނިޓު ކަސްރަތު ކުރުމަކީ ސްޓްރެސްއާއި ބާންއައުޓްއާ ދުރުވުމަށް އެހީތެރިވެދޭ ކަމެކެވެ. ނިދިި ހަމަ ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ރޭގަނޑު އަށް ގަޑިއިރު ނިދުމަކީ މީހާ ތާޒާކޮށް، އަނެއް ދުވަހަށް ސިކުނޑި ތައްޔާރުކޮށްދޭ ކަމެކެވެ.

ބާންއައުޓްއާ ބެހޭގޮތުން ހަދާފައިވާ ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި، ދުވާލު ގަޑީގައި ކުޑަ ވަގުތުކޮޅަކަށް ނިދާލުމަކީ ބާންއައުޓްއިން ރައްކާތެރިވުމަށް ވަރަށް ބޭނުންތެރިކަމެކެވެ. އެގޮތުން، ބްރޭކް ގަޑީގައި ގެއަށްގޮސް 15-30 މިނިޓު ވަންދެން ނިދާލުމުން ސިކުނޑި ތާޒާކޮށް، ސްޓްރެސް ދަށްކޮށްދޭ ކަމެކެވެ.

މިހިރީ ބާންއައުޓްވެފައި ކަމަށް ގަބޫލު ކުރެވޭނަމަ، ނުވަތަ އޭގެ އަލާމާތްތައް ފެންނަ ނަމަ ވަޒީފާއާ ދުރަށް ޖެހިލުމަކީ ކުރެވިދާނެ ކަމެކެވެ. ކުރު ޗުއްޓީއެއް ނަގާލައިގެން މާހައުލު ބަދަލުކޮށްލުން ނުވަތަ ސަލާމް ބުނެފައި ގޭގައި އަރާމުކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެވެ. ވަޒީފާގެ މާހައުލުގައި މާބޮޑަށް ބާންއައުޓް ވާނަމަ، ތިމާ އަދާކުރާ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް ކުރާ ކަމަކަށް ނަހަދާ، އަމިއްލައަށް ހިތްހަމަޖެހުން ލިބޭ ކަމަކަށް ހެދުން މުހިންމެވެ. އެގޮތުން، އަދާކުރާ ހިތްވާ ވަޒީފާއެއް ހޯދުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ވަނީ ކީއްކަން ނޭނގި ތިބެ ވަރަށް ބޮޑަށް ބާންއައުޓްވެގެންދާ ފަހަރުތައް ވެސް އައިސްދާނެ އެވެ. އެފަދަ ހާލަތެއްގައި، އަމިއްލަ ނަފްސާނީ ސިއްހަތަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ހިތްހަމަޖެހުން ގެނުވާފަދަ ކަމެއް ކުރުމަށް ކޮންމެ ދުވަހަކު ވެސް ވަގުތުކޮޅެއް ހޭދަކުރުމާއި، އާއިލާ ނުވަތަ ރައްޓެހިންނާއެކު ވަގުތު ހޭދަކޮށް، ތިމާގެ އިހުސާސްތަކާ ބެހޭގޮތުން އެހެން މީހުންނާ ވާހަކަދެއްކުމަކީ ކުރެވިދާނެ ވަރަށް ކުދި ކުދި ކަންކަމެވެ.

ވަރަށްބޮޑަށް ބާންއައުޓްވެފައިވާ މީހަކަށް އަމިއްލަ ނަފްސަށް އަޅާލުމަކީ ބުރަކަމަކަށް ވެދާނެ އެވެ. އާންމުކޮށް ކުރާ ކުދި ކުދި ކަންކަން ކުރަން ނުކުޅެދޭ ހާލަތަށް ހިނގައިދާނެ އެވެ. އެކަންކަން އިހުސާސްކުރެވޭ ވަގުތަކީ އެއީ އާއިލާއާއި ރައްޓެހިންގެ އެހީތެރިކަމަށް އެދެންވީ ވަގުތެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox