އުނދަގޫ މޮޅަކަށް ފަހު ލިވަޕޫލް ގަދަ ހަތަރެއްގެ ރޭހުގައި ކުރިއަށް

Dec 30, 2022, 10:48 PM
ލެސްޓާގެ ފާސް (ކ) ލިވަޕޫލްގެ ނޫނޭޒް ކައިރިން ބޯޅަ ފޮނުވާލަނީ.

ލެސްޓާގެ ފާސް (ކ) ލިވަޕޫލްގެ ނޫނޭޒް ކައިރިން ބޯޅަ ފޮނުވާލަނީ.

ލިވަޕޫލް (ޑިސެމްބަރު 31) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން 2-1 އިން ހޯދި އުނދަގޫ މޮޅާ އެކު ލިވަޕޫލުން ގަދަ ހަތަރެއްގެ ރޭހުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

މިހާރު އޮތްގޮތުން، ލީގުގެ ހަތަރެއްގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އާއި ހަ ވަނައިގައި އޮތް ލިވަޕޫލާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ. ޓޮޓެންހަމަށް 16 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ފަސް ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 15 މެޗުން 29 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް ހައެއްގައި އޮތީ 16 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ހަތަރު ވަނަ މިނިޓްގައި ލެސްޓާ އިން ލީޑުނެގި އެވެ. އެ ގޮތުން ލިވަޕޫލްގެ މެދުތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ހުސްކޮށް އޭރިއާތެރެއަށް ވަދެ، ލެސްޓާގެ މިޑްފީލްޑަރު، ކިއެނަން ޑިއުސްބަރީ-ހޯލް ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ދެ ގޯލަކީ ވެސް ލެސްޓާގެ ބެލްޖިއަމް ޑިފެންޑަރު ވައުޓް ފާސް އަތުން ބައިކޮޅަށް ވަން ގޯލުތަކެކެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނިޓްގައި ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ނެގި ހުރަހެއް ސަލާމަތްކުރަން ފާސް ޖައްސާލި ބޯޅަ ލެސްޓާގެ ކީޕަރު ޑެނީ ވޯޑް ބޯމަތިން ގޮސް ދަނޑީގައި ޖެހިފައިވަނީ ބައިކޮޅަށެވެ

އޭގެ ފަހުން، މެޗުގެ 45 ވަނަ މިނިޓްގައި ލިވަޕޫލްގެ ޑާވިން ނޫނޭޒް، ހާފުގެ މެދުތެރެއިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަންނަމުން ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ފާސް އެ ބޯޅަ ސަލާމަތްކުރަން ފޮނުވާލުމުން އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. ފާސް އަކީ ޕްރިމިއާ ލީގުގެ އެއް މެޗެއްގައި ބައިކޮޅަށް ދެ ގޯލު ޖެހި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން އެކަން ކުރީ ޖޭމީ ކެރަގާ، މިކައެލް ޕްރޮކްޓޯ އަދި ޖޮނަތަން ވޯލްޓާސް އެވެ.

ދެ ވަނަ ހާފުގައި ގޯލު ޖަހަން ލިވަޕޫލްގެ މުހައްމަދު ސަލާހާއި ނޫނޭޒަށް ހުސްކޮށް ލިބުނު ފުރުސަތުތަކުން ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެެވެ.

ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމް ޔުނައިޓެޑް ދަނޑުގައި ބްރެންޓްފޯޑް ވަނީ 2-0 އިން މޮޅުވެފަ އެވެ.

އައިވަން ޓޯނޭ އާއި ޖޯޝް ޑަސިލްވާގެ ގޯލުތަކުން ބްރެންޓްފޯޑުން މި ހޯދި މޮޅާ އެކު އެ ޓީމު އޮތީ 17 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ނުވަ ވަނައިގަ އެވެ. ވެސްޓް ހޭމް އޮތީ 17 މެޗުން 14 ޕޮއިންޓާ އެކު 17 ވަނައިގަ އެވެ.

ވެސްޓް ހޭމް މި ވަނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފަހުން ފުރަތަަމަ ފަހަރަށް ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވެފަ އެވެ. އަނެއްކޮޅުން، މިއީ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކޯޗުކޮށްދިން ޑޭވިޑް މޮއިސް ހުރި ކްލަބެއް ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި ދެ ވަނަ ފަހަރެވެ. މީގެ ކުރިން މޮއިސް، 2005 ވަަނަ އަހަރު އެވަޓަންއާ ހަވާލުވެ ހުރިއިރު ހުރިއިރު، އެ ޓީމު ވެސް ލީގުގައި ޖެހިޖެހިގެން ފަސް މެޗުން ބަލިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox