ނަޝީދުގެ ބޭބެ ހިމެނޭ ގޮތަށް ގާތް ބޭފުޅުން ވެސް ޕާޓީން ވަކިކޮށްފައިވާ ކަމަށް ތުހުމަތުކޮށްފި

ނަޝީދު ވިދާޅުވީ ޕާޓީން ވަކިކުރި ބައެއް މެންބަރުން އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތްކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

ނަޝީދު ވިދާޅުވީ ޕާޓީން ވަކިކުރި ބައެއް މެންބަރުން އެހެން ޕާޓީތަކުގެ ދަފްތަރުގައި އޮތްކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ 39،000 މެންބަރުންގެ ތެރޭގައި ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުންނާއި ބޭބޭ ވެސް ހިމެނޭ ކަމަށް ވިދާޅުވެއްޖެ އެވެ.

ބޮޑުތިލަދުންމައްޗަށް ކުރެއްވި ކެމްޕޭން ދަތުރު ނިންމަވާލެއްވުމަށްފަހު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން އުނިކޮށްފައިވާ މެންބަރުންގެ ތެރޭގައި އެ ޕާޓީއިން ހަމަ ޔަގީނުން ވެސް އަމިއްލައަށް ވަކިނުވާނެ ބައެއް ބޭފުޅުން ހިމެނޭ ކަމަށެވެ.

އެގޮތުން ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އާއި ބޭބެ ޑރ. އަހުމަދު ނާޝިދު އަދި ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްގަފޫރު ވެސް މިހާރު ޕާޓީގެ ދަފްތަރުގައި ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ބޭބެ ނާޝިދުގެ ނަން މިހާރު އޮތީ އަދާލަތު ޕާޓީގެ ދަފްތަރުގައި ކަމަށެވެ.

"މިސާލަކަށް، ވަކިކޮށްފައި ތިބި މީހުންނޭ މި ދަންނަވަނީ، ޑޭޒީމާގޭ އަހުމަދު އައްބާސް، ހާމިދު އަބްދުލްގަފޫރު، އަޅުގަަނޑުމެންގޭ ޑރ. ނާޝިދު، ޔާގޫތުގޭ ލައިލާ. އަޅުގަނޑަކަށް ނޭނގެ މިމީސްމީހުން ކައިރީގައި ދެން ނޫނެކޭ އަންނަން ވީނުންހޭ." ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގައި، އެ ޕާޓީގެ މެމްބަރުންގެ ގޮތުގައި ދަފްތަރުކޮށްފައި ނުވާ މެމްބަރުން އެ މަރުހަލާ ފުރިހަމަކުރުމަށް ދިނީ ގާތްގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި އެ މަރުހަލާ ފުރިހަމަނުކުރާ މެންބަރުން ޕާޓީގެ ދަފްތަރުން އުނިވާ ގޮތަށް ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުންނެވެ.

މިކަމާ މެދު އެމްޑީޕީގެ ގިނަ މެންބަރުން އޭރު ވެސް ދެކޮޅު ހެދި އެވެ. އަދި މިގޮތަށް އެކަން ނިންމައިފި ނަމަ ޕާޓީގެ ދަފްތަރުން ގިނަ ބަޔަކު އުނިވާނެ ކަމުގެ އިންޒާރުވެސް ކުރި އެވެ.

ނަޝީދު ވިދާޅުވާ ގޮތުގައި ވަކިކުރި 39،000 މެންބަރުންގެ ތެރޭގައި ގިނައީ އެ ޕާޓީއާ އެންމެ ކުރިން ވެސް ގުޅިފައިވާ މެންބަރުން ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ އެމްޑީޕީގެ ރައީސް ނަޝީދު ފަޅިއަށް ތާއިދުކުރާ މީހުންކަމަށް ވެސް ދަނީ ބުނަމުންނެވެ.

ނަޝީދު ތުހުމަތުކުރައްވާ ގޮތުގާ އެމްޑީޕީގެ ވޯޓާސް ލިސްޓު ވަނީ ގަޑުބަޑުކޮށްފަ އެވެ. އެހެން ނަމަވެސް އެމްޑީޕީން މިކަން ދޮގުކުރެ އެވެ. އެމްޑީޕީން ބުނެފައިވާ ގޮތުގާ އުނިވެފައިވާ 39،000 މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރުގެ ސަބަބުން އުނިވި މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox