ރައީސް "ޣައިބުގައި" ކެމްޕޭނެއް ކުރައްވާތީ ނަޝީދު ފާޑުވިދާޅުވެއްޖެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު؛ ރައީސް ސޯލިހުގެ ކެމްޕޭނަށް ނަޝީދު ފާޑުވިދާޅުވި - ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައީސް މުހައްމަދު ނަޝީދު؛ ރައީސް ސޯލިހުގެ ކެމްޕޭނަށް ނަޝީދު ފާޑުވިދާޅުވި - ފޮޓޯ؛ މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބަދަލުގައި އެމަނިކުފާނުގެ އަރިސް ބޭފުޅުން ފެންނާތީ، އެ ޕްރައިމަރީގައި ދެން ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ހުންނަވާނީ އެމްޑީޕީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުންނާ ވަރަށް ގާތުން ކަމަށެވެ. ކެމްޕޭނަކަށް ވެސް ނަޝީދުގެ ބަދަލުގައި ވަކި މީހަކު ގޮސް ނުހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކެމްޕޭނުގައި ފެންނާނީ އަޅުގަނޑު، [ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު] ހަސަން ލަތީފެއް ނޫން، [މެދު ހެންވޭރު ދާއިރާގެ މެންބަރު] އަލީ އާޒިމެއް ވެސް ނުޖެހޭ، [ގަލޮޅު އުތުރު ދާއިރާގެ މެންބަރު] އީވާއެއް ވެސް ނޫން، އިތުރު އެކަކު ވެސް ނޫން، އަޅުގަނޑު އުޅެން ޖެހޭނީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިޝާރާތް ކުރެއްވީ، ރައީސް ސޯލިހުގެ ކެމްޕެއިނުން ބާއްވާ ޖަގަހަ ޖަލްސާތަކުގައި ރައީސް ބައިވެރިވެޑައިނުގެން އަރިސް އެހެން ބޭފުޅުން ވާހަކަ ދައްކަވާތީ އެވެ. ޕްރައިމަރީގެ ކެމްޕެއިނުގައި ރައީސް އެއްވެސް ވާހަކައެއް ދައްކަވާފައިނެތްއިރު އެމަނިކުފާނު މި ވަގުތު ހުންނެވީ ވެސް ރާއްޖޭން ބޭރުގަ އެވެ.

"އަޅުގަނޑަށް ދެން ފެންނަނީ ޣައިރު ހާޒިރުގައި ކުރައްވާ ކެމްޕޭނެއް، ޣައިބުގައި ހުންނަވާ ލީޑަރެއް، ތިޔަ ބޭފުޅުން ކުރިމަތީގައި އަޅުގަނޑު ހުންނާނެ، އަޅުގަނޑު މިހާރު ވެސް މި ހުރީ ތިޔަ ބޭފުޅުންނަށް ފެންނަ ގޮތަށް،" ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ދަފްތަރުން 39،000 އެއްހާ މީހުން ވަކިކުރުމުން އެ އެންމެ މެންބަރުންނާއި އެ މެންބަރުންގެ އާއިލާ މީހުން ހިމެނޭހެން ގާޓްގަނޑަކަށް 70،000 އެއްހާ މީހުންގެ ވޯޓެއް ދެން ރައީސް ސޯލިހަށް ނުލިބޭނެ ކަމަށެވެ.

"އެ 70،000 މީހުންގެ ވޯޓު އެމްޑީޕީއަށް އަލުން ހޯދޭނީ އަޅުގަނޑަށް، އެ ކަން ދެން ވާން އޮތީ ވެސް އަޅުގަނޑަށް، ހިތާމަ ހުރި ދެރަވަރު ކަމެއް، އެކަމަކު ކުރެވޭނެ ވަކި އިތުރު ކަމެއް ވެސް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ތުހުުމަތުކުރެއްވި ގޮތުގައި އެމަނިކުފާނުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝީދާއި އަނބިކަނބަލުން ލައިލާ އަލީއާއި، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހާމިދު އަބްދުލް ޣަފޫރު ވެސް ހިމެނޭހެން ނަޝީދުގެ އަރިސް ބޭފުޅުންތަކެއް މިހާރު އެމްޑީޕީގެ ދަފްތަރުގައި ނެތް ކަމަށެވެ.

އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ވަނީ ބޮޑުވެފަ އެވެ.

ނަޝީދުގެ ފެކްޝަން ބޭފުޅުން ރައީސް އަދި ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ރައީސަށް ތާއީދުކުރައްވާ ބޭފުޅުން ދަނީ އެ ވާހަކަތަކަށް ރައްދު ވެސް ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox