ބާރަށު ދިގުޕަތްޕެން: މިއީ ރައްޔިތުންގެ އެއްބައިވަންތަކަމާއެކު އީދަށް ކިޔާ މަރުހަބާއެއް

ބާރަށު ދިގުޕަތްޕެން: މިއީ ރައްޔިތުންގެ އެއްބައިވަންތަކަމާއެކު އީދަށް ކިޔާ މަރުހަބާއެއް

ބުރާސްފަތި ދުވަހުގެ އިރު އޮއްސެން ގާތްވިއިރު ރައްޔިތުން ތިބީ ކިޔު ހަދައިފަ އެވެ. އެކި އުމުރުގެ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދީންނެވެ. ތެލި ތަށިތައް ހިފައިގެން ބޮޑެތި ލޯގަނޑުތަކުގައި ވަށައިގެންނެވެ. އެންމެން ވެސް ކެތްމަދުވެފައިވީ އަހަރަކު އެއް ފަހަރު ކާން ލިބޭ "ދިގު ބަތްޕެން" އަށް އިންސާފު ކުރުމަށެވެ.

ޒަމާންވީ އެތައް އާދަކާދައެއް އުވިގެން ދިޔައިރު، މިއީ މި ރަށުން ރައްޔިތުންނަށް ދޫކޮށްނުލެވުނު ސަގާފަތެކެވެ. ފެށުނު ތާރީހެއް، ގޮތެއް ބުނަން ނޭނގުނު ނަމަވެސް އީދަށް މަރުހަބާ ކިޔުމަށް ކައްކާ ބަތްޕެންގަނޑު ނުކައްކާ ދުވަހެއް ރަށު މީހުން ހަނދާނެއް ނެތެވެ. ކޮވިޑް ބަލިމަޑުކަމުގެ އަހަރު ފިޔަވައި ކޮންމެ އަހަރަކު ވެސް މިކަން އޮތީ މިހެންނެވެ.

ދިގުބަތްޕެން އެޅުމަށް ރަށުގެ ރައްޔިތުން ކިޔު ހަދާފައި-- ފޮޓޯ: ނަޒީހު
ދިގުބަތްޕެން އެޅުމަށް ރަށުގެ ރައްޔިތުން ކިޔު ހަދާފައި-- ފޮޓޯ: ނަޒީހު

ދިގުބަތްޕެން އެޅުމަށް ރަށުގެ ރައްޔިތުން ކިޔު ހަދާފައި-- ފޮޓޯ: ނަޒީހު

Advertisement

"ހަނދާނަށް އައިއްސުރެ ކުރަމުން އަންނަ ކަމެއް މިއީ، އެއިރުގައި މިކަން ކުރަނީ މިހާ ބޮޑަކަށް ނޫން، މިހާރު ވަރަށް ބޮޑުކޮށް ކުރަނީ. މިހާރު ތިން ހާހެއްހާ މީހުންނަށް އެތައް ބައިވަރު ކައްކާ،" ދިގު ބަތްޕެނުގެ ވާހަކަ ފަށަމުން މި މިކަމުގައި ހަރަކާތްތެރިވާ ސަމީމް އަބްދުލްނާސިރު، 45، ފުރަތަމަ ވެސް ބުނީ މިހެންނެވެ.

ސަމީމް ހަނދާން ހުންނަން ފެށީއްސުރެ މިއަދާ ހަމައަށް ވެސް މިކަން ކުރަމުން އަންނަ ގޮތަށް ބަދަލެއް ނާދެ އެވެ. ކައްކާ ބަތްޕެންގަނޑުގެ ރަހައަކަށް ވެސް ބަދަލެއް ނާދެ އެވެ. ބަދަލު އައިހާ ވެސް ކަމަކީ ބަތްޕެން ކައްކާ އަދަދާއި އެ ކެއުމަށް އެއްވާ މީހުންނެވެ.

ދިގުބަތްޕެން ކައްކާ ގޮތް ސަމީމް "އަދަދު" އަށް ކިޔައިދެނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ދިގުބަތްޕެން ކައްކާ ގޮތް ސަމީމް "އަދަދު" އަށް ކިޔައިދެނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިގުބަތްޕެން ކައްކާ ގޮތް ސަމީމް "އަދަދު" އަށް ކިޔައިދެނީ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދިގުބަތްޕެން ރާވައި ހިންގުމުން ފެށިގެން، ކައްކައި ތަށި ތައްޓަށް އެޅުމާއި ހަމައަށް ވެސް ހަރަކާތްތެރިވަނީ ފިރިހެނުންނެވެ. ބައެއް ފަހަރުތަކުގައި އަންހެންވެރީން އަތް ގާތް ކޮށްދެ އެވެ. އެހެންނަމަވެސް އަމަލީ ގޮތުން ކެއްކުމުގައި އެ މީހުން ހަރަކާތްތެރިއެއް ނުވެ އެވެ.

ބަތްޕެން ކައްކާ ދުވަހުގެ މަސައްކަތް ފެށެނީ ފަހު ރޯދަ ދުވަހުގެ ފަތިސް ނަމާދަށް ފަހުގަ އެވެ. އެކަމަށް ނަގާ ހާއްސަ ގުރޫޕަކުން ކަންކަން ރާވައި އިންތިޒާމު ކުރަނީ އިޝާ ނަމާދަށްފަހު ބަތްޕެން ބޮވޭނެ ވަރަށެވެ.

ބަތްޕެނަށް ބޭނުންވާ ބާވަތްތައް ހޯދަނީ ޒުވާން ފިރިހެން ކުދިންނެވެ. ފަތްޕިލާވެއްޔާއި ތަރުކާރީތައް ނޮޅާ ސާފުކޮށް ކޮށަނީ ހަރު ފުރާ މީހުންނެވެ. ބޮޑެތި އުނދުން ތަކުގައި އުނދާ ބަތްޕެން ބެހުމުގައި ވެސް ހަރަކާތްތެރިވަނީ އެ މީހުންނެވެ.

"ހުސް ފިރިހެނުން ކައްކާނީ، އެކަކު އަބަދުވެސް އިސްވެ ހުންނާނެ ކެއްކުމުގެ ހުރިހާ ކަމެއްގައި، ހުނި ގޭނުން ނޫން ހުރިހާ ކަމެއް ވެސް ކުރާނީ ފިރިހެނުން،" ސަމީމް ކިޔައިދިނެވެ.

ބަތްޕެން ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ؛ ހުރިހާ މަރުހަލާއެއްގައި ވެސް އޮތީ ފރިހެނުންގެ ބައިވެރިވުން-- ފޮޓޯ: ނަޒީހު
ބަތްޕެން ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ؛ ހުރިހާ މަރުހަލާއެއްގައި ވެސް އޮތީ ފރިހެނުންގެ ބައިވެރިވުން-- ފޮޓޯ: ނަޒީހު

ބަތްޕެން ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ؛ ހުރިހާ މަރުހަލާއެއްގައި ވެސް އޮތީ ފރިހެނުންގެ ބައިވެރިވުން-- ފޮޓޯ: ނަޒީހު

ބަތްޕެން ކެއްކުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ސަމީމް ކިޔައިދިން ގޮތުގައި މިއަދު ވެސް ބަތްޕެން ކައްކަމުން އަންނަނީ މީގެ އެތައް ޒަމާނެއް ކުރިން ކައްކަމުން އަންނަ ގޮތަށެވެ. އާންމު ބަތްޕެންތަކާ ހިލާފަށް ރަށުން ލިބޭ އެކި ކަހަލަ ފަަލަމަޑީގެ ބާވަތްތަކާއި ފަތްޕިލާވެލީގެ ބާވަތްތައް ބޭނުން ކޮށްގެންނެވެ. މުރަނގަފަތާއި ދިގުތިޔަރަފަތާއި ދަނޑިއަލުވިފަތާއި ކައްޓަލަފަތާއި ޅޮސްފަތާއި މިރިހި ފަތެވެ. އޭނާގެ ބަހުން ބުނާ ނަމަ "މިއަށް ނާޅާ އެއްޗެއް ނެތެވެ."

"މިއަށް އަޅާނެ ފަތްޕިލާވެލީގެ ހުރިހާ ބާވަތަކާ، މާޅޮސްކެޔޮ، ބަރަބޯ، ފިޔާ، ލޮނުމެދު މިރުސް، ހަނޑޫ އެ ހުރިހާ އެއްޗެއް އަޅާނެ، ފަތެއް ވެއްޖިއްޔާ ކާން ބޭނުން ކުރާ ހުރިހާ ފަތެއް އަޅާނެ، ނާޅާ ފަތެއް ހަމަ ނުހުންނާނެ، ކައްޓެލަ ފަތަށް ދަން ދެން، ބަރަބޯ މުޑިއާއި ބަނބުކެޔޮ ގަހުގެ ތޫރިއަށް ދަން ދެން،" ސަމީމް ކިޔައިދިނެވެ.

ބަތްޕެން ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: ނަޒީހު
ބަތްޕެން ތައްޔާރުކުރުމަށް ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: ނަޒީހު

ބަތްޕެން ބެހުމުގައި ރަށުގެ ފިރިހެން ވެރިން ހަރަކާތްތެރިވަނީ-- ފޮޓޯ: ނަޒީހު

ބަތްޕެނަށް ރައްޔިތުން އިންސާފު ކުރަނީ ރޯދަ ވީއްލައިގެންނެވެ. އެ ގަޑީގައި ބުއިމަށް ފިރިހެން ވެރީން ކުރުނބާ ފަނި ވެސް ގިރަ އެވެ.

ދިގުބަތްޕެނުގެ ރަހަ އެގޮތުގައި ރައްޔިތުންނަށް ކޮންމެ އަހަރަކު ގެނެސްދިނުމަށް އެކަމަށް ހާއްސަވެފައި "ނަން މަޝްހޫރު" ބަޔަކު ވެސް ތިބެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު މުސްކުޅި އުމުރުގެ ސަބަބުން ދުނިޔެ ދޫކޮށްފި އެވެ. މިހާރު ދުނިޔޭގައި ތިބީ ދެ މީހެކެވެ. އެކަމަކު އެ މީހުން ވެސް ބަލި ހާލަތު ހުރި ގޮތުން މިކަމުގައި މާ ބޮޑަށް ޝާމިލްވެ ނޫޅެވެ އެވެ.

ބަތްޕެން ކެއްކުމުގައި ހުރިހާ އުމުރެއްގެ ފިރިހެނުން ވެސް ބައިވެރިވޭ؛ މިކަމަށް ހާއްސަ ވަކި ބަޔަކު ތިބޭ-- ފޮޓޯ: ނަޒީހު
ބަތްޕެން ކެއްކުމުގައި ހުރިހާ އުމުރެއްގެ ފިރިހެނުން ވެސް ބައިވެރިވޭ؛ މިކަމަށް ހާއްސަ ވަކި ބަޔަކު ތިބޭ-- ފޮޓޯ: ނަޒީހު

ބަތްޕެން ކެއްކުމުގައި ހުރިހާ އުމުރެއްގެ ފިރިހެނުން ވެސް ބައިވެރިވޭ؛ މިކަމަށް ހާއްސަ ވަކި ބަޔަކު ތިބޭ-- ފޮޓޯ: ނަޒީހު

އެކަމަކު މިކަމުގައި މިހާރު އެންމެ ފޯރި ނަގާ ބަޔަކީ ރަށުގެ ޒުވާނުންނެވެ. އެކަމުގައި ހަރަކާތްތެރިވަނީ ވެސް ޒުވާނުންނެވެ. މިކަން މެދުނުކެނޑި މިގޮތަށް ކުރިއަށް ގެންދިއުމަށް ރަށުގެ ޒުވާނުން އިސްނަގާކަން ކައުންސިލްގެ ރައީސް ސޮފްއަތު މުހައްމަދު ވެސް ފާހަގަކުރި އެވެ.

ކައުންސިލް ރައީސް ފާހަގަކުރި ގޮތުގައި މި ދުވަހަށް ހާއްސަވެގެން މި ރަށަށް ޒިޔާރަތް ކުރާ މީހުން ވެސް މިހާރު މަދެއް ނޫނެވެ. މާލޭގައި ތިބޭ ރަށު ރައްޔިތުން ވެސް ސީދާ އެ ދުވަހަށް އާދެ އެވެ.

ދިގުބަތްޕެނުން ކޮންމެ އަހަރަކު ވެސް މި ރަށު ރައްޔިތުންގެ އެއްބައިވަންތަކަން ހާމަކޮށްދެ އެވެ. ދެގޮތެއް ނުވި ބަތްޕެންގަނޑު ގުޅިފައިވަނީ މި ރަށުގައި ތާރީހާ އެވެ. މިއަދު މިއީ ރަށު ރައްޔިތުންގެ ފަހުރެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox