އެކުވެރިޔާއާ ދެކޮޅަށް ރައީސް: "ބޮޑު ތަނުން ކާމިޔާބު ކުރާނަން!"

ރައީސް ސޯލިހާއި ނަޝީދު: އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި - މުހައްމަދު ޝާބިން / އަދަދު

ރައީސް ސޯލިހާއި ނަޝީދު: އެމްޑީޕީގެ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި - މުހައްމަދު ޝާބިން / އަދަދު

"އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ޕްރައިމަރީ އަޅުގަނޑު ބޮޑު ތަނުން ކާމިޔާބު ކުރާނަން,"

ޒަމާންވީ އެކުވެރިޔާ, އަދި އެމްޑީޕީގެ އެންމެ ބޮޑު ތާއިދެއް އެތައް އަހަރެއްވަންދެން ކޮންޓްރޯލް ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރެއްވުމަށް ނުކުންނަވާ ހުންނެވި, ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެރުވީ, ސަޕޯޓަރުންނަށް ވަރަށް ބޮޑު ޔަގީންކަމެކެވެ.

ރައީސް ސޯލިހު ސިފަ ކުރެއްވި ގޮތުގައި, އެމްޑީޕީއަށް އެމަނިކުފާނު ނޫން ޗޮއިސެއް މިވަގުތަކު ނެތެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާނަމަ, އެމްޑީޕީ އޮންނަން ޖެހޭނީ ޕާޓީގެ ރައީސްގެ ބަދަލުގައި ޕާޓީގެ އިސް ލީޑަރުގެ ފަހަތުގައި ކަމެވެ.

Advertisement

އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީއަށް 20,000 މީހުންގެ ތާއިދާ އެކު ފޯމް ހުށަހެޅުއްވި ސޯލިހާ ދެކޮޅަށް ނަޝީދު ވަނީ ވަރުގަދަ ކެމްޕެއިނެއް ފައްޓާވާފަ އެވެ. "ފިކުރެއްގެ ދިރުން" މި ނަމުގައި ނަޝީދު ކެމްޕެއިން ފެއްޓެވީ, އެމަނިކުފާނުގެ ފިކުރު އަލުން ވެރިކަމަށް ގެނައުމަށެވެ.

ނަޝީދު ރޭ ވިދާޅުވި ގޮތުގައި ޕްރައިމަރީއަށް ނުކުންނަވާ މީހުންނާ ބައްދަލު ކުރައްވަން ފެއްޓެވުމުން, އެމަނިކުފާނަށް ޔަގީންކަން ލިބިއްޖެ އެވެ. "...ދެން އަޅުގަނޑު މިކަމުގައި ނުކުމެ އުޅޭނަން, އެންމެ ދުވަހެއް ވެސް ހުއްޓާނުލާނަން," ނަޝީދުގެ ޔަގީންކަން ވެސް ބޮޑެވެ.

ނަޝީދާއި ސޯލިހުގެ ވެސް ޔަގީންކަން އަރުވަމުން ގެންދަވާއިރު, އެ ދެ ބޭފުޅުންނަކީ ގާތް ދެ އެކުވެރިން ކަމުގައިވީ ނަމަވެސް, ފެށުނީންސުރެ ސިޔާސީ ކަންކަމުގައި ހިޔާލުތަފާތު ދެ ބޭފުޅުންކަން ސޯލިހު މިއަދު ވަނީ ފުރަތަމަ ފަހަރަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނަޝީދު ވެރިކަމުގައި ހުންނެވިއިރު ނިންމެވި ނިންމެވުންތަކާ ގުޅޭ ގޮތުން ވެސް ހިޔާލުތަފާތުވެ ނުރުހުން ފާޅުކުރައްވާފައިވާނެ ކަމަށެވެ. ނަމަވެސް, މިއަދު ވެރިކަމުގައި ހުންނެވި ރައީސް ސޯލިހާ ދެކޮޅަށް ނަޝީދު ނުކުމެ ހުންނެވީ, އެމަނިކުފާނުގެ އަމިއްލަ އެދުމެއް އޮތީމަ ކަމަށް ރައީސް ސިފަ ކުރެއްވި އެވެ.

ނަޝީދުގެ ޕްރައިމަރީ ކެމްޕެއިނުގެ ތެރޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ނަޝީދުގެ ޕްރައިމަރީ ކެމްޕެއިނުގެ ތެރޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ނަޝީދުގެ ޕްރައިމަރީ ކެމްޕެއިނުގެ ތެރޭން - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެގޮތުން, ރައީސް ސޯލިހު ވިދާޅުވީ, "މި ވަގުތު ހިޔާލުތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި މި ހުރި ހުރުން،" ކަމަށެވެ. ނުތަނަވަސްކަމުގެ އަސްލަކީ އެއީ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ, ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް, އެ ބޭފުޅަކާ ނަޝީދުގެ މައްސަލަ އޮންނާނެ ކަމަށެވެ.

"ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،"

"އަޅުގަނޑު ބަލިވާ މަންޒަރެއް ނުފެނޭ"

ވެރިކަމުގައި ހުންނެވި ރައީސަކު ރާއްޖޭގައި ޕާޓީއެއްގައި ޕްރައިމަރީއެއްގައި ވާދަކުރާ ފުރަތަމަ މި އިންތިހާބުގައި ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަމާ އެކު ސޯލިހު ވިދާޅުވީ, އިންތިހާބު އެމަނިކުފާނު ބަލިވާ މަންޒަރު އެއްވެސް ގޮތަކުން ނުފެންނަ ކަމަށެވެ. އެކަން ދެތިން ފަހަރަށް ތަކުރާރު ވެސް ކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ދެން މަސައްކަތް ފައްޓަވާނީ ކޯލިޝަން އެކުލަވާލުމަށް ކަމަށެވެ. މި ހަތަރު އަހަރު ކޯލިޝަންގެ މެނިފެސްޓޯ ތަންފީޒުކޮށްފައިވާ މިންވަރާއި ސިޔާސަތުތަކަށް ބަލައި, ކޯލިޝަނެއް އެކުލަވާލެވޭނެ ކަމުގެ ޔަގީންކަން ވެސް ރައީސަށް އެބަ އޮތެވެ.

ކޯލިޝަނާ ވަރަށް ބޮޑަށް ނުރުހޭ ނަޝީދާ ވާދަކުރައްވާ ރައީސް ސޯލިހު މިއަދު ވެސް ތަކުރާރު ކުރައްވަމުން ގެންދެވީ ރިޔާސީ އިންތިހާބެއް ކޯލިޝަނަކާ ނުލައި ކާމިޔާބު ނުކުރެވޭނެ ކަމުގެ ވާހަކަ އެވެ. އެމަނިކުފާނުގެ ފޯމިއުލާ ދައްކާ ގޮތުން އެއް ކެންޑިޑޭޓަކަށް 50 ޕަސެންޓުން މަތީ ވޯޓެއް ނުހޯދޭނެ އެވެ. އެހެންވެ, ކޯލިޝަން ޕާޓްނަރުން މުހިންމެވެ.

ކޯލިޝަން ހެދުމަށް މިހާރު ވެސް މައިދާނުގައި ގިނަ ޕާޓީތަކާއި އިންތިހާބަށް ނުކުންނާނެ ކަމުގެ އިޝާރަތް ކުރައްވާފައިވާ ލީޑަރުން އެބަ ތިއްބެވެ. މި ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ, އެމްއާރްއެމް އާއި އަދާލަތު ޕާޓީ އެވެ. އަދި, އެމްއެންޕީ އާއި އެމްޑީއެންއަކީ ވެސް ރިޔާސީ އިންތިހާބަށް ފައިނަގާފައިވާ ޕާޓީތަކެވެ.

ސިޔާސީ އެކި ވިސްނުމުގެ އެ ފަރާތްތަކާ އެކު މަސައްކަތް ކުރެއްވޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި އެވެ. އެކަން ފާއިތުވެދިޔަ ހަތަރު އަހަރު ވެސް ދައްކަވާފައިވާނެ ކަމެވެ. މިހާތަނަށް މިއީ, އެންމެ އުމުރު ދިގު ކޯލިޝަނެވެ.

"އަޅުގަނޑަށް ޔަގީންކަން އެބައޮތް ސިޔާސީ ގޮތުން ބައެއް ކަންތައްތަކުގައި ހިޔާލު އެއްގޮތް ނޫން މީހުންނާ އެކީގައި ކޯލިޝަނެއް ހަދައިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް، އެ ފުރުސަތު އެހެން އޮތީމައި އަޅުގަނޑު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރަން ނިންމީ," ރައީސް ވިދާޅުވި އެވެ.

ކޯލިޝަންގެ ހަމަލާއާ އެކު އެހެން ރައްދެއް ވެސް ވާދަވެރި ކެންޑިޑޭޓަށް ސޯލިހު އަމާޒު ކުރެއްވި އެެވެ. ވިދާޅުވީ, ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާކަން ދެން ބޭނުން ނުވާ ކަމަށް މީގެކުރިން ނަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އެމަނިކުފާނު ބޭނުން ވަނީ ބޮޑުވަޒީރުކަން ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމަކު, ބޮޑުވަޒީރު ކަމާ ހަމައަށް ދެވެން އޮތީ ނިޒާމް ބަދަލުކޮށްގެނެވެ. އެކަމަށް ރައީސް ސޯލިހު ތައްޔާރެއް ނޫނެވެ. ރައީސް މިއަދު ވިދާޅުވީ ކޯލިޝަން މެނިފެސްޓޯގައި ނެތް ކަމެއް އެމަނިކުފާނަށް ތަންފީޒެއް ނުކުރެވޭނެ އެވެ. ކުރަންޏާ ކުރަން ޖެހޭނީ ކޯލިޝަން ޕާޓީތަކުގެ މަޝްވަރާއަށްފަހު އެވެ. އެހެންވެ, ރައީސް ސިފަ ކުރެއްވި ގޮތުގައި ނިޒާމީ ވޯޓުގެ ނިންމުން މިހާރު އޮތީ ކޯލިޝަންގެ އަތްމަތީގަ އެވެ.

ރައީސް ސޯލިހު: އިންތިހާބުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް
ރައީސް ސޯލިހު: އިންތިހާބުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް

ރައީސް ސޯލިހު: އިންތިހާބުގައި ކާމިޔާބު ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް

ސިޔާސީ ގޮތުން ގިނަ ރައްދާއި ހަމަލާތަކެއް ނަޝީދަށް އަމާޒު ކުރެއްވި ނަމަވެސް, ޕްރައިމަރީ ނިމުމުން އެކުގައި މަސައްކަތް ކުރެއްވޭނެ ކަމުގެ އުއްމީދު އެމަނިކުފާނަށް އެބަ އޮތެވެ. ސޯލިހު ވިދާޅުވީ, ޕްރައިމަރީއެއްގައި ޕާޓީގެ ތެރޭގައި އެމީހަކު ބޭނުންވާ ކެންޑިޑޭޓަކަށް ވޯޓު ދޭންވީ ކަމަށާއި ނަމަވެސް, އިންތިހާބު ނިމުމުން ތިބެން ޖެހޭނީ އެކުގައި ކަމަށެވެ. ޕާޓީގެ ރޫހަކީ, އެއީ ކަމަށެވެ.

އެކަމަކު, ޕްރައިމަރީއާ ގުޅިގެން އޮތް ތުހުމަތުތަކާއި ހަމަލާތަކާއި ފިތުނަތަކާ އެކު އިންތިހާބަށްފަހު އެމްޑީޕީ އެކުގައި އޮވެދާނެ ކަމާމެދު ސުވާލު އުފައްދާ މީހުން ގިނަ އެވެ. ޕްރައިމަރީގެ އިންސާފުވެރިކަމާ މެދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ. އެންމެ ބޮޑު ސުވާލެއް އޮތީ ވޯޓުލެވޭ އެމްޑީޕީގެ މެންބަޝިޕް ރަޖިސްޓްރީއާ މެދު އެވެ. ނަޝީދު ތުހުމަތު ކުރައްވާ ގޮތުން, އެ ޕާޓީގައި ފެށުނު ދުވަހުން ފެށިގެން ތިބި ގިނަ މެންބަރުންތަކެއް, ސޯލިހަށް ވޯޓު ނުލާނެތީ, ވަނީ ވަކިކޮށްފަ އެވެ.

އެކަމަކު, އެމްޑީޕީން އެކަމާ ހިތާމަކޮށް މެންބަޝިޕް ރަޖިސްޓްރީގައި އެފަދަ ކަމެއް ހިނގާފައިނުވާނެ ކަމަށް ވަނީ ބުނެފަ އެވެ. މެންބަރުން ވަކިވެފައިވަނީ ފިންގަޕްރިންޓާ ގުޅޭ ގޮތުން އިލެކްޝަން ކޮމިޝަނުން ގެނައި ބަދަލާ އެކު ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަދި ކެބިނެޓްގެ ވަޒީރު, ފައްޔާޒު އިސްމާއިލް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހާސިލުކުރައްވާނެ ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހަބާ ގުޅޭ ގޮތުން ސުވާލު އުފައްދައި, ޕްރައިމަރީ ގަޑުބަޑުކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox