ޝައްފާން: ސީވީޑު އާއިލާ އިން ޓީޓީގެ އާ ގައުމީ ޗެމްޕިއަނެއް

ގައުމީ ޓީޓީ ޗެމްޕިއަން ޝައްފާން: އޭނާ އަކީ ޓީޓީގެ މަގުބޫލު އާއިލާއެއް ކަމަށްވާ ސީވީޑް އާއިލާ އިން ނުކުތް ފަހުގެ ޖީލުގެ ޗެމްޕިއަން.-- އަދަދު ގްރެފިކްްސް: މުހައްމަދު އިސާމް ސާމިރު

ގައުމީ ޓީޓީ ޗެމްޕިއަން ޝައްފާން: އޭނާ އަކީ ޓީޓީގެ މަގުބޫލު އާއިލާއެއް ކަމަށްވާ ސީވީޑް އާއިލާ އިން ނުކުތް ފަހުގެ ޖީލުގެ ޗެމްޕިއަން.-- އަދަދު ގްރެފިކްްސް: މުހައްމަދު އިސާމް ސާމިރު

މިދިޔަ ހަފްތާގައި ނިމުނު ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި މުހައްމަދު ޝައްފާން އިސްމާއިލްގެ ވާހަކަ ފަށަން ޖެހޭނީ އޭނާގެ އާއިލާގެ މެންބަރުންނާ ހިސާބުންނެވެ. ޝައްފާން އަކީ ރާއްޖޭގެ ކުޅިވަރުގެ އެންމެ މާޒީއާއި ގުޅިފައި އޮތް ސީވީޑު އާއިލާގެ މެންބަރެކެވެ. މި އާއިލާގެ ތެރޭގައި ކޮންމެ ދުވަހަކީ ވެސް ޓޭބަލް ޓެނިހުގެ ވާހަކައަކުން ފެށޭ ނުވަތަ ޓޭބަލް ޓެނިހުގެ ވާހަކަ އަކާ އެކު ނިމޭ ދުވަސްތަކެވެ.

ޝައްފާން އަކީ ޓޭބަލް ޓެނިހުގެ ކުރީގެ ގައުމީ ޗެމްޕިއަން ކަމަށްވާ އަހުމަދު ލަތީފްގެ ދައްތަ އައިޝަތު ލަތީފާގެ ދަރިފުޅެވެ. ލަތީފް ވަނީ ގައުމީ މުބާރާތުގެ ޗެމްޕިއަންކަން 1973، 1974 އަދި 1981 ގައި ވެސް ހޯދައިފަ އެވެ.

ޝައްފާންގެ ބޮޑުބޭބެއިންގެ ތެރޭގައި ތިބީ ހުސް ޓީޓީއަށް ލޯބި ހުރި މީހުންނެވެ. އޭނާގެ ދެބެއިންގެ ދެ ދަރި ކުދިންކަމަށްވާ ޒާރާ ހަސަން ލަތީފާއި، ޒީކް ހަސަން ލަތީފަކީ މިހާރު ގައުމީ ޖޫނިއާ ޓީމުގެ މުހިންމު ކުޅުންތެރިންނެވެ. މީގެ އިތުރުން ޝައްފާންގެ ދެ ބެއިންގެ ދަރި ޒައުލް މުހައްމަދު އާޒިމް އަކީވެސް ކުރިއަރަމުން އަންނަ ކުޅުންތެރިއެކެވެ.

ދެ ފަހަރެއްގެ މަތިން މީގެ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ އަހުމަދު މިފްޒާލް އަކީ ވެސް ޝައްފާންގެ އާއިލާގެ މެންބަރެކެވެ. އަހަރުތަކަކަ ށްފަހު ކުރިން ގައުމީ ޓީމަށް ކުޅުނު ޝައްފާންގެ ދެބެއިންގެ ދެ ދަރި ދައްތަ އަފްނާން އިބްރާހިމް އާއި ޝައްފާންގެ އެއްބަނޑު އެއްބަފާ ދައްތަގެ ދަރިފުޅު ސާރާ މޫސާ ޖަލީލް އަކީ ވެސް މިއަހަރުގެ ގައުމީ މުބާރާތުގައި ކުޅުނު ކުޅުންތެރިންނެވެ.

މި ކިޔައިދެވުނީ ޝައްފާންގެ އާއިލާ އިން ޓޭބަލް ޓޭނިހުގެ ބަގީޗާގައި ފޮޅުނު ބައެއް މާތަކާއި ފޮޅެމުން އަންނަ މާތަކުގެ ކުރި ތައާރަފެކެވެ. މި ބިޔަ ބޮޑު ބަގީޗާއިން ނިކުމެ ޝައްފާން އެންމެ އުހަށް އެރީ ގިނަ އަހަރުތަކެއްގެ ބުރަ މަސައްކަތާއި ހިތްވަރުންނެވެ. އޭނާ އަކީ މިއާއިލާ އިން ޓީޓީގެ ތަހުތަށް އެރި ދެ ވަނަ ޗެމްޕިއަނެވެ.

"އެންމެ ދުވަހެއް ވެސް ނުދާނެ ޓީޓީގެ ވާހަކަ ނުދައްކާ. ދުވަސް ފުރިހަމަ ނުވާނެ އެހެންނޫނީ. އެންމެން ވެސް މި ކުޅިވަރުގައި އުޅޭތީ ކޮންމެވެސް މެޗެއްގެ ވާހަކައެއް ނޫނީ މުބާރާތެއްގެ ވާހަކައެއް ދެކެވޭނެ" 2011 ވަނަ އަހަރު އިންޓަ ސްކޫލް މުބާރާތެއްގައި ޓޭބަލް ޓެނިހުގެ ތެރެއަށް ނުކުތް ޝައްފާން ބުންްޏެވެ.

ގައުމީ ފައިނަލް މެޗުގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސްކޫލް ދައުރުގައި ފުޓްބޯޅައަށް ވެސް ބޮޑު ލޯތްބެއް އޮތް ޝައްފާން އޭރު ދެ ކުޅިވަރުގައި ފެނުނީ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ނަމަވެސް ވަކި ހިސާބަކުން ކޮންމެވެސް އެއް ކުޅިވަރަކުން ކުރިއަށްދާން މަޖުބޫރުވުމުން ޓޭބަލް ޓެނިހަށް ހުސްވާން ނިންމި ނިންމުމަކީ އޭނާ އަށް އުނދަގޫ ނިންމުމަކަށް ނުވި އެވެ. އާއިލާގެ ފަރާތުން ލިބޭ ހިތްވަރާއި އިތުބާރު މި ކުޅިވަރަށް ބޮޑުވުމުންނެވެ.

ޒުވާން ކުޅުންތެރިއެއްގެ ގޮތުގައި ކުރިއެރުން ހޯދަމުން އައިސް ސަރަހައްދީ ޖޫނިއާ މުބާރާތްތަކުގައި ވެސް އޭނާ ވާދަކުރި އެވެ. މިގޮތުން ސައުތު އޭޝިއަން ކެޑޭޓް އެންޑް ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވެސް އޭނާ ސްކޫލުގައި އުޅުނުއިރު ކުޅުނެވެ.

އެހެން ނަމަވެސް ބޭނުންވި ވަރުގެ ބޮޑު ކާމިޔާބެއް ނުހޯދުނެވެ. ޝައްފާން ކުރިއަރަމުން އައި ދުވަސްކޮޅަކީ ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފް އެންމެ "ޕީކު"ގައި ހުރި ދުވަސްވަރެވެ.

ފުލުފުލުގައި ގައުމީ ތަށިތައް ހޯދައި ފިރިހެން ކުޅުންތެރިންގެ ރެކޯޑު އަދަދެއް ކަމަށްވާ 11 ފަހަރު ގައުމީ މުބާރާތުގެ ތަށި މުންސިފް ހޯދި އެވެ. ޝައްފާންގެ ކެރިއަރުގައި ކުރިއެރުން ހޯދައި މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ފައްކާވެ ފައިނަލްތަކާ ހަމައަށް ކުރިމަތިލާން ޖެހުނީ މުންސިފްއާ އެވެ. ގައުމީ ފުރަތަމަ ދެ ފައިނަލުން މުންސިފް އަތުން ބަލިވީ އެވެ. އޭގެ އިތުރުން އެސޯސިއޭޝަން ކަޕާއި އެހެނިހެން މުބާރާތްތަކުގައި ވެސް ކުޅުނު މެޗުތަކުން މުންސިފް އަތުން އޭނާ ބަލިވީ އެވެ.

ގައުމީ މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ޝައްފާން ހޯދީ މުންސިފް އަތުން މުބާރާތެއްގައި ހޯދި ފުރަތަމަ މޮޅާ އެކުގަ އެވެ. ގައުމީ ތަށީގައި މުޅިން އަލަށް އަތްލަން ޝައްފާނަށް ލިބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ މެޗާ އެކުގަ އެވެ.

މި ފަހަރުގެ މުބާރާތަށް ޝައްފާން ގިނަ އުއްމީދުތަކެއް ކުރި އެވެ. އެންމެ ފަހުން ކުޅުނު ގައުމީ ފައިނަލުން އޭނާ ބަލިީވީ ރަނގަޅު ވާދަވެރި ކުޅުމަކަށްފަހު އެވެ. އެހެންކަމުން، މިއީ އޭނާ އަށް ތަފާތު ދެއްކޭނެ ފަހަރެއްކަމަށް މެޗުގެ ކުރިން ވެސް ގަބޫލުކުރި އެވެ.

މި ފަހަރުގެ ގައުމީ މުބާރާތުގެ މެޗެއްގެ ތެރެއިން ޝައްފާން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަނެއްކޮޅުން މުބާރާތަށް ތައްޔާރުވުމުގައި ދެން، ޝައްފާނަށް ލިބުނު ހިތްވަރަކީ މުބާރާތުގެ މަހެއްހާ ދުވަސްކުރިން ކްރޮއޭޝިއާގައި ހެދި ތަމްރީންތަކެވެ. އެސޯސިއޭޝަނުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކްރޮއޭޝިއާގައި ތަމްރީން ހަދައި މުބާރާތައް އޭނާ ހުރީ ފައްކާވެފަ އެވެ.

"ކްރޮއޭޝިއާގައި ތަމްރީން ހެދީ ދުނިޔޭގެ ފެންވަރުގެ ކޯޗަކާ އެކު. ވަރަށް ގިނަ އެއްޗެހި ކިޔައިދިން. ގޭމްގައި ރަނގަޅު ކުރަންވީ ކަންކަން ދެނެ ގަނެ އެކަންކަން ރަނގަޅުކުރަން ފުރުސަތުވެސް ލިބުނު. އަސްލު އެ ދަތުރުގެ ސަބަބުން ގައުމީ މުބާރާތަށް ވަރަށް ބޮޑު އިތުބާރެއް ލިބުނު" ގައުމީ ޓީމްގެ މުހިންމު ކުޅުންތެރިޔާ ބުންޏެވެ.

މި ފަހަރު ކުރިއަށްދިޔަ 60 ވަނަ ގައުމީ މުބާރާތުގައި ޝައްފާން ހޯދި ސިންގަލްސް ތައްޓެކޭ އެއްވަރަށް މުބާރާތުގެ ޓީމް އިވެންޓުގައި ޝައްފާންގެ އައިލާ އިން ނެރުނު ޓީމުން ވާދަކޮށް ތަށި ހޯދުން ވެސް އޭނާ ފާހަގަކުރަނީ މުހިންމު، ހާއްސަ ކާމިޔާބެއްގެ ގޮތުގަ އެވެ.

ޝައްފާން، ޒީކް، މިފްޒާލް އަދި އިބްރާހިމް ލަތީފް ހިމެނުނު ޓީމުން ވަނީ ފޯރިގަދަ ފައިނަލުގައި ކީންސް ބަލިކޮށްފަ އެވެ. ޓީމް ޗެމްޕިއަންޝިޕްގެ ތަށި އިހާ ހޯދުމާ އެކު އެ ޓީމްވެފައިވަނީ ރާއްޖޭގެ ކުޅިވަރު ތާރީހުގައި އެއް އާއިލާއެއްގެ މެންބަރުންތަކަކާ އެކު ނުކުމެ، ކުޅިވަރެއްގެ ފުރަތަމަ ޑިވިޝަންގެ ތަށި ހޯދި ފުރަތަމަ ޓީމަށެވެ.

ޓީމް އިވެންޓުގެ ފައިނަލުގައި އިހާ އާއި ދެކޮޅަށް ކީންސް ނުކުތީ އިންޑީއާގެ ކުޅުންތެރިއަކާއެކު ގަ އެވެ. ފައިނަލުގައި ކީންސްގެ އިންޑިއާ ކުޅުންތެރިޔާ ކުޅުނު ދެ މެޗު އޭނާ ކާމިޔާބުކުރިއިރު، ޝައްފާން ވަނީ އޭނާ ކުޅުނު ދެ ސިންގަލްސް ކާމިޔާބުކޮށްދީފަ އެވެ. ނަތީޖާ ނެރުމަށް ކުޅުނު ފަހު މެޗުގައި ނުކުތީ ކީންސްގެ ތާބިން ސުޖާއު އާއި ޝައްފާން ހިމެނުނު އިހާ އެކަޑެމީ ޓީމުގެ ޒީކު އެވެ. ޖޫނިއާ ޓީމުގެ އެއް ވަނަ ތާބިން އަތުން ޒީކު މޮޅުވެ. ތަށި ކާމިޔާބުކުރުމާ އެކު ގައުމީ މުބާރާތުން "ސީވީޑް" އާއިލާއަށް އިތުރު ކާމިޔާބެއް ލިބުނެވެ.

"ޒީކު ދުވަހަކުވެސް ތާބިން އަތުން މޮޅެއް ނުވޭ. އަލަށް ޒީކު އެ މޮޅުވީ ތާބިން އަތުން. އެހެންވެ ފައިނަލު މެޗު ފެށިއިރު ހިއެއް ނުކުރަން އެވަރުގެ ނަތީޖާއެއް އަންނާނެ ކަމަކަށް. އެކަމަކު، އުއްމީދުކުރިން ހަމަ ގޯލްޑް އަށް. މުޅި އާއިލާއަށް މުހިންމު ކާމިޔާބެއް ލިބުނީމަވެސް މި މުބާރާތް ވަރަށް ހާއްސަވި" ޝައްފާން ބުންޏެވެ.

ޓީޓީ މުބާރާތުން ފެނުނު ސީވީޑް އާއިލާގެ މެމްބަރުން ފޮޓޯ އަކަށް ހުއްޓިލައިގެން.

ގައުމީ މުބާރާތުގެ ތައްޓަށް ފަހު ޝައްފާންގެ މިހާރުގެ އަމާޒު ހުރީ ބައިނަލްއަގްވާމީ މައިދާނަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މިހާރު ގައުމީ ފިރިހެން ޓީމްގައި ތިބި ކުޅުންތެރިންނަކީ ބައިނަލްއަގްވާމީ މެޑަލް ހޯދޭ ފެންވަރުގެ ކުޅުންތެރިންނެވެ. ކުޅުންތެރިން ހޯދަމުން އަންނަ ކުރިއެރުމާއި ކާމިޔާބަށް ބަލާއިރު އަންހެން ޓީޓީ ޓީމެކޭ އެއްގޮތަށް ފިރިހެން ޓޭބަލް ޓެނިހަށް ވެސް ގައުމަށް މެޑަލްތަކެއް ގެނެވޭނެކަމުގެ އުއްމީދު އޭނާ އަށް އެބައޮތެވެ.

ތާރީހަށް ބަލާއިރު، 1979 ވަނަ އަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގެ ޓީޓީ ޓީމެއް ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރިއިރު ޝައްފާންގެ ބޮޑުބޭބެ އަހުމަދު ލަތީފް ކުޅުނެވެ. އެ ޓީމުން ހޯދި ބްރޮންޒް މެޑައްޔަށް ފަހު ޓީީޓީގެ ފިރިހެން ސީނިއާ ޓީމަށް މެޑައްޔެއް ނުލިބެ އެވެ. އެހެންކަމުން، ޝައްފާންގެ އަމާޒަކީ އޭނާގެ ކެރިއަރުގައި އެ ކާމިޔާބީ ހޯދައިދިނުމެވެ. އެކަން އެގޮތަށް ކުރެވިއްޖެނަމަ ޓީޓީގެ ދެ ވަނަ ބޮޑު މެޑަލްގައިވެސް ސީވީޑު މެންބަރެއްގެ ހިއްސާ އޮންނާނެ އެވެ.

ޔަގީންވާ ހަގީގަތަކީ 2022 ވަނަ އަހަރު ނިންމާލިއިރު ރާއްޖޭގެ ޓޭބަލް ޓެނިހުގެ އެންމެ އުހުން އާ ތަރިއެއް ވިދާ ބަބުޅަން ފެށުމެވެ. އާ އަހަރާ އެކު އެ ތަރީގެ އަލިކަން ފަނޑުވުމެއްނެތި ކުރިއަށްދާނެކަމަށް ކުރެވޭ އުއްމީދު ބޮޑެވެ. އެންމެ ބޮޑު އެއް ސަބަބަކީ މި ކުޅިވަރަށް އޮތް ލޯބި ޝައްފާންގެ އާއިލާ ތެރެެއިންވެސް ފެންނަން އޮތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox