ޑި މާރިއާ، ގައުމީ ޓީމުން ރިޓަޔާކުރުން ފަސްކުރަނީ

Dec 24, 2022, 4:17 AM
ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ވޯލްޑް ކަޕްގެ ފައިނަލުގައި ފްރާންސް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ބީނޯޒް އެރީޒް، އާޖެންޓީނާ (ޑިސެމްބަރު 24) - މި ފަހަރު ގަތަރުގައި ހޯސްޓްކުރި ފީފާ ވޯލްޑް ކަޕަށް ފަހު، އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން އެންހެލް ޑި މާރިއާ ނިންމާފައި އޮތް ނިންމުން ފަސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޑި މާރިއާ، 34، އަކީ މި ފަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ފައިނަލުގައި ފްރާންސް ކޮޅަށް ޑި މާރިއާ ވަނީ މުހިންމު ގޯލެއް ވެސް ޖަހައިފަ އެވެ.

އާންމު ގޮތެއްގައި އާޖެންޓީނާ އަށް ފައިނަލުތަކުގައި ގޯލު ޖެހުމުގެ ރަަނގަޅު ރެކޯޑެއް ވެސް އޮތް ޑި މާރިއާ ކުރިން ނިންމާފައި އޮތީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރުމަށެވެ.

އެކަމަކު، އާޖެންޓީނާގެ ކުޅިވަރު ނޫސްވެރިޔާ، ގެސްޓޮން އެޑުލް ރިޕޯޓްކުރާ ގޮތުގައި ޑި މާރިއާ، މިހާރު ނިންމާފައި އޮތީ ލިއޮނަލް މެސީ އެކޭ އެއްގޮތަށް ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދިއުމަށެވެ.

ޑި މާރިއާ، ވޯލްޑް ކަޕްގެ ޓްރޮފީ އުފުލާލަނީ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި މާރިއާ އާއި މެސީ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑީ 2024 ވަނަ އަހަރު އިކުއެޑޯގައި ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގަ އެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީއާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ޑި މާރިއާ އާއި މެސީ، 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އިން ފެންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ދުނިޔޭގެ މަޝްހޫރު ކްލަބްތަކުގައި ވެސް ތަފާތު ދެއްކި، ޑި މާރިއާ، އާޖެންޓީނާ ގައުމީ ޓީމަށް އެންމެ ފުރަތަމަ މެޗެއް ކުޅުނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި ޕެރޫއާ ދެކޮޅަށެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް އާޖެންޓީނާ އަށް ކުޅެދިން 129 މެޗުގައި 28 ލަނޑު ޖަހައިފަ އެވެ.

ގައުމީ ޓީމާ އެކު ޑި މާރިއާ ހޯދި ކާމިޔާބީތަކަށް ބަލާއިރު، 2007 ވަނަ އަހަރު، ފީފާ 20 އަހަރުން ދަށުގެ ވޯލްޑް ކަޕަާއި 2008 ވަނަ އަހަރު އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓާއި، 2021 ވަނަ އަހަރު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތާއި ޔޫރަޕާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުން ކުޅުނު "ފައިނަލިސިމާ" ޓްރޮފީގެ އިތުރުން މި ފަހަރުގެ ވޯލްޑް ކަޕް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox