އިޒްރޭލްގެ ތާރީހުގައި "ދީނީ ގޮތުން އެންމެ ހަރުކަށި" ސަރުކާރު ވެރިކަމާ ހަވާލުވެއްޖެ

އާ ސަރުކާރުގެ ބޮޑު ވަޒީރަކީ ކުރިން ވެސް ބޮޑު ވަޒީރުކަން ކުރެއްވި ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އީޕީއޭ

އާ ސަރުކާރުގެ ބޮޑު ވަޒީރަކީ ކުރިން ވެސް ބޮޑު ވަޒީރުކަން ކުރެއްވި ބެންޖަމިން ނަތަންޔާހޫ. -- ފޮޓޯ: އީޕީއޭ

އިޒްރޭލުގެ ތާރީހުގައި "ދީނީ ގޮތުން އެންމެ ހަރުކަށި" ސަރުކާރު ވެރިކަމާ ހަވާލުވެއްޖެ އެވެ.

އާ ސަރުކާރުގެ ބޮޑު ވަޒީރަކީ ކުރިން ވެސް އެ މަގާމު ފުރުއްވި ބެންޖަމިން ނަތަންޔާހޫ އެވެ. އެމަނިކުފާނުގެ ލިކޫދް ޕާޓީއިން ވަނީ "އަލްޓްރާ ނޭޝަނަލިސްޓް" އަދި "އަލްޓް އޯތޮޑޮކްސް" ޔަހޫދީ ޕާޓީތަކާ އެކު ކޯލިޝަން ހަދައިފަ އެވެ.

އޭގެ ސަބަބުން އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އިތުރަށް ގޯސްވެ، ޖުޑިޝަރީއަށް ގެއްލުން ލިބި، މައިނޯރިޓީންގެ ހައްގުތަކަށް އުނިކަން ލިބޭނެކަމުގެ ކަންބޮޑުވުން އިޒްރޭލުގެ އެތެރެ އާއި ބޭރުގައި ވެސް އެބަ އޮތެވެ.

ނަތަންޔާހޫ ވައުދުވެވަޑައިގެންނެވީ ސުލްހައަށް މަސައްކަތްކޮށް، މަދަނީ ހައްގުތައް ހިމާޔަތް ކުރުމަށެވެ.

ގުދުސްގައި އޮތް ޕާލަމެންޓްގެ ހާއްސަ ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އާ ސަރުކާރުން "ވެރިކަން ހަރުދަނާކޮށް، ސުލްހަ އާއި ރައްކާތެރިކަން އިޒްރޭލް ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ" ކަމަށެވެ.

"ދައުލަތް ނިމުނީ ކަމަށް އަދި ޑިމޮކްރަސީ ނިމުނީ ކަމަށް ބުނެ އިދިކޮޅުން ތަކުރާރުކޮށް ކުރާ ޝަކުވާ އެބަ އަޑު އިވޭ. އިދިކޮޅު ފަރާތްތަކަށް އިންތިހާބުން މޮޅުނުވެވުމަކީ ޑިމޮކްރަސީ ނިމުމެއް ނޫން. ޑިމޮކްރަސީގެ އަސާސަކީ މިއީ،" ނަތަަންޔާހޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި "ހަރުކަށި" ޕާޓީތަކާ އެކު ޑީލްތަކުގައި ސޮއިކުރަން ނަތަަންޔާހޫއަށް މަޖުބޫރުވެވަޑައިގެންނެވީ މިނިވަން ފިކުރުގެ ޕާޓީތަކުން ސަރުކާރުގައި ބައިވެރިވާން ދެކޮޅު ހެދުމުންނެވެ.

ޕާޓީތަކުން ނަތަންޔާހޫގެ ސަރުކާރުގައި ބައިވެރިވާން ބޭނުން ނުވަނީ، އެމަނިކުފާނާ ދެކޮޅަށް ރިޝްވަތާއި މަކަރާއި ހީލަތް ހެދުން އަދި އިތުބާރު ގެއްލުވާލުމުގެ ދައުވާ އުފުލާފައި ވާތީ އެވެ. އެހެން ނަމަވެސް ނަތަންޔާހޫ އެ ތުހުމަތުތައް ދޮގުކުރައްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox