ބޯތަށި ހިފައިގެން "ލޮނުކަން" ބަލައި ދިޔުން

ބ. ތުޅާދޫގައި މަސް ކައްކަނީ: އިހު ޒަމާނުގައި މަސް ކައްކާ ގޭގެއަށް މީހުން ގޮސް "ލައިގެން ކާނެ އެއްޗެހި" ހޯދައި. -- ފޮޓޯ: އަދަދު

ބ. ތުޅާދޫގައި މަސް ކައްކަނީ: އިހު ޒަމާނުގައި މަސް ކައްކާ ގޭގެއަށް މީހުން ގޮސް "ލައިގެން ކާނެ އެއްޗެހި" ހޯދައި. -- ފޮޓޯ: އަދަދު

ކެއުމަކަށް އިންސާފު ކުރާއިރު ސުފުރާމަތިން މަހުގެ މިންވަރެއް ހިމެނިފައި ނުވާނަމަ، ދިވެހިންނަށް އެ ކެއުން ކެއުމަކަށް ނުވެ އެވެ. "އެންމެ މީރީ ކޮން ކެއުމެއްތޯ" ސުވާލުކޮށްފި ނަމަ ގިނަ މީހުން މިއަދު ވެސް ބުނެ އުޅެނީ އެންމެ މީރީ ބަތާއި ގަރުދިޔަކަމުގަ އެވެ. އެހެން ކަމުން ގަރުދިޔަ އާއި މަހާއި އަދި ރިހާކުރަކީ ދިވެހިންގެ ކެއުމުގެ އެންމެ މުހިންމު އެއްބަ އެވެ. ކެއުމަކަށް ފޮނި އެއްޗެއް ކާންޖެހިއްޖެނަމަ "މަސްކޮޅެއް ނެތްހޭ" އަހާލަން ޖެހެނީ މިހެން ވެގެންނެވެ.

އިހުގައި ލައިގެންކާ އެއްޗެހި ގަތުމަކީ ދިވެހިން ކޮށްއުޅުނު ކަމެއް ނޫނެވެ. ރަށުގެ އޮޑިއެއް މަސް ބާނައިގެން އައިކަމުގައިވިޔަސް ރަށުގެ އެންމެންނަށް އެގެއިން ހުސްވަންދެން ގަރުދިޔަ ލިބެ އެވެ. ގަރުދިޔަ ބަލައިދަނީ ކޮންމެ މީހަކު ވެސް ބޯތައްޓެއް ފަދަ އެއްޗެއް ހިފައިގެންނެވެ. ކެއުމަށް ގޭގެއިން ގަރުދިޔަ ގެނައުމަށް ލޮނުކަން ހޯދުން ނުވަތަ ލައިގެންކާ އެއްޗެއް ހޯދުމޭ ކިޔަ އެވެ.

އޮޑިވެރިއެއްގެ ގެއަށް ބޯތަށި ހިފައިގެން މީހަކު އައުމުން އެއީ ކީއްކުރަން އައި މީހެއްކަން އެނގެ އެވެ. ގޭގެ އިސް އަންހެން މީހާ، މަސް ކެއްކުމުގެ މަސައްކަތުގައި އުޅޭނީ ބަދިގޭގެ އެވެ. ލޮނު ކަމެއް ދިނުމުގައި ހަމައެކަނި ގަރުދިޔަ ދިނުމަކީ ހުތުރު ކަމެކެވެ. އެހެން ކަމުން ގަރުދިޔަ ތައްޓާއެކު ބޯ، ކަށިފަތި، ބަނޑައިދޫ، ނުވަތަ ހާމަސްދެ އެވެ. މި ތަކެތި ހުސްވާ ފަހުން މީހަކު ގަރުދިޔަބަލައި އަޔަސް ހުސް ގަރުދިޔަ ފޮދެއް ދިނުމުގެ ބަދަލުގައި މަސްގަނޑަކުން ބައެއް ނަމަވެސް ނުދީ ފޮނުވައެއް ނުލަ އެވެ. މި ގޮތަށް ލޮނުކަން ބަލައި އަންނަ މީހުންނަށް ދިނުމަށްފަހު ބާކީ ހުރި އެއްޗަކުން ނޫނީ ރިހާކުރެއް ނުކައްކަ އެވެ.

އޮޑިއެއް މަސްބާނައިގެން އައުމުން ތިމާގެ މީހުންނާއި އަވަށްޓެރިންގެ އިތުރުން ރަށުގެ އެކި ހިސާބުތަކުން އޮޑިވެރިގެއަށް އެހީތެރިވުމަށް އާދެ އެވެ. މި ގޮތުން މަސް ކެއްކުމާއި ކަށި ނޮޅުމާއި އަދި މަސް އަވީލުމުގައި އެހީތެރިވެދެ އެވެ. މި މަސައްކަތައް ފަހު އެނބުރި ގެއަށްދަނީ ގޭގާއި ކާނެ މަހާއި ގަރުދިޔަ ހިފައިގެންނެވެ.

އޮޑިފަހަރުގައި މައިގަނޑު ގޮތެއްގައި ކޮށް އުޅުނު މަސައްކަތަކީ މަސްވެރިކަމެވެ. މަސްވެރިކަން ފިޔަވައި އޮޑި ދޯނިފަހަރު ކުރާ ކޮންމެ ދަތުރެއްގައި، ދާން ބޭނުންވާ ކޮންމެ މީހަކަށް, އަތުން އުޖޫރައެއް ނުދީ ދަތުރު ކުރެވޭނެ އެވެ. ނުވަތަ އުޖޫރައެއް ދޭކަށް ނުޖެހޭނެ އެވެ. މިގޮތުން މި ދެބައިމީހުންގެ ދެމެދުގައި އޮންނަ ގުޅުމުގެ ސަބަބުން އޮޑިވެރިން އޮޑި އެހެލުމަށް ގޮވާލި ކޮންމެ ވަގުތަކު ކުރަންހުރި މަސައްކަތެއް ހުއްޓާލައިފައި, އަންހެނުންނާއި ފިރިހެނުން އޮޑި އެހެލަން އޮޑިދޮށަށް ނުކުންނާނެ އެވެ.

ރަށުގެ މޫނުމަތި ފާރާއި މަގުފާރުތައް ރޭނި ދުވަސްވަރު އޮޑި އެހެލަން ނުދިޔުމަކީ ވަރަށް ބޮޑު ކުށެކެވެ. އެ ދުވަސްވަރު އޮޑި އެހެލަން ނުދާ މީހުންނަށް އަދަބުދީ އުޅުނެވެ. މި ގޮތުން އޮޑި އެހެލަން ނުދާ ކޮންމެ މީހަކަށް، މަހަށް ދެވޭނީ ރަށު އޮފީހުން ދެއްކި ތާކުން ތިން ގޯނި ގައު ފާރުރާނާ ސަރަހައްދަށް ގެނައުމުންނެވެ.

ޒަމާނާއެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ލަކުޑިން ބަނދެ އުޅުނު އޮޑިފަހަރު ބިޔަ ފައިބަރު އޮޑިފަހަރަށް ބަދަލުވެއްޖެއެވެ. ހުކުރުން ހުކުރަށް މަހުން މަހަށް ބަނޑުފިލައިގައި ލައިއުޅުނު ފާކުރި ހުންޏާއި ފިއްލޮއެ އެހެލައި ބަނޑުފިލާގައި ލާކަށް ނުޖެހެ އެވެ. އޮޑި އެހެލަނީ އެކަމަށް ހާއްސަ މެސިނުގެ އެހީގައި އެކަށް ހާއްސަ ރަށްރަށަށެވެ. އެހެން ކަމުން އޮޑިފަހަރު އެހެލާ ބާލާކަށް ރައްޔިތުންނަކަށް މިއަދަކު ގޮވައެއް ނުލަ އެވެ. ބާނާ މަސްކޮޅު ހިފައިގެން އައިސް ގޭގެ ބަދިގެއަކު ނުކައްކައެވެ. އޭގެ ކަށި ނަގައި ކައްކައި އަވީލާކަށް އަވަށްޓެރިންނާ އަދި ރައްޓެހި ރަހުމަތްތެރިން ދާކަށްނުޖެހެ އެވެ. އޮޑިވެރިގެއެއް ބޮޑިވެރިގެއެއް ރަށުތެރެއަކުން ނޭނގެ އެވެ. މި ފަދަ އެތައް ކަމަކާ ގުޅިގެން މިއަދު، ގޭގޭ ދޮށަށް ބޯތަށި ހިފައިގެން "ލޮނުކަން" ބަލައިދިޔަދިއުން މިއަދު ވަނީ ހުތުރުކަމަކަށްވެފަ އެވެ. އެ ދުވަހު އަތްމަތީގައި ގެންދިޔަ ބޯތަށީގެ ބަދަލުގައި އަތުގައި އޮންނަ ކުޑަދަބަހަކުން ނަގައި ދިއްކޮށްލާ ފައިސާ ކާޑަކުން ފައިސާ ދައްކާލުމަށް ފަހު ހަރުގަނޑުން އެ މީހަކު ބޭނުން ވައްތަރެއްގެ "ލޮނުކަން ދަޅެއް" ހިފައިގެން ދާންވީ އެވެ. އެހެން ކަމުން ޒަމާނާއެކު ލޮނުކަން ބަލައިދިޔަދިއުން އަހަރުމެންނާ ވަކިވެގެން ނުދެ އެވެ. ވަކިވެގެން ދިއައީ ލޮނުކަން ބަލައިދިޔައިރު އަތްމަތީގައި ގެންދިޔަ ބޯތައްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox