އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނަޝީދު ފޯމް ހުށަހަޅުއްވައިފި

Dec 22, 2022, 7:28 PM
މި އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި އަހަރު ބޭއްވި އެމްޑީޕީގެ ކޮންގްރެސްގައި އެ ޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ފޯމް ހުށަހަޅުއްވައިފި އެވެ.

ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ "2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓަށް ވާދަކުރެއްވުމަށް ކެންޑިޑޭޓްކަމުގެ ފޯމް ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފި،" ކަމަށެވެ.

ޖެނުއަރީ 28، 2023 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ވާދަކުރެއްވެނީ ކެންޑިޑެސީ ފޯމާއެކު 500 މެމްބަރުންގެ ތާއިދު އޮތްކަން ހުށަހަޅައިގެންނެވެ.

ނަޝީދު ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ "ބަރާބަރު ފަސް ސަތޭކަ މީހުން"ގެ ތާއިދާއެކު ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވާއިރު، ނަޝީދު ފިޔަވައި އެހެން ކެންޑިޑޭޓަކު ވާދަ ކުރައްވަން އަދި ހުށަހަޅުއްވާފައެއް ނެތެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމަށް މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ފޯމް ފުރަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމަށް މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ފޯމް ފުރަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަކުރެއްވުމަށް މެމްބަރުންގެ ތާއީދު ހޯއްދެވުމަށް ފޯމް ފުރަމުން ދަނީ. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރައްވަން ނިންމަވާފައިވާއިރު، ތާއިދު ހޯދުމުގެ މަސައްކަތް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ގެންދަވަނީ ކުރަމުންނެވެ.

ނަޝީދު ޕްރައިމަރީގައި ވާދަ މިކުރައްވަނީ ޕާޓީ ތެރޭގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފައިވުން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ. ހިޔާލު ތަފާތުވުން އުފެދިފައި ވަނީ ރިޔާސީ ޕްރައިމަރީގެ ކުރިން ވާހަކަ ދައްކަން ޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމާ ގުޅޭ ގޮތުން ކަމަށް ބުނެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ރައީސް ނަޝީދު ފައިނެންގެވި ހިސާބުންނެވެ.

އެމްޑީޕީ އަކީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމާ ހަމައަށް އެޕާޓީގެ ދަފްތަރުގައި 58،000 މެމްބަރުން އެބަ ތިއްބެވެ.

ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެން ނަަމަވެސް ރިޔާސީ އިންތިހާބާ ކުރިމަރިލާން ޖެހިވަޑައިގަތް އިރު އެ މަނިކުފާނަށް ކުރިމަތިލެއްވޭ ގޮތް ނުވުމުން، އެ ފުރުސަތު އެމަނިކުފާނުގެ އޭރުގެ އެންމެ އަރިސް ބޭފުޅާ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހަށް ދެއްވި އެވެ. އެކަން ނިންމީ އެމްޑީޕީގެ ކޮންގްރެސްއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox