އަދިވެސް ހަމަ ރޯނުފިލަނީތަ؟ ނޫނީ ނުލަފައީތަ؟

ވިލިމާލޭގައި މީހަކު, ކުޑަކުއްޖަކާ އެކު މަޑުކޮށްލައިގެން - ފޮޓޯ: އަދަދު

ވިލިމާލޭގައި މީހަކު, ކުޑަކުއްޖަކާ އެކު މަޑުކޮށްލައިގެން - ފޮޓޯ: އަދަދު

ދާދިފަހުން މީސް މީޑިއާގައި ހިއްސާކުރާތީ ފެނުނު ސްކްރީންޝޮޓްތަކެކެވެ. ނުކުޅެދުންތެރިކަން ހުންނަ ކުޑަކުއްޖެއްގެ ހަރަކާތްތަކާއި މިޒާޖާއި އެކުއްޖާގެ މައިންބަފައިން އެކުއްޖާ ގެންގުޅޭ ގޮތަށް މަލާމާތްކޮށް މީހަކު ކޮށްފައިހުރި މެސެޖުތަކެކެވެ. އަހަރެންވެސް ކުރަމުން އަންނަ ތަޖުރިބާއެކެވެ. އަހަރެންގެ ކުޑަ ދަރިފުޅާއި އެ ދަރިފުޅު ގެންގުޅުމުގައި އަހަރެމެން ގެންގުޅޭ "އާދަޔާޚިލާފު" ގޮތްތަކާ މެދު ފާޑު ނުކިޔާ މީހަކު މަދުވާނެއެވެ. އިރެއްގައި އަހަރެމެން ހިތަށް އެރިއެވެ. އެމީހުންނަށް ހަމަ ނުވިސްނެނީއެވެ. އެހެންނަމަވެސް 2022 ވަނަ އަހަރު ނިމި 2023ގެ ރޯޅި ޖެހެމުންދާ މި ދަނޑިވަޅުގައި، މީހުން ތިބޭނީ މިއަށްވުރެ ބޮޑަށް ރޯފިލާފައިކަމަށް ޤަބޫލުކުރަން ބޭނުންވެއެވެ. މި ހުންނަނީ ހާދަހާވާ ނާތަހުޒީބު ކަންތައްތަކެވެ.

ނުކުޅެދުންތެރިކަން ހުންނަ ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ މީހެއްގެ ނުވަތަ ކުޑަކުއްޖެއްގެ ބެލެނިވެރިޔަކާ ދިމާއަށް ފާޑުކިޔުމުގެ އިނގިލި ދިއްކޮށްލުމުގެ ކުރިން އޭނާގެ ފިޔަވަޅުމަތީ އެންމެ ދުވަހަކުވެސް ހިނގާލަބަލާށެވެ. އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް އަހަރެމެންނަށް ހަވާލުވެފައިވާ އަމާނާތެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މީހަކީމެވެ. "މެއިންސްޓްރީމް" މި ދުނިޔޭގައި މި ކުދިންނަށް ބޭނުންވާ ޖާގަ ހޯދަން އަހަރެމެން ކޮންމެ ދުވަހަކުމެ ކުރަންޖެހެނީ ހަނގުރާމައެކެވެ. ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުގައިވިޔަސް، ނަފުސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންކަމުގައިވިޔަސް، މުޖުތަމަޢުގެ ޢުމްރާނީ އަދި ރޫޙާނީ ވަޞީލަތްތަކުންވެސް ބައިއަޅަން މެއިންސްޓްރީމް އާބާދީން ނުކުޅެދިފައިވާހިނދު، އެމީހުންނަށް އެ ޙައްޤުވާ މިންވަރު ހޯދުމަށް ބެލެނިވެރިން ކުރާ މަސައްކަތާ ދެކޮޅަށް ބަސްބުނެ ފާޑުކިޔަން އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟

ވާނުވާ ނޭނގެނީކީވެސް ނޫނެވެ. ހަމަ ނުލަފައީއެވެ. އިންކްލޫސިވް ތަޢުލީމުގެ މިޒަމާނުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ޙާލަތު އާބާދީގެ އެންމެ ޅަ ސިކުނޑިތަކަށް ނަގައިގަނެވެއެވެ. އެކަން ބޮޑެތިމީހުންނަށް ބަލައިނުގަނެވޭންވީ ކީއްވެގެންހެއްޔެވެ؟ އެކުދިން ގޮވައިގެން މީސްގިނަ ތަނަތަނަށް ނިކުތީމާ އެކުދިންގެ ޖިސްމާނީ ތަފާތައް ފެނި ނުވަތަ މިޒާޖުގެ ތަފާތައް ނަގައިގަނެވިނި ދަރީން ގޮވައިގެން ތި ފިލަނީ، އެއީ ގައިންގަޔަށް އަރާ ކަންތައްތަކެއް ނޫނެވެ. އެކުދިންނާއި އާއިލާއަށް ހަމަޖެހިލައިގެން މާހައުލުން އުފަލެއް ނުހޯދޭނޭ މިންވަރަށް ތިޔަ ކަޅިއަޅަނީ، އެ މާހައުލުތަކަކީ "ނުކުޅެދުންތެރި ކުދިންނާއި މީހުން ވަނުން މަނާ" ތަންތަނެއް ނޫނެވެ. ޢުމުރާ ނުގުޅޭ ގޮތަށް ކިހިލީގައްޔާއި ކޮނޑުމަތީ އެކުދިން ގެންގުޅެނީ އަހަރެމެންގެ ގުދާރަށް ލުއިވާތީއެއް ނޫނެވެ. އެއީ އެކުދިން ގެންގުޅެން ޖެހޭ ގޮތަށް ވާތީއެވެ. އަހަރެމެން އެކުދިންނަށް ކާންދޭ ބައެއް ސާމާނަކީ އެންމެ ދުޅަހެޔޮ ކޭމަކަށް ނުފުދޭ ތަކެއްޗަށް ވެދާނެއެވެ. އެ ގޮތަށް އެކުދިންގެ ކެއިންބުއިން ބައްޓަންކުރަންޖެހެނީ އެކުދިންގެ ނިޒާމުތަކުގައި ތަފާތުތަކެއް ހުންނާތީއެވެ. ދުޅަހެޔޮ ސިއްޙަތެއް ބޭނުންނުވާތީކީ ނޫނެވެ. ބައެއް ކުދިން މާ ފަލަކޮށް ނުވަތަ މާ ހިކިކޮށް އެތިބެނީ ކެއިން ބުއިމަކުން ކުރާ އަސަރަކުން އެކަންޏެއްވެސް ނޫނެވެ. ދޭން މަޖުބޫރުވާ ބޭސްތަކުގެ އަސަރުގެ ސަބަބުންނެވެ. މަގުމަތީ އަތުނުޖެހި ކޮންޓްރޯލް ނުކުރެވިގެން ޓްރެފިކްތެރެއަށް ނިކުމެ ދުވަނީ ބަސްނާހާތީކީ ނޫނެވެ. އެތައް ބައިވަރު ސަބަބުތަކާހުރެއެވެ. އަހަރެމެންގެ ދަރިން ގޭގައި "ރައްކާތެރިކަމުގައި" އަބަދު ގައިދުކޮށްފައި ނުބައިތިއްބަނީ އެކުދިންނަށް މިނިވަންކަން ޙައްޤުވާތީއެވެ. އެ މިނިވަންކަމާހުރި އެހެން ކޮންމެވެސް ބައެއްގެ ލޮލަށް ތުރާވާނަމަ ނުބަލާށެވެ. ކަންފަތަށް ތުރާ ވާނަމަ އަޑުނާހާށެވެ.

މިހުރިހާ ކަމެއް ކޮށް، ބޭސްތަކެއް ކާންދީ ތެރަޕީތަކެއް ދީ ދަރިފުޅަށް ޤުދުރަތީ ގޮތުން ލިބިފައިވާ ކަންކަން "މެއިންސްޓްރީމް" ކުރަން މި އުޅެނީ ކޮން ކަމެއް ވާތީބާވައޭ އަހަރެމެންގެ ހިތަށް އަރަނީ އެއްކަލަ ކަހަލަ ޖާހިލު މީހުންގެ ޢަމަލުތައް ފެނުނީމައެވެ. މިހުރިހާ ޤުރުބާނީއެއް ވެގެން އެ ދަރިފުޅު ބަދަލުކުރަން މި އުޅެނީ އެ ކަހަލަ އިންސާނިއްޔަތުކަން ކުޑަ، ދޫ ނުބައި، ނުލަފާ، ކުޅެދޭ، ބުއްދި ސަލާމަތުންހުރި މީހަކަށް ހެދުމަށްހެއްޔެވެ؟ އެހެންކަމަށްވާނަމަ ޝުކުރިއްޔާއެވެ. ބޭނުމެއް ނޫނެވެ. ތި ކުޅެދުންތެރިކަން ގެންދާށެވެ.

އާނއެކެވެ. އަހަރެމެންގެ ތެރެއިން ބައެއް ކުދިން އަބަދު ތިބެނީ އާގަނެގަނެއެވެ. އެކުދިންގެ ހަށިގަނޑު ހުންނަގޮތާއި ގެންގުޅޭގޮތް ތަފާތެވެ. ފުރާވަރަށް އަޅައިގެން ޖިސްމާނީގޮތުން ބޮޑެތި މީހުންނަށް ވާއިރުވެސް، ސިކުނޑި މަސައްކަތްކުރަނީ ދޮޅު އަހަރުގެ ކުއްޖެއް ފަދައިންނެވެ. އާނއެކެވެ، ހުންނާނީ ނެޕީ ޖަހާފައެވެ. ވާހަކައެއް ނުދައްކާނެއެވެ. އަމިއްލަ ނަފުސަށް އަނިޔާވެސް ކުރާނެއެވެ. އުރުގައްޔާއި ކޮނޑުމަތީގައި ގެންގުޅެން ޖެހެއެވެ. ބައެއް ފަހަރު ބޭރަށް ނިކުތުމަށްފަހު ގެއަށް ވަންނަން ޖެހެނީ ފުލުހުންނާއި ސިފައިންގެ ވެސް އެހީއާ އެކުގައެވެ. އެކުދިން އަތުން އަނިޔާވެގެން މައިންބަފައިން ހަސްފަތާލުގެ އީ.އާރަށް ދާން ޖެހޭ މިންވަރުވެސް މަދެއް ނޫނެވެ. އެހެންނަމަވެސް އަހަރެމެން މިތިބީ އެ އަމާނާތްތަކާ ހަވާލުވެގެންނެވެ. ކެރިގެންނެވެ. ތިގޮތަށް ބަޔަކު ކުރާ މަލާމަތާކަށް، ދެރަވެދާނެއެވެ. ރޮވިވެސް ދާނެއެވެ. އެހެންނަމަވެސް އަހަރެމެންގެ ދަރީންނަށްޓަކައި ކުރާ ކަންކަމުގައި އަހަރެމެންގެ ހިތެއްވެސް، ހިތްވަރެއްވެސް ނުގުޑާނެއެވެ. އެއަށްވުރެ އަހަރެމެންގެ ޢަޒުމު ސާބިތުވާނެއެވެ. ތިޔަ ނުލަފާކަމާއި، މަލާމާތާއި، ފުރައްސާރަ ހިފައިގެން އެހެން ދިމާލަކަށް ދާށެވެ. އަހަރެމެން ގައިކޮޅު ގައިގައި ދުރެވެ.

***

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox