ކަންކަމަށް ސިހުމުގެ ބަދަލުގައި މި ކުޅެނީ ހަކުޅި ކުރިއަށް: މާރިޔާ

މާރިޔާ ވިދާޅުވީ ރިއެކްޓު ނުކުރާކަމަށް ވިދާޅުވުމުން ހައިރާންވިކަމަށް -- ފޮޓޯ:އަދަދު

މާރިޔާ ވިދާޅުވީ ރިއެކްޓު ނުކުރާކަމަށް ވިދާޅުވުމުން ހައިރާންވިކަމަށް -- ފޮޓޯ:އަދަދު

މި ސަރުކާރު ހިންގުމުގައި ވާދަވެރި ސިޔާސީ ފަރާތްތަކުގެ ވިސްނުންތަކަށް ސިހި "ރިއެކްޓް ނުކުރައްވާނެ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މިރޭ ރައްދު ދެއްވައިފި އެވެ.

ގައުމުގައި ހިނގާ ކަންކަމަށް ސަރުކާރު ރިއެކްޓުނުކުރާ ކަމަށް ނަޝީދު ބުދަ ދުވަހު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވައި، ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބޭއްވި ޖަލްސާއެއްގައި މާރިޔާ ވިދާޅުވީ މިހާތަނަށް އެނގިފައި އޮތީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި ރިއެކްޓުކުރާ ޕާޓީއެއް ނޫންކަން ކަމަށާއި އެމްޑީޕީއަކީ "ޕްރޯއެކްޓު" ކުރާ ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ދައްކަނީ ހަކުޅި ކުރިއަށް ކުޅޭ ވާހަކަ. ތިބޭފުޅުން އަބަދުވެސް ހަނދާން ހުންނާނެ އަޅުގަނޑުމެންނަކީ ބައެއްގެ ފަހަތުން ބަޔަކު ކުރާ ކަންތަކަށް ބަލަމުންދާ ބައެއްނޫން. ހަކުޅި ކުރިއަށް ކުޅޭ ވާހަކަ ދައްކަމުން މިހިސާބަށް އައިސްފަ ކުއްލިއަކަށް ރިއެކްޓުގެ ވާހަކަ ދެއްކުނީމަ އަޅުގަނޑު ވަރަށް ދެރަވޭ" މާރިޔާ ވިދާޅުވި އެވެ.

ރޭގެ ކެމްޕޭން ޖަލްްސާގައި ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅިގެން މާރިޔާ އިތުރަށް ވިދާޅުވީ ސަރުކާރުން ގެންގުޅޭ ހަމަހަމަކަމުގެ ސިޔާސަތަށް ވެސް ނަޝީދު ފާޑުވިދާޅުވި ކަމަށާއި ހަގީގަތުގައި އެމްޑީޕީއިން މިހާތަނަށް ވެސް ގަބޫލުކުރަމުން އައީ މީހާ ތަރައްގީވާ ވާހަކަ ކަމަށެވެ.

މީހާގެ ތަރައްގީއަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ޖެހޭނެ ކަމަށާއި އޭގައި ކުޑަރަށެއް ބޮޑުރަށެއް ބެލުމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ވެރިކަމަށް އައުމުގެ މަސައްކަތް ފެށުނީއްސުރެ އަދި ޒީރާ ރާއްޖޭގެ ވާހަކައިގެ އަސްލަކީ ވެސް ތަފާތުކުރުމެއް ނެތި ތަރައްގީ ގެނައުމުގެ ސިޔާސަތު ކަމަށް މާރިޔާ ވިިދާޅުވި އެވެ.

"ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުން ގެންދެވީ ރާއްޖޭގެ 70 ޕަސެންޓު އާބާދީ މާލެއަށް އަޅާލާ ވާހަކަ. އެވާހަކަ ދެއްކީމަ އަޅުގަނޑުމެން ދެންނެވީ ހޯހޯއޭ އެގޮތަަކަށް ނޫނޭ އެމްޑީޕީން ކަންކުރާނީ އެމީހެއްގެ ރަށުގަ އެމީހަކަށްް ހަމަޖެހިލައިގެން ދިރިއުޅެވޭނެ ގޮތްތަކޭ އަޅުގަނޑުމެން ހޯދައިދޭނީ،" މާރިޔާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ނަޝީދު ވަނީ މި ސަރުކާރުން ގެންގުޅެމުން އަންނަ ހަމަހަމަކަމުގެ ސިޔާސަސަތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ފާހަގަކުރެއްވީ ކުދި ރައްރަށުގައި މަޝްރުއޫތައް ހިންގުމުގައި ބޮޑެތި އާބާދީތައް އޮންނަ ތަންތަނާ އެއްހަމަ ކުރުމަކީ ހަގީގަތުގައި ހަމަހަމަކަން ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox