ވޮލީ ކުޅުންތެރިޔާ ޝަމާއިލް ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

Mar 6, 2022, 12:36 PM
ވޮލީ ކުޅުންތެރިޔާ ޝަމާއިލް ކަކުލުގެ އޮޕަރޭޝަނެއްކޮށްފި

ގައުމީ ވޮލީބޯޅަ ސްކޮޑުގައި ހިމެނިގެން މުބާރާތްތަކުގައި ވެސް ވާދަކޮށްފައިވާ ޒުވާން ވޮލީބޯޅަ ކުޅުންތެރިޔާ ޝަމާއިލް ހުސެއިން ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.

ޝަމާއިލްގެ ކަކުލަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ބޭއްވި މުބާރާތެއްގައި ހދ. ވައިކަރަދޫ ޓީމަށް ކުޅެނިކޮށެވެ. ވާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއިން ރަނގަޅުވާން ޝަމާއިލްގެ އޮޕަރޭޝަން ކުރިއަށްދިޔައީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. ކަކުލުގެ ލިގަމެންޓް އޮޕަރޭޝަނަށް ފަހު އާންމު ގޮތެއްގައި ކުޅުމަށް އެނބުރި އައުމަށް 6-9 މަސް ދުވަހުގެ މުއްދަތެއް ނަގާނެ އެވެ.

ފުޓްބޯޅަ ކުޅެމުން އައި ލ. މާވަށަށް އުފަން، ޝަމާއިލްގެ ޝައުގުވެރިކަން ވޮލީބޯޅަ އަށް ބަދަލުވީ ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)، ތ. ހިރިލަންދޫގައި ކުރިއަށްގެންދިޔަ ޓްރެއިނިން ކޭމްޕަކަށް ފަހު އެވެ.

އޭގެ ފަހުން ޝަމާއިލް ރަށުގައި ގަވާއިދުން ވޮލީ ކުޅެން ފެށި އެވެ. އެހެން ދުވަސްތައް ގުނަމުން ދަނިކޮށް، ހިރިލަންދޫގެ ވޮލީބޯޅަ ކުޅުންތެރިއެއް ކަމަށްވާ ސުޖާއު ކުރި މަސައްކަތުން ލިބުނު ފުރުސަތެއްގައި ޝަމާއިލަށް ވޮލީގައި ކުރިއަށްދާން ދޮރު ހުޅުވިގެންދިޔަ އެވެ. އެ ގޮތުން 2017 ވަނަ އަހަރު ރާއްޖޭގެ ވޮލީބޯޅަ ސީޒަނުގައި ކުޅުނު މޯލްޑިވިއަން ޓީމުން ޝަމާއިލް އަށް ފުރުސަތު ލިބިގެންދިޔައީ ކޯޗު އަބްދުﷲ ނަޝީދު (އަބުޅޯ) ހޯދައިދިން ފުރުސަތެއްގަ އެވެ.

އޭގެ އެއް އަހަރު ފަހުން ގައުމީ ވޮލީބޯޅަ ޓީމާ އެކު ޕްރެކްޓިސްކޮށް ޓީމުގެ ސްކޮޑުގައި ޝަމާއިލް ހިމެނުނެވެ. އެކަމަކު، ސްކޫލްގައި ކިޔަވަމުންދާތީ، އެކަށީގެންވާ ވަގުތު ޕްރެކްޓިހަށް ނުދެވި ފަހު ވަގުތު ސްކޮޑުން ބާކީވީ އެވެ. ސްކޮޑަށް އެރި ފުރަތަމަ އަހަރު އެގޮތަށް ދިމާވި ނަމަވެސް ޝަމާއިލް އަލުން ވަރުގަދަ އަޒުމެއްގައި މަސައްކަތްކޮށް، 2019 ވަނަ އަހަރު ގައުމީ ސްކޮޑުން ޖާގަ ހޯދައި ޓީމުން ފުރުސަތު ޔަގީންކުރި އެވެ.

އެ ގޮތުން 2019. ވަނަ އަހަރު ގައުމީ ވޮލީ ޓީމުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި ސެެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތާއި ލަންކާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކާއި ސައުތު އޭޝިއަން ގޭމްސްގައި ވާދަކުރިއިރު، އެ ފަހަރު ސްކޮޑުގައި ޝަމާއިލް ހިމެނުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox