ވާދަކުރުމާއި، ކެމްޕޭނުކުރުމުގައި އިސްލާމީ އަދަބުތައް

ވާދަކުރުމާއި، ކެމްޕޭނުކުރުމުގައި އިސްލާމީ އަދަބުތައް

"އެކަލޭގެފާނު (ސުލައިމްނާ ޢަލއިހިއްސަލާމް) ވިދާޅުވި އެވެ. އޭ ބޮޑުންނޭވެ! އެމީހުން ކިޔަމަންވެގެން ތިމަންކަލޭގެފާނުގެ އަރިހަށް އައުމުގެ ކުރީގައި، އެކަމަނާގެ ތަހުތު ތިމަން ކަލޭގެފާނުގެ އަރިހަށް ގެނެސްދޭނީ، ތިޔަބައިމީހުންގެ ތެރެއިން ކާކު ހެއްޔެވެ؟ ޖިންނީންގެ ތެރެއިން އިފްރީތަކު ދެންނެވި އެވެ. ކަލޭގެފާނު ތިޔަ އިންނެވިތަނުން ތެދުވެވަޑައިގަތުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ގެނެސްދީފާނަމެވެ. އަދި ހަމަކަށަވަރުން، ތިމަންނާއީ، އެ އުފުލޭފަދަ، ބާރުގަދަ، އޭގެ މައްޗަށް އަމާނާތްތެރިއަކީމެވެ. (ބާވައިލެއްވި) ފޮތުން ޢިލްމު ލިބިފައިވާ މީހާ ދެންނެވި އެވެ. ކަލޭގެފާނު ކަޅި ހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ ތަހުތު ގެނެސްދީފާނަމެވެ. ދެން އެކަލޭގެފާނުގެ އަރިހުގައި އެ ތަހުތު ބެހެއްޓިފައި ހުއްޓައި ފެނިވަޑައިގަތް ހިނދު، އެކަލޭގެފާނު ވިދާޅުވި އެވެ. މިކަންމިވީ އަހުރެންގެ ވެރިރަސްކަލާނގެ ކުޅަދުންވަންތަކަމުންނެވެ. (އެއީ) އަހުރެން ނިއުމަތަށް ޝުކުރު ކުރަނީތޯ، ނުވަތަ ދެކޮޅުވެރިވަނީތޯ އިމްތިހާން ކުރެއްވުމަށްޓަކަ އެވެ. ޝުކުރު ކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާ ޝުކުރު ކުރާކަން ކަށަވަރީ، ހަމައޭނާގެ އަމިއްލަ ނަފުސަށެވެ. އަދި ދެކޮޅުހަދާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އަހުރެންގެ ވެރިރަސްކަލާނގެއީ، ފުދިވޮޑިގެންވާ، ދީލަތިވަންތަ ރަސްކަލާނގެ އެވެ."

އިސްވެދިޔައީ އަންނަމްލު ސޫރަތުގެ 37 ވަނަ އާޔަތުން ފެށިގެން ތިރިއަށް އޮތް ދެތިން އާޔަތެއްގެ ތަރުޖަމާ އެވެ. އާޔަތުގައި އައިސްފައިވަނީ، އިސްވެދިޔަ އުންމަތްތަކުގެ ތެރެއިން ސުލައިމާން އަލައިހިއްސަލާމް ގައުމުގެ ހަބަރުތަކުން ވާހަކައެކެވެ. ކީރިތި ގުރުއާނުގައި ބަޔާންވެފައިވާ އިސްވެދިޔަ އުންމަތްތަކުގެ ހަބަރުތަކުން، އަހަރެމެން މިއުންމަތުގެ މުސްލިމުން އެކި ކަންކަމަށް ދަލީލު ނެގިދާނެތޯ މިއީ ފިގުހު އިލްމުވެރިން ބަހުސްކުރައްވާ މައުލޫއެކެވެ. އެހެން ނަމަވެސް އެންމެން އިއްތިފާގުވާ ކަމަކީ، އިހުގެ އުންމަތްތަކުގެ ހަބަރުތައް ކީރިތި ގުރުއާނުގައި އައިސްފައިވަނީ އެއިން އިބުރަތާއި ނަސޭހަތް ލިބިގަތުމަށްޓަކައިކަމެވެ.

ސުލައިމާން އަލައިހިއްސަލާމްގެ ބޭނުންފުޅަކަށްވީ، ސަބައުގެ ރަނިކަމަނާ ވަޑައިގަތުމުގެ ކުރިޔަށް އެކަމަނާގެ ތަހުތު ގެނެސްފައި ބެހެއްޓުމެވެ. އެކަމަށް ކުރިމަތިލެއްވި ޖިންނީންގެ އިފްރީތު އެކަލޭގެފާނަށް އެ ދެންނެވީ އޭނާއަށް އެކަންކުރެވޭނެ ގޮތާއި އަވަސްމިނަކީ ކޮބައިކަމެވެ. އެހެން މީހުންގެ ނުބައި ވާހަކައާއި އެހެން މީހުންނަށް އެކަން ނުކުރެވޭނެ ވާހަކަ އޭނާ ނުދަންނަވަ އެވެ. ދެން އެކަމަށް ކުރިމަތިލެއްވި، ބާވާލެއްވި ފޮތުން އިލްމު ލިބިފައިވާ މީހާ، ޖިންނީންގެ އިފްރީތުގެ އުނި ސިފަތަކެއް ނުގެންނަވަ އެވެ. ދެންނެވީ އޭނާއަށް ލިބިފައިވާ އިލްމަކުން އެ އެ ތަހުތު ގެނެސްދެވިދާނެ އަވަސްމިނެއްގެ ވާހަކަ އެވެ. އަދި އިބާރާތް ވެސް ވިސްނަވާށެވެ. "ކަލޭގެފާނު ކަޅިހިންގަވައިލެއްވުމުގެ ކުރިން، ކަލޭގެފާނުގެ އަރިހަށް ތިމަން އެ (ތަހުތު) ގެނެސްދީފާނަމެވެ." އިފްރީތު ބުނި ވަރަށްވުރެ އަވަހަށް ގެނެސްދީފާނަމޭ ބުނުމާއި މިއިބާރާތާއި ހުރި ތަފާތެއްގެ ބޮޑުކަމާ އެވެ! ކަންކަމުގައި ވާދަކޮށް ކެމްޕޭންކުރުމުގެ އަހުލާގީ ސިފަތަކެއް މިހާދިސާއިން ދައްކުވައިދެއެވެ.

އުހުދު ހަނގުރާމައިގެ ލަޝްކަރުގައި ބައިވެރިވުމަށް އެދިގެން ވަރަށް ގިނަ ކުޑަކުދިން މާތް ނަބިއްޔާގެ އަރިހަށް އައެވެ. އިތުރު އެކަލޭގެފާނު ބައެއް ކުދިން ލަޝްކަރުގައި ހިމަނުއްވާފައި، ބައެއް ކުދިން ނުހިމަނުއްވައި އަނބުރާ ފޮނުވާލެއްވި އެވެ. މިގޮތުން ފޮނުވާލި އެއް ކުއްޖަކީ ސަމްރާ ބުން ޖުންދަބް އެވެ. ސަމްރާ ބުން ޖުންދަބު އޭނާގެ ދޮން ބައްޕަ ކައިރީގައި މިޝަކުވާކުރި އެވެ. މާތް ނަބިއްޔާ ތިމަންނާ ގަބޫލުނުކުރައްވައި، ރާފިޢު ބިން ޚުދައިޖް ގަބޫލުފުޅުކުރައްވައިފި އެވެ. ގުޅަމަތިހިފައިގެންވެސް ތިމަންނާ އެކުއްޖާ ބަލިކުރަމެވެ. ދެން އޭނާގެ ދޮންބައްޕަ މުރައްޔު ބިން ސިނާން މާތް ނަބިއްޔާގެ އަރިހަށް ގޮސް ދެންނެވި އެވެ. އޭ ﷲ ގެ ރަސޫލާ އެވެ. (ޞައްލަﷲ ޢަލައިހިވަސައްލަމް) ކަލޭގެފާނު ތިމަންގެ ދަރި އަނބުރާ ފޮނުއްވާލައްވާފައި، ރާފިޢު ބިން ޚުދައިޖް ނަންގަވައިފީމު އެވެ. ދެކުދިން ގުޅަމަތިހިފިޔަސް މޮޅުވަނީ ތިމަންގެ ދަރި އެވެ. އެހިނދު މާތް ނަބިއްޔާ ހަދީސްކުރެއްވި އެވެ. ދެކުދިން ގުޅަމަތިހިފާށެވެ. ދެން މޮޅުވީ ސަމްރާއެވެ. ދެން ސަމްރާ ވެސް މާތް ނަބިއްޔާ އެލަޝްކަރުގައި ބައިވެރިކުރެއްވި އެވެ.

އެހެން މިސާލަކަށް ބައްލަވާށެވެ! ޢުމަރު ރަޟިޔަﷲ ޢަންހަށްފަހު، ހަލީފާއަކު ކަނޑައެޅުމަށް އެކުލަވާލެވުނު މަޝްވަރާ މަޖިލީހުން ކަނޑައެޅުއްވި ގޮތުގެ މަތީން މާތް ސަހާބީ، ޢަބްދުއްރަޙްމާން ބިން ޢައުފް މީހުންގެ ހިޔާލު ހޯދުމަށް ނުކުންނެވި އެވެ. އުސްމާނުގެފާނާއި އަލީގެފާނާ ދެބޭކަލުންގެ ތެރެއިން ފުރަތަމަ ހަލީފާއަކަށް ހެއްދެވުމަށް އެދެބޭކަލުންތެރެއިން އެންމެ އެކަށީގެންވާ ރަނގަޅު ބޭކަލަކީ ކޮބައިތޯ މަޝްވަރާ ހޯއްދެވުމަށެވެ. ޢަބްދުއްރަޙްމާން ބިން ޢައުފް މަގުމަގުމަތިން ފެނިވަޑައިގެން ބޮޑެތި ސަހާބީ ބޭކަލުންގެ އިތުރުން ގޭގޭގައި ފަރުދާވެގެންތިބި އަންހެން ސާހިބާއިންގެ އަރިހުންވެސް މަޝްވަރާ ނެންގެވި އެވެ. ކަނޑައެޅިފައިވާ މުހުލަތުގައި ޢަބްދުއްރަޙްމާން ބިން ޢައުފް، އެކި ތަންތަނަށް ވަޑައިގެން މީސްމީހުންގެ މަޝްވަރާ ހޯއްދެވީ ރެޔެއް ދުވާލެއް ބެއްލެވުމެއްނެތި ނުހަނު އިހުލާސްތެރިކަމާއެކުގަ އެވެ. މިކަމުގައި ހުރި ހުރިހާ ރިވާޔަތަކަށް ނަޒަރުކުރާއިރުވެސް، މަޝްވަރާ ހޯދުމުގެ މަސައްކަތް ބައްޓަންކުރެއްވިކަން އެނގެން އޮތީ، ދެބޭކަލުންކުރެ އެވަގުތާއި އެހާލަތަށް މަގާމަށް ބޮޑަށް އައުލާވެގެންވާ ބޭކަލަކު ހޯއްދެވުމުގެ މައްޗަށެވެ.

ދެންނެވުނު މިސާލުތަކުން އެނގޭ ގޮތުގައި މަގާމުތަކަށް އެކަކަށްވުރެ ގިނަ މީހުން ވާދަކުރާހިނދު، ނުވަތަ އެންމެންގެ ނަޒަރުގައި އެކެއްގެ މައްޗަށް އިއްތިފާގު ނުވެވޭހިނދު، ބޮޑަށް ރަނގަޅީ ކާކުތޯ ބެލުމަކީ އިސްލާމްދީން ތަރުހީބުދޭ ގޮތެވެ. އަދި އެކަމުގައި ވީހާ ގިނަޔަބަޔަކު ބައިވެރިކުރުމަކީ ވެސް ސަހާބީންގެ ސީރަތުން ދައްކައިދީފައިވާ ރީތި މަގެވެ.

އެކަމަކު ވިސްނަވާށެވެ. މީހުންގެ ތެރެއިން ބޮޑަށް ރަނގަޅީ ކާކުތޯ ބެލުމާއި، މީހުންގެ ތެރެއިން ބޮޑަށް ނުބައި ނުލަފާއީ ކާކުތޯ ބެލުމާއި މިއީ ދެކަމެކެވެ. ބޮޑަށް ނުލަފައީ ކާކުތޯ ބެލުމުގެ މަސައްކަތަކީ މުޅިން އެހެން ކަމެކެވެ. އަޅުގަނޑުގެ އުސްތާޒަކު މިސްރުގެ އިންތިހާބުގެ ދުވަސްވަރެއްގައި ވިދާޅުވި ވާހަކަފުޅެއް އަޅުގަނޑުގެ ހަނދާނުގައި ހަރުލާފައިހުރެ އެވެ. "އިހުޒަމާނުގައި މިސާލަކަށް އުސްމާން ބިން އައްފާން ހަލީފާކަމަށް އިސްކުރެއްވުމުގައި ވެސް ހިނގާދިޔަ ކަމެއްގައި، އޭގެ ތެރެއިން ބޮޑަށް ރަނގަޅީ ކޮން ބޭފުޅެއްތޯ ބަހުސްކުރެއްވީ އެހެން ސަހާބީންނެވެ. ނަމަވެސް މިޒަމާނުގައި، މިއޮންނަ ގޮތުން، ތިމާގެ މޮޅު ވާހަކަ ދައްކަންޖެހެނީ ވެސް ތިމާ އެވެ. އެކަމަކު އެޔަށްވުރެ އަޖައިބުވާ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ޒަމާނީ އިންތިހާބުތައް ފެށިގެން އައިއިރު އިލްމުވެރިން ބަހުސްކުރަންޖެހިފައި އޮތީ، އިންތިހާބެއްގެ ބޭނުމަށް ތިމާ އަމިއްލައަށް ތިމާގެ މޮޅު ވާހަކަ ދެއްކުން އެއީ ދީނީގޮތުން ނަހީކުރެވިފައިވާ ކިބުރުވެރިކަމާއި ބޮޑާކަމުގެ ތެރެއިން ހިމެނޭ ކަމެއްތޯ ނުވަތަ ވަގުތާއި ހާލަތުގެ ގޮތުން ޒަރޫރަތެއްގެ ޒާތުން ހުއްދަވެދާނެ ކަމެއްތޯ އެވެ؟ އެކަމަކު މިހާރު އިލްވެރިން ވާހަކަދައްކަންޖެހިފައި އޮތީ، އިންތިހާބެއްގެ ބޭނުމަށް، އެހެން މުސްލިމެއްގެ ފަތިފުށް އެކީއެކަށް ހާމަކުރުމުގެ ނުބައިކަމާމެދުގަ އެވެ."

އާދޭހެވެ! އަޅުގަނޑުމެން މިހާރު މިދެކޭ އިންތިހާބުތަކުގެ ކެމްޕޭނުތައް ނިމޭއިރު، އިހު އެކުވެ އުޅުނު ގާތް މީހުން ގުޅުން ކެނޑި ބައެއް އާއިލާތައް ރޫޅި، މުޖުތަމައުގައި ލޭއޮހޮރުވުން ހިނގާ ހިސާބަށްދާ ގޮތް މެދުވެރިވަނީ، ކުރިން ދެންނެވިހެން ކެންޑިޑޭޓުންކުރެ ނުބައިމީހަކީ ކާކުތޯ ބަލައިހޯދައި، އެމަގަށް ކެމްޕޭނުތައް ބައްޓަންކުރެވޭތީ އެވެ؟ އިސްލާމީ ރިވެތި އުސޫލަކީ ރަނގަޅީ ކާކުތޯ ބެލުމެވެ.

މާތް ނަބިއްޔާ ހަދީސްކުރައްވާފައި ވެއެވެ. "އެބަޔެއްގެ ހިތަށް އީމާންކަން ވަދެފައިނުވާ، ދުލުން އީމާންވެއްޖައީމޭ ބުނާ މީހުންނޭވެ! މުސްލިމުންގެ ނެތިނުބައި ނުމޮށޭށެވެ! އަދި އެމީހުންގެ އައިބުތަކުގެ ފަހަތުން ނޫޅޭށެވެ! އެމީހެއްގެ މުސްލިމް އެކުވެރިޔާގެ އައިބުތަކުގެ ފަހަތުން އުޅޭ މީހާގެ އައިބުތަކަށް މާތް ﷲ ބައްލަވާވޮޑިގެން، އެމީހެއްގެ ގޭގެ އެންމެ އެތެރޭގައި އޮއްވާވެސް އެމީހަކު ފަލީހަތްކުރައްވާނެ އެވެ."

ހަދީސް ކުރައްވާފައި ވެއެވެ. "ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ހަސަދަވެރިނުވާށެވެ. އަދި ނީލަމުގައި ޖެއްސުންކުރުމުގެ ގޮތުން އަގުނުކިޔާށެވެ. އެއްބަޔަކު އަނެއް ބަޔަކަށް ރުޅިއައިސްދާނެ ކަންކަން ނުކުރާށެވެ! ގުޅުންކަނޑައި ފުރަގަސްނުދޭށެވެ! އެކަކު ގަނެފައިވަނިކޮށް އޭގެ މައްޗަށް އަގު ހުށަހަޅައި ގަނެ ނުހަދާށެވެ! ﷲ ގެ އަޅުންގެ ގޮތުގައި އެކުވެރިން ކަމުގައި ވާށެވެ! މުސްލިމަކީ އަނެއް މުސްލިމެއްގެ އެކުވެރިޔާ އެވެ. އޭނާ އަނިޔާވެރި ނުވާނެ އެވެ. އެއްބާރުލުން ނުދީ ދޫކޮށެއް ނުލާނެ އެވެ. ދޮގެއް ނުހަދާނެ އެވެ. ނިކަމެތިކޮށެއް ނުލާނެ އެވެ." އެއަށްފަހު މާތް ނަބިއްޔާ އިތުރު އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރައްވާފައި ހަދީސްކުރެއްވި އެވެ. "މީހަކު އޭނާގެ މުސްލިމު އެކުވެރިޔާ ނިކަމެތިކޮށްލުން، މީހެއްގެ ނުބައިކަމަށް ފުދިއިތުރެވެ. އެއް މުސްލިމެއްގެ މައްޗަށް އަނެއް މުސްލިމެއްވަނީ ހުރުމަތްތެރި ކުރެވިގެންނެވެ. އޭނާގެ ލެޔާއި މުދަލާއި އަބުރެވެ."

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox