އެމެރިކާގެ މުޅި އާބާދީ ނެތިކޮށްލާ އަދަދަށް ނުރައްކާތެރި ފެންޓަނިލް ޑްރަގް އަތުލައިގަނެފި

މަސްތުވާތަކެތި އިންޖެކްޓް ކުރުމަށް ބޭނުންކޮށްފައި ހުރި ސިރިންޖުތަކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

މަސްތުވާތަކެތި އިންޖެކްޓް ކުރުމަށް ބޭނުންކޮށްފައި ހުރި ސިރިންޖުތަކެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ މުޅި އާބާދީ ނެތިކޮށްލާ އަދަދަށް 2022 ވަނަ އަހަރުގެ ތެރޭގައި ނުރައްކާތެރި ފެންޓަނިލް ޑްރަގު އަތުލައިގަނެފައިވާ ކަމަށް އެ ގައުމުގެ ފެޑެރަލް އޭޖެންޓުން ބުނެފި އެވެ.

ޑްރަގް އެންފޯސްމަންޓް އެޑްމިނިސްޓްރޭޝަން (ޑީއީއޭ) އިން ބުނީ މި އަހަރު 379 މިލިއަން ޑޯޒްގެ ފެންޓަނިލް ހިފެހެއްޓި ކަމަށެވެ.

ފެންޓަނިލްއަކީ ހެރޮއިންއަށް ވުރެ 50 ގުނަ އަވަހަށް ދެވިހިފާ އެއްޗެކެވެ. އެއީ މިހާރު އެމެރިކާއަށް ދިމާވެފައިވާ އޮތް އެންމެ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތް ކަމަށް ޑީއީއޭއިން ސިފަކުރެ އެވެ.

އެ އެޖެންސީއިން ބުނީ ފެންޓަނިލް ގިނައިން އެމެރިކާއަށް އެތެރެ ކުރަނީ މެކްސިކޯއިން ކަމަށެވެ.

ޑީއީއޭއިން ބުނީ 4،500 ކިލޯގެ ފެންޓަނިލްގެ އިތުރުން ފެންޓަނިލް ހިމެނޭ 50.6 މިލިއަން ބޭސްގުޅަ މި އަހަރުގެ ތެރޭގައި ހޯދި ކަމަށެވެ. އެ ބޭސްގުޅަތަކަކީ ތަފާތު އެހެން ބާވަތްތަކުގެ ބޭސް ކަމަށް ހަދައިގެން ވަގަށް ގެންގުޅޭ ތަކެއްޗެވެ.

މި އަހަރު އަތުލައިގަތް ފެންޓަނިލްއަކީ 2021 ވަނަ އަހަރާ އަޅާ ބަލާއިރު ދެ ގުނަ އިތުރެވެ.

އެ އެޖެންސީއިން ބުނީ ފެންޓަނިލް ގިނައިން އުފައްދަނީ މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ސިނައޮލާ އަދި ޖަލިސްކޯ ކާޓެލްއިން ހިންގާ ސިއްރު ފެކްޓްރީތަކުގައި ކަމަށެވެ. އެ ޑްރަގު އުފެއްދުމަށް ބޭނުންވާ ކެމިކަލް ހޯދަނީ ޗައިނާ އިންނެވެ.

ފެންޓަނިލްއަކީ ފުރާނައަށް ނުރައްކާ ހުރި އެއްޗެކެވެ. އޭގެ ކުޑަކުޑަ މިންވަރަކުން ވެސް އޯވާޑޯޒްވުމުގެ ފުރުސަތު އޮވެ އެވެ.

މިދިޔަ އަހަރުގެ އޯވާޑޯޒްވެގެން އެމެރިކާގައި 100،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރެއިން ތިންބައި ކޮށްފައި ދެބައި މީހުން މަރުވީ ފެންޓަނިލްގެ ސަބަބުންނެވެ.

ޑީއީއޭއިން ބުނީ މި އަހަރު އަތުލައިގަތް ފެންޓަނިލްއަކީ އެމެރިކާގެ މުޅި އާބާދީގައި ހިމެނޭ 330 މިލިއަން މީހުން މަރާލެވޭ އަދަދުގެ ތަކެތި ކަމަށެވެ.

"މި ވަގުތު ޑީއީއޭގެ އެންމެ ބޮޑު އިސްކަމަކީ އެމެރިކާގެ ރައްޔިތުން މަރަމުންދާ ފެންޓަނިލްއަށް ޒިންމާވާ މެކްސިކޯގެ ސިނައޯލާ އަދި ޖަލިސްކޯ ޑްރަގް ކާޓެލްތައް ބަލިކުރުން،" ޑީއީއޭގެ އެޑްމިނިސްޓްރޭޓަރު އޭން މިލްގްރަމް ވިދާޅުވި އެވެ.

ފެންޓަަނިލްގެ އިތުރުން މި އަހަރު ޑީއީއޭއިން 59،420 ކިލޯގެ މެތަމްފެޓަމައިން، 1950 ކިލޯގެ ހެރޮއިން އަދިި 201،395 ކިލޯގެ ކޮކެއިން އަތުލައިގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox