މެޑަލަކަށް ޓާގެޓްކޮށް ބީޗް ވޮލީ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް

Dec 26, 2022, 7:07 AM
މެޑަލަކަށް ޓާގެޓްކޮށް ބީޗް ވޮލީ ޓީމު ސެންޓްރަލް ޒޯން މުބާރާތަށް

މެޑަލަކަށް ޓާގެޓްކޮށް ބަންގްލަދޭޝްގައި އަންނަ ބުދަ ދުވަހު ފަށާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތަށް ގައުމީ ޓީމު ބަންގްލަދޭޝަށް ގޮސްފި އެވެ.

މި މަހުގެ 28-30 އަށް ބަންގްލަދޭޝްގެ ކޮކްސް ބަޒާރުގައި އޮންނަ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތުގައި ފަސް ގައުމަކުން ވާދަކުރާނެ އެވެ. އެއީ މުބާރާތުގެ ހޯސްޓް ބަންގްލަދޭޝް އާއި ރާއްޖޭގެ އިތުރުން، ކިރްގިސްތާން، ބޫޓާން، ނޭޕާލް އަދި ޕާކިސްތާން އެވެ.

މި މުބާރާތަށް މިފަހަރު ގައުމީ ޓީމް ފުރީ ޓީމުގައި ކުރިން ހިމެނުނު މުހައްމަދު އަލީ (ޑެންޒޯ) ނުލަ އެވެ. ޑެންޒޯގެ ބަދަލުގައި މި މުބާރާތުގައި ރާއްޖޭގެ ޓީމްގައި ހިމެނުނީ އިންޑޯ ވޮލީގައި ފާހަގަކުރެވުނު ޒުވާން ކުޅުންތެރިޔާ ޝަމާއިލް ހުސައިން އެވެ.

މިއީ ޝަމާއިލް ބީޗްވޮލީބޯޅައިގެ ބައިނަލްއަގްވާމީ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޝަމާއިލް، ބީޗްވޮލީ އަށް ނުކުތީ ކަކުލަށް ލިބިފައިވާ ސީރިއަސް އަނިޔާއެއްގެ ސަަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށް ފަހު އެވެ.

މުބާރާތުގައި ޝަމާއިލް ޕެއާ ހަދާނީ އަހުމަދު މުހައްމަދު (ކޯކޭ) އާ އެވެ. ރާއްޖޭގެ އަނެއް ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) އެވެ. މިއީ ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭ އަހަރެކެވެ. މެޑަލެއްގެ ޓާގެޓްގައި މަސައްކަތް ކުރަން ބާރު އެޅުމުގެ ގޮތުން، ޔޫތު މިނިސްޓްރީގެ "އަރުތަ" ޕްރޮގްރާމްގައި ވެސް މި ޕެއާ ވަނީ ހިމަނައިފަ އެވެ.

ބްރެޒިލް ކޯޗު ވިނީޝިއުސްއާ އެކު މި މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ވަނީ މަހެއްހާ ދުވަހު ޕްރެކްޓިސްކޮށްފަ އެވެ. މުބާރާތަށް ތައްޔާރީތައް ފެށުމުގެ ކުރިން ކޯޗު ވިނީޝިއުސް އާއި ވޮލީބޯޅަ އެސޯސިއޭޝަނުންވެސް ތައްޔާރުވީ މުބާރާތުން މެޑަލް އެއް ހޯދުމަށެވެ. ސަބަބަކީ މި ވަގުތު ގައުމީ ޓީމުގައި ތިބި ކުޅުންތެރިންގެ ތަޖުރިބާއާއި ލެވެލަށް ބަލާއިރު މި ސަރަހައްދުގެ ގައުމުތައް ބަލިކުރެވޭނެކަމުގެ އިތުބާރު އޮތުމެވެ.

ބަންގްލަދޭޝަށް މުބާރާތަށް ދިޔައިރު، ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހުރީ އަހުމަދު އަނިލް ނަސީރު އެވެ. ޓީމުގެ މެނޭޖަރަކީ ޝިއުނާޒް އަބްދުލް ވާހިދު (މަންކޭ) އެވެ. އަނިލް އާއި ޝިއުނާޒް އަކީ ކުރިން ގައުމީ ބީޗްވޮލީބޯޅަ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ. މަންކޭ މި އަހަރު ޓީމާ އެކު ގިނަ މުބާރާތްތަކެއްގައި މަސައްކަތް ކުރީ މެނޭޖަރެއްގެ ގޮތުގަ އެވެ. މިއީ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަނިލްގެ ފުރަތަމަ ތަޖުރިބާ އެވެ.

މި މުބާރާތުގައި ރާއްޖޭގެ އިންޓަނޭޝަނަލް ބީޗް ވޮލީބޯޅަ ރެފްރީ އިސްމާއިލް އަބްދުﷲ (އިންމަ)ވެސް ބައިވެރިވާނެ އެވެ. އޭނާ އަކީ 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ބީޗު ވޮލީ އިވެންޓުގެ ބައެއް ފައިނަލްތަކުގައި ވެސް ރެފްރީކަން ކުރި ތަޖުރިބާކާރު ރެފްރީ އެކެވެ. އަދި މި އަހަރު ސްރީ ލަންކާގައި ބޭއްވި ބީޗްވޮލީ މުބާރާތުގައި ވެސް އިންމަ ވަނީ ރެފްރީކަން ކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ ބީޗް ވޮލީބޯޅަ ޓީމުން މިއަހަރު ފެށީ ފެބްރުއަރީ މަހުގެ ތެރޭގައި އޮތް ސެންޓްރަލް އޭޝިއާ ޒޯންގެ ބީޗްވޮލީބޯޅަ މުބާރާތުންނެވެ. އޭގެ ފަހުން ކޮމަންވެލްތު ގޭމްސްގެ ކޮލިފައިންގައި ވާދަކުރި އެވެ. އަދި ރާއްޖޭގެ ފިރިހެން ޕެއާ ކަމަށްވާ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އިން ކޮމަންވެލްތު ގޭމްސްގައި ވެސް ވާދަކުރި އެވެ.

އެންމެ ފަހުން، ގައުމީ ބީޗް ވޮލީ ޓީމުން މިއަހަރު ކުޅުނު ބައިނަލްއަގްވާމީ މުބާާރާތަކީ އޮކްޓޯބަރު މަހު ސަން އައިލެންޑުގައި އޮތް އެފްއައިވީބީ ބީޗް ޕްރޯ ޓުއާގެ މޯލްޑިވްސް ޗެލެންޖެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox