ގައުމީ މުބާރާތުގައި ފުވައްމުލަކު ކުޅުންތެރިންގެ ފެށުން ވަރުގަދަ

Dec 28, 2022, 6:19 AM
60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ 13 އަހަރުން ދަށުގެ މެޗެއްގައި ފުވައްމުލަކު ކުޅުންތެރިއެއް ވާދަކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ 13 އަހަރުން ދަށުގެ މެޗެއްގައި ފުވައްމުލަކު ކުޅުންތެރިއެއް ވާދަކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިގައި ފުވައްމުލަކުގެ ކުޅުންތެރިން ވިދާލައިފި އެވެ.

މާލޭ ޓީޓީ ހޯލުގައި 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ މެޗުތައް ކުރިއަށްދަނީ މި މަހުގެ 25-30ގެ ނިޔަލަށެވެ. މުބާރާތުގައި މި އަހަރު 65 ކުޅުންތެރިން އަންނަނީ ވާދަކުރަމުންނެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ. މިހާތަނަށް މުބާރާތުގައި ނިމިފައިވަނީ ބައެއް ކެޓެގެރީތަކުގެ ޑަބަލްސް އިވެންޓުތަކެވެ.

ތޭރަ އަހަރުން ދަށުގެ އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގެ ދެ ކުޅުންތެރިން ކަމަށްވާ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒު އެވެ. މި ދެ ކުޅުންތެރިން ފައިނަލުގައި މޮޅުވީ މާލޭ ވައިޑީޕީގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު އަލްސާ ނާފިޒު އާއި ސާރާ މޫސާ ޖަމީލްއާ ވާދަކޮށެވެ.

Advertisement

ފިރިހެން ކުދިންގެ 13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ވެސް ފުވައްމުލަކުގެ ދެ ޕެއާ އެވެ. އެއީ މުހައްމަދު އާން އަލީ އާއި މުހައްމަދު ޒާއިމް އަހުމަދުގެ ޕެއާ އާއި، އައިމަން އަހުމަދު ރަޝިދު އާއި ޔަޒީން ހުސައިން ޝަރީފްގެ ޕެއާ އެވެ. މިފައިނަލް މިއަދު ކުޅޭނެ އެވެ.

ސަތާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޚްޔާރު އަހުމަދު ހާލިދު އާއި ޒީކް ހަސަން ލަތީފްގެ ޕެއާ އެވެ. އަޚްޔާރު އާއި ޒީކް ފައިނަލުން މޮޅުވީ އައުން އިބްރާހިމް ލަތީފް އާއި އުމައިރު މުހައްމަދު މުއިއްޒު ޕެއާ އަތުންނެވެ.

އަންހެން ކުދިންގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ގައުމީ ސްކޮޑުގައި ހިމެނޭ، ފާތިމާތު ދީމާ އަލީ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. އެއީ ފައިނަލުގައި ޒާރާ ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ބަލިކޮށްގެންނެވެ.

ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ ހުސައިން އާދު އާސިމް އާއި މަލާކް ބިންތް މުއިއްޒުގެ ޕެއާ އާއި އަހުޔާރު އަހުމަދު ހާލިދު އާއި ދީމާގެ ޕެެއާ އެވެ. ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ މޫސާ މުންސިފް އަހުމަދު އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އާއި މުހައްމަދު ޝައްފާން އިސްމާއިލް އާއި ދީމާގެ ޕެއާ އެވެ.

ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލާއި ފުރަތަމަ ޑިވިޝަން މިކްސް ޑަބަލްސް ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ފަހު ދެ ދުވަހު އެވެ.

ޑަބަލްސް އިވެންޓަށް ބަލާއިރު އެންމެ ފޯރިގަދަވި އެއް ކެޓަގަރީ އަކީ ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ފައިނަލެވެ. ދީމާ އާއި ފާތިމަތު ޖުމާނާ ނިމާލް އަތުން މޮޅުވެ މިބައިގެ ޗެމްޕިއަންކަން ހޯދީ އައިޝަތު ރަފާ ނާޒިމް އާއި ޒާރާ ހަސަން ލަތީފްގެ ޕެއާ އެވެ.

މުބާރާތުގައި އިއްޔެ ކުރިއަށްދިޔައީ އެކި ކެޓަގަރީތަކުގެ ސިންގަލްސް ގްރޫޕް ސްޓޭޖު މެޗުތަކެވެ. ޖޫނިއާ އުމުރުފުރާގެ ސިންގަލްސް ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުތައް މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ސެމީ ފައިނަލް މެޗުތައްވެސް މިއަދު ހަވީރު ކުޅޭނެ އެވެ. މިރޭ ކުޅުމަށް ހަމަޖެހިފައިވަނީ ޓީމް އިވެންޓުގެ މެޗުތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox