ގަމާއި ކޫއްޑޫއާ ދެމެދު ދަތުރުކުރާ މޯލްޑިވިއަންގެ ފްލައިޓުތައް އިތުރު ކުރަނީ

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. އަންނަ ފެބްރުއަރީ މަހުން ފެށިގެން ގަމާއި ކޫއްޑޫއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރު ކުރުމަށް ވަނީ ނިންމާފައި

މޯލްޑިވިއަންގެ މަތިންދާ ބޯޓެއް. އަންނަ ފެބްރުއަރީ މަހުން ފެށިގެން ގަމާއި ކޫއްޑޫއާ ދެމެދު އެ އެއާލައިނުން ކުރާ ދަތުރުތައް އިތުރު ކުރުމަށް ވަނީ ނިންމާފައި

އަންނަ ފެބްރުއަރީ މަހު، ހަތަރު ވަނަ ދުވަހުން ފެށިގެން ސ. ގަމާއި ގއ. ކޫއްޑޫއާ ދެމެދު މޯލްޑިވިއަން އިން ކުރާ ދަތުރުތައް އިތުރު ކުރަން އެ އެއާލައިނުން ނިންމައިފި އެވެ.

އެ ދެމެދުގައި ކުރާ ދަތުރުތައް އިތުރު ކުރަން އެ އެއާލައިނުން ނިންމާފައި ވަނީ އާ އަހަރާ އެކު ފުލައި ޑުބާއީގެ ދަތުރުތައް ސީދާ ގަމަށް ފެށުމަށް ނިންމުމާ ގުޅިގެން، ރާއްޖެއިން ބޭރުން ގަމަށް އަންނަ ފަތުރުވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށް އެ އެއާލައިނުން ބުނެ އެވެ.

ކޫއްޑޫ އާއި ގަމާ ދެމެދު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވިއަން އިން މައުލޫމާތު ދެއެވެ.

"މިއީ ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތަށް އެއްބާރުލުމެއް ދިނުމަށް މޯލްޑިވިއަން އިން ފަށާ ދަތުރުތަކެއް، ބޭނުމަކީ ގައުމީ އެއާލައިންގެ ހައިސިއްޔަތުން ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ގައުމީ ވާޖިބު އަދާ ކުރުން،" މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެގްޒެކެޓިވް، މުޝިލް ސޮބާހު މި ނޫހަށް ވިދާޅުވި އެވެ.

ގާފު އަލިފު، ގާފު ދާލު އަދި އައްޑު އަތޮޅު ހިމެނޭހެން ދެކުނުގެ ތިން އަތޮޅުގައި ޖުމްލަ ބާރަ ރިސޯޓު ހިންގަމުންދެ އެވެ.

ފުލައި ޑުބާއީގެ ސީދާ ދަތުރުތައް އައްޑޫއަށް ފެށުމަށް އެ އެއާލައިނުން ނިންމީ އެ އަތޮޅުތަކުގައި ފަތުރުވެރިކަން ކުރިއަރައި، ފުޅާވަމުން އަންނަ އައުމާ ގުޅިގެންނެވެ.

އެގޮތުން، ފުލައި ޑުބާއީގެ 28 ފުލައިޓު ކޮންމެ ހަފްތާއަކު އައްޑު އަތޮޅު ގަމަށް ދަތުރު ކުރުމަށް އެ އެއާލައިނުން ވަނީ ނިންމާފަ އެވެ. އެ ދަތުރުތައް ވެސް ފެށުމަށް ހަމަޖެހިފައި ވަނީ މޯލްޑިވިއަންގެ ސަޕްލިމެންޓަރީ ފުލައިޓުތައް ފެށުމަށް ހަމަޖެހިފައިވާ ތާރީހު، އަންނަ ފެބްރުއަރީ ހަތަރު ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox