ނަޝީދާއި އަޅުގަނޑާ ދެމެދު އޮތް މައްސަލައަކީ ނަޝީދު ވެރިކަން ބޭނުންވުން: ރައީސް

އެމްޑީޕީގެ ރިޔާސީ ކޮންގްރެސްގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރިޔާސީ ކޮންގްރެސްގައި ރައީސް ސޯލިހު އަދި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ. ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ނުތަނަވަސް ކަމުގެ އަސްލަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަތުމަށް ރައީސް ނަޝީދު ބޭނުންފުޅުވުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ސޯލިހުއާ ދެކޮޅަށް ނުކުންނަވާނީ ރައީސް ނަޝީދެވެ. ދެ ބޭފުޅުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު ޕާޓީ ވެސް ވަނީ ދެ ފެކްޝަނަކަށް ފަޅިވެފަ އެވެ.

ރިޔާސީ ޕްރައިމަރީގެ ފޯރިގަދަވެފައިވާއިރު ނަޝީދު ވަނީ ރައީސް ސޯލިހުއާ އެކު ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ހާމަކުރައްވާފަ އެވެ. އަދި، ގެންދަވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

މިއީ މި ފާޑުކިޔުންތަކަށް ރައީސް ސޯލިހު ފާޅުގައި ރައްދު ދެއްވި ފުރަތަމަ ފަހަރެވެ. ނަޝީދު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށެވެ. އެކަން އެގޮތަށް ކުރެވެން އޮތީ ވެރިކަން ކުރާ ކޯލިޝަނުގެ ބައިވެރިންނާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.

"ވަކި މީހެއްގެ ވަކި ކަމެއް ހާސިލްކުރުމަށް ޓަކައި އަޅުގަނޑަށް ހުށަހަޅާ ހުށަހެޅުމެއްގައި އަޅުގަނޑަށް ގޮތެއް ނިންމޭނީ ދެން ތިބި އެންމެންގެ މަޝްވަރާ މަތީގައި. މި ވަގުތު ހިޔާލުތަފާތުވުން އުފެދި އޮތް މައިގަނޑު ސަބަބަކީ ވެރިކަމުގައި މި ހުރި ހުރުން،" މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, އެމްޑީޕީން އެކަނި ވެރިކަމަށް އައުމަށެވެ. ނަމަވެސް، މިއަދު ވެސް ރައީސް ސޯލިހު ވަނީ ކޯލިޝަނަކާ އެކު ވެރިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ނޫން ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވި ނަމަވެސް މި މައްސަލަ އޮންނާނެ. ރައީސް ނަޝީދަކީ އަބަދުވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ބޭފުޅެއް،"

ރައީސް ސޯލިހު ވަނީ ރައީސް ނަޝީދާ ނުލައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ވެގެންދާނީ ޗެލެންޖެއްގެ ގޮތުގައި މިއަދު ސިފަކުރައްވާފަ އެވެ.

"ޕްރައިމަރީ ނިމުނީމަ އެކީގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ދެނެގަނެއް ކުރިއަށް ދިޔުން. ނިމުމަށް ފަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެން އެކީ ތިބުން. އަޅުގަނޑު ބޭނުން ވަނީ ޕާޓީ އެކީގައި ކުރިއަށްދާން،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ބޭއްްވި ޗެއާޕާސަންގެ އިންތިހާބާ ދިމާކޮށް ދެ ރައީސުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ އެވެ.

މި އިންތިހާބުގައި ނަޝީދު ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ އަށެވެ. އިންތިހާބު ކާމިޔާބުކުރެއްވީ ރައީސް ސޯލިހު ތާއީދު ކުރެއްވި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެއަށްފަހު ފައްޔާޒުގެ ޗެއާޕާސަންގެ ދައުރުގައި ރިޔާސީ ޕްރައިމަރީ ބާއްވާއިރު ޕާޓީގެ ދަފްތަރުން ނުހައްގުން އެތައް ހާސް މެމްބަރުންނެއް ވަކިކޮށް ދަފްތަރު "ގަޑުބަޑު" ކޮށްފައިވާ ކަމަށް ނަޝީދު ވަނީ ތުހުމަތު ވެސްް ކުރައްވާފަ އެވެ. އަދި، ދަފްތަރުން އުނިކުރީ ރައީސް ސޯލިހަށް ވޯޓު ނުދެއްވާނެ ކަމަށް ބެލެވޭ މެމްބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް, ރިޔާސީ އިންތިހާބެއްގައި ދެވަނަ ބުރެއްގެ ވޯޓަކަށް ނުގޮސް އިންތިހާބު ކާމިޔާބު ކުރެވޭނެ މަގެއް ކަނޑައަޅެމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީ ކޮންގްރެސްއަށް ހުށަހެޅުމަށް ނިންމި ގަރާރު ނަޝީދު އަނބުރާ ގެންދެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox