ޗެލްސީގެ ސަޕޯޓަރުންގެ އިތުބާރު ހޯދުމަކީ ޕޮޓާ އަށް އޮތް ޗެލެންޖް

Dec 28, 2022, 6:56 AM
ޗެލްސީގެ ކޯޗު ޕޮޓާ: ޕްރެޝަރާ ކުރިމަތިލެވޭނެ ކަމަށް ވަނީ ބުނެފައި.

ޗެލްސީގެ ކޯޗު ޕޮޓާ: ޕްރެޝަރާ ކުރިމަތިލެވޭނެ ކަމަށް ވަނީ ބުނެފައި.

ލަންޑަން (ޑިސެމްބަރު 28) - ޗެލްސީގެ ނަތީޖާތަށް ރަނގަޅު ކުރުމެކޭ އެއްވަރަށް އެ ކްލަބްގެ މެޖޯރިޓީ ސަޕޯޓަރުންގެ އިތުބާރު ހޯދުމަކީ ވެސް އޮތް ޗެލެންޖެއް ކަމަށް މި ފަހަރު ޗެލްސީގެ ކޯޗުކަމާ ހަވާލުވި އިނގިރޭސި ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، ޗެލްސީގެ ކޯޗުކަމުން ތޯމަސް ޓުޗެލް ވަކިކުރަަން އެ ކްލަބްގެ ބޯޑުން ނިންމީ އެ ކްލަބްގެ ވެރިޔާ ޓޮޑް ބޯލީގެ ތަސައްވުރާ އެއްގޮތަށް ކުރިއަށްދެވޭނެ ކޯޗެއް ގެނައުމަށެވެ. އެ ގޮތުން، ބޯލީ އިހުތިޔާރުކުރީ ބްރައިޓަންގެ ކޯޗަކަށް ހުރި ޕޮޓާ އެ ޓީމަށް ގެންނާށެވެ.

ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި، ޕޮޓާ، ޗެލްސީ ކޯޗަކަށް ގެނައިއިރު، ބްރައިޓަންގައި އޭނާއާ އެކު މަސައްކަތްކުރި ކޯޗިން ޓީމު ވެސް ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ.

Advertisement

ޕޮޓާ ހަވާލުވި ފަހުން، ޗެލްސީ އަށް އެއް ފެންވަރެއްގެ ކުޅުން ދައްކަން އުނދަގޫވިއިރު، ނަތީޖާތަކަށް އަސަރުކޮށްފައިވާތީ، އޭނާ ވަކިކުރަން ވެސް ސަޕޯޓަރުން ވަނީ ގޮވާލައިފަ އެވެ.

ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، ޗެލްސީ ކުޅުނު ފުރަތަމަ މެޗުގައި ރޭ ވަނީ ބޯންމައުތު އަތުން 2-0 އިން މޮޅުވެފަ އެވެ. މިއީ ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ހޯދި ފުރަތަމަ މޮޅެވެ. މި މެޗުގެ ކުރިން، ލީގުގައި އެންމެ ފަހުން، ޗެލްސީ ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

"އަހަންނަށް ވެސް އެނގޭ މި ކްލަބުން ހިފަހައްޓަމުން އައި ލެވަލަށް ބަލާއިރު ނަތީޖާތަށް ދަށްވީމަ، ނޫނީ ކުޅުން ދަށްވީމަ ސަޕޯޓަރުން މާޔޫސްވާނެކަން، އެ ވަރު އަހަންނަށް ވެސް ވިސްނޭ. އަހަންނަށް އެނގޭ، ތިބޭނެކަން ސަޕޯޓަރުން ވެސް ނޫސްވެރިން ވެސް، އަހަންނަކީ ޗެލްސީ އަށް އެކަށީގެންވާ ލެވަލްގެ ކޯޗެއް ނޫނޭ ބުނާ،" ކުރިން ސްވަންސީ ސިޓީ އާއި ބްރައިޓަންގައި ރަނގަޅު މަސައްކަތްތަކެއް ކުރި ޕޮޓާ ބުންޏެވެ.

"އެކަމު އަހަންނަކީ އެ ހުރިހާ ޗެލެންޖަކާ ކުރިމަތިލައިގެން ހުރި މީހެއް، ނަތީޖާ ނެރުމާ އެއްވަރަށް ސަޕޯޓަރުންގެ އިތުބާރު ވެސް ހޯދަންޖެހޭ. ޗެލްސީގައި ވެސް މި ހުރިހާ ޗެެލެންޖެއް އެބައޮތް،"

ޕޮޓާ ބުނީ ކޯޗިން ކެރިއަރުގައި އޭނާ ކުރި ފުރަތަމަ މަސައްކަތުގައި، ސްވިޑެންގެ އޮސްޓަސުންޑަށް ކޯޗުކޮށްދިންއިރު، އެ ޓީމާ އެކު ފުރަތަމަ 18 މަސް ދުވަހު ކުރި ކަންކަމަށް ބަލައިފިނަމަ ދިޔައީ ވަރަށް ދަށްކޮށް ކަމަށެވެ.

އެކަމަކު، އޮސްޓަސުންޑްގައި ހާލަތު ބަދަލުކޮށްލަން ނެގި މުއްދަތުގައި ކުރެވުނު މަސައްކަތުން ގިނަ ބަޔެއް އޭނާ އަށް ތައުރީފު ކުރިކަން ޕޮޓާ ވަނީ ފާހަގަކޮށްފަ އެވެ.

ޗެލްސީގައި މިހާރު ތިބި ވެރިންގެ ވެސް ރަނގަޅު ދުރު ވިސްނުމެއް އޮތްކަން ފާހަގަކޮށް ޕޮޓާ ބުނީ، ސަޕޯޓަރުން ގަޔާވާނެ ފުޓްބޯޅައެއް ކުޅެ، ނަތީޖާ ނެރޭ ޓީމެއްގެ ގޮތުގައި ޗެލްސީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ދެން އެންމެ އަވަހަށް ޗެލްސީ ކުޅޭ މެޗުގައި ނުކުންނާނީ ރަށުންބޭރުގައި ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ. އެ މެޗުގައި ޗެލްސީގެ ފުލްބެކް، ރީސް ޖޭމްސް އަށް ކުޅެވުމާ މެދު އަދި އެއްޗެއް ނުބުނެވޭނެ ކަމަށް ޕޮޓާ ވަނީ ބުނެފަ އެވެ. ރޭ ބޯންމައުތާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލަށް އަނިޔާވެގެން ޖޭމްސް ވަނީ ބަދަލުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox