ހުޅަނގުގެ ފާޑުކިޔުންތަކަށް ބީރު ކަންފަތެއް، ގަތަރު ވޯލްޑް ކަޕަށް ފުލް މާކްސް

Dec 20, 2022, 4:22 AM
ފައިނަލް މެޗަށް ފަހު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ގަތަރުގެ އަމީރު (ވ) އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ (މ)، އަރަބި ސަގާފީ ހެދުން ބިޝްތު ލައްވަނީ، އަރިހުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ).

ފައިނަލް މެޗަށް ފަހު ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން ގަތަރުގެ އަމީރު (ވ) އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ (މ)، އަރަބި ސަގާފީ ހެދުން ބިޝްތު ލައްވަނީ، އަރިހުގައި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ކ).

މީގެ 12 އަހަރު ކުރިން ގަތަރުގައި ފީފާ ވޯލްޑް ކަޕް ބާއްވަން ބިޑް ކާމިޔާބުވި ހިސާބުން ފެށިގެން މިއަދާ ހަަމައަށް ވެސް ހުޅަނގުގެ ގައުމުތަކާއި އެ ގައުމުތަކުގެ މީޑިއާތަކުން ދިޔައީ ގަތަރު ވޯލްޑް ކަޕް "ނާކާމިޔާބު" ކަމަށް ދައްކަން ގިނަ ވާހަކަތަކެއް ދައްކަމުންނެވެ. އެ އަށް ފުޓްބޯޅަ ސަޕޯޓަރުންނާއި ވޯލްޑް ކަޕް ބަލަން ޝައުގުވެރިކަން ހުންނަ ގިނަ ބަޔެއްގެ ސަމާލުކަން އަނބުރާލުމުގެ ގޮތުން ހުޅަނގުގެ ވިސްނުންތައް ޕްރޮމޯޓްކުރާ މީޑިއާތައް ވެސް އޮތީ ވަރަށް ވިއްދާލައިފަ އެވެ.

އެކަމަކު، އެ ހުރިހާ ކަމެއް އެހެން އޮއްވައި، ހުރިހާ މަންޒަރެއް ބަދަލުވެގެންދިޔައީ، މިއީ ވޯލްޑް ކަޕްގެ 22 މުބާރާތުގެ ތެރެއިން ބޭއްވި އެންމެ ފުރިހަމަ މުބާރާތް ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް މީޑިއާ ކުރިމަތީގައި ވިދާޅުވުމުންނެވެ.

މިދިޔަ އާދިއްތަ ދުވަހުގެރޭ ކުޅުނު ފީފާ ވޯލްޑް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ފްރާންސް އަތުން އާޖެންޓީނާ މޮޅުވި މެޗަށް ފަހު އެ ޓީމުގެ ކެޕްޓަން، ލިއޮނަލް މެސީ، މުބާރާތުގެ ތަށި އުފުލާލިިއިރު، ގަތަރުގެ އަމީރު ތަމީމް ބިން ހާމިދު އަލް-ތާނީ، މެސީގެ ގަޔަށް ލައްވަވައި ދެއްވީ އަރަބި ސާގާފީ ހެދުމެއް ކަމަށްވާ "ބިޝްތު" އެވެ. މި ހެދުމަކީ ޝަރަފް ދިނުމާއި އެއްބައިވަންތަ ކަމުގެ ރަމްޒެއްގެ ގޮތުން އަރަބިން ޒަމާނުއްސުރެ ބޭނުން ކުރަމުން އައި ހެދުމެކެވެ.

މި ހެދުމާ ގުޅުވައިގެން ވެސް ހުޅަނގުގެ މީޑިއާ އިން އަންނަނީ މިއީ ފުޓްބޯޅައިގެ ތެރެއިން އަމިއްލަ މަންފާ ހޯދައި، އެހެން ކަމެއް ހާސިލްކުރަމުން ކަމަށް ބުނެ، ނުރަނގަޅު މައުލޫމާތުތަކެއް ފަތުރަމުންނެވެ. އެކަމަކު، ގަތަރުގެ އަމީރު، އެ އަށް ދެއްވީ ވަރަށް ފުރިހަމަ ޖަވާބެކެވެ.

"އަހަރެމެން އަރަބި ގައުމުތަކުން ގުޅިގެން މި ބޭއްވީ ވަރަށް ފުރިހަމަ ވޯލްޑް ކަޕެއްކަން، މިކަން ތަޖުރިބާކުރި އެންމެން އެބަ އެއްބަސްވޭ. އަހަރެމެންގެ ސަގާފަތާއި ރީތި އަހުލާގު އެންމެން ދަސްކޮށްފި، މިކަން ގަބޫލުކޮށް ގިނަ ބަޔަކު އެ ތިބީ މި ވޯލްޑް ކަޕާ މެދު ވަރަށް ހިތްހަމަޖެހިގެން،" އަމީރު ވިދާޅުވި އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ގަތަރުން ޖުމްލަ އެކު ކުރި ހަރަދު މިހާތަނަށް ބެލިޔަސް 220 ބިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ގަތަރު ވޯލްޑް ކަޕްގެ ތެރެއިން އަންހެން ސަޕޯޓަރަކު ވޯލްޑް ކަޕްގެ ރެޕްލިކާ ޓްރޮފީއެއް ހިފައިގެން.

ކުށް މަދު، ގުޅުން ބަދަހި ވޯލްޑް ކަޕެއް

މީގެ ކުރިން ވޯލްޑް ކަޕް ބާއްވާފައިވާ ގައުމުތަކަށް، އެ މުބާރާތުގެ ދުވަސްވަރުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުން އެއް މަހަށް ވޯލްޑް ކަޕް ހޯސްޓްކުރާ ގައުމަށް ގޮސް އުޅުމުގެ ތެރޭގައި ހިނގާ ކުށްތައް އިތުރުވުމެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ގަތަރުން ކަނޑައެޅި އުސޫލުތަކުގެ ތެރެއިން އެ ގައުމުގެ ތެރޭގައި ވޯލްޑް ކަޕާ ގުޅޭ ކުށްތައް އެހެން ފަހަރުތަކުގައި ބޭއްވި ވޯލްޑް ކަޕަށް ވުރެ ބޮޑުތަނުން މަދެވެ.

ގަތަރުން ކަނޑައެޅި އުސޫލުގައިވާ ގޮތުން، މުބާރާތުގެ ގްރޫޕް ސްޓޭޖު ނުނިމެނިސް، މެޗު ޓިކެޓް ނެތް ސަޕޯޓަރުންނަށް ގަތަރަށް އެތެރެނުވެވޭނެ އެވެ. މާނަ އަކީ، ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދިޔަ ދުވަސްވަރު ގަތަރަށް އެތެރެވެވޭނީ މެޗު ބަލަން އެކަންޏެވެ. އެ އުސޫލަށް ލުޔެއް ލިބުނީ ނޮކައުޓް ބުރު ފެށުނު ހިސާބުންނެވެ. އެ ހިސާބުން މެޗު ޓިކެޓް ނެތި ވެސް ފޭން ޒޯނުގައި މެޗުތައް ބަލާލައި، ވޯލްޑް ކަޕް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

"މިއީ ވަރަށް ފުރިހަމަ ވޯލްޑް ކަޕެއް. އަހަރެން އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕް ހޯސްޓް ކުރި ގައުމަށް ދިޔައިން. އަހަރެމެންނަށް ފުރައްސާރަ ކުރުމާއި ދިމާކުރުން އެއްވެސް ވަރަކަށް ކުރިމަތިނުވާ ވޯލްޑް ކަޕަކީ މިއީ، އެހެންވެ، މިއީ ވަރަށް ފުރިހަމަ ވޯލްޑް ކަޕެކޭ ބުނެވިދާނެ،" އިނގިރޭސި އަންހެން ސަޕޯޓަރަކު ބީން ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް ދެން ފާޑުކިޔުން އަމާޒުވި އަނެއް ކަންކަމަށް ބަލާއިރު، ވޯލްޑް ކަޕް ސްޓޭޑިއަމްތަކުގައި މެޗުތައް ކުރިއަށްދާއިރު، ބަނގުރާ (ބިޔަރު) ބުއިން މަނާކުރުމާއި އެއްޖިންސުގެ ގުޅުން ޕްރޮމޯޓްކުރާ (އެލްޖީބީޓީ) ކޮމިއުނިޓީގެ ހަރަކާތްތަކަށް އެއްވެސް ފުރުސަތެއް ނުދޭން ގަތަރުގެ ޝާހީ އާއިލާ އާއި އެ ގައުމުގެ ވޯލްޑް ކަޕް ކޮމިޓީން ނިންމި ނިންމުން ހިމެނެ އެވެ. ހުޅަނގުގެ ގައުމުތަކުން އެކަމާ ގުޅިގެން، ޓީމުތަކާއި ކުޅުންތެރިން ލައްވައި، ތަފާތު ކެމްޕެއިންތަކެއް ކުރިއަށްގެންދިޔަ އެވެ.

އެހެން ނަމަވެސް، އެންމެ ފަހު ވަގުތު ފީފާ އިން ވެސް ވަކި އުސޫލުތަކެއް ކަނޑައެޅި ހިސާބުން، ކެމްޕެއިންތައް ފެށި ގައުމުތަކަށް ޖެހުނީ، ދެން ވިސްނާނީ "ހަމައެކަނި ފުޓްބޯޅަ އަށް" ކަމަށް ބުނެ ކުރަމުން އައި ކަންކަން ހުއްޓާލުމަށެވެ.

"ވޯލްޑް ކަޕެއް ބާއްވާ ގައުމެއްގެ ސަގާފަތާއި ގަވާއިދުތަކަށް މަރުހަބާ ކިޔައިގެން ނޫން ގޮތަކަށް، ކުރަން އައި ކަމެއް އެންމެ ފުރިހަމަ އަށް ނުކުރެވޭނެ. ފުޓްބޯޅަ އަކީ ވެސް ގިނަ ކަންކަން އުނގަނައިދޭ ކަމެއް، ދިރިއުޅުމަށް ބެލިޔަސް ފުޓްބޯޅަ އަކީ ރީތި އާދަތަކެއް ވެސް ދަސްކޮށްދޭ ކަމެއް. އެހެން މިކަން އޮތްއިރު، މީގެއިން ޖެހޭނެ އެ ކަމެއްގެ ޒިންމާ ހަވާލުވެ އޮތް ބައެއް ހަދާ ގަވާއިދުތަކަށް އިިހުތިރާމްކުރަން،" ފީފާގެ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް، އާސެން ވެންގާ ބުންޏެވެ.

ބްރެޒިލްގެ ކުރީގެ ތަރި ކަކާ ބުނީ އަރަބި ގައުމެއްގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގައި އޭނާ އަށް ފެނުނީ އިސްލާމީ ރިވެތި އުސޫލުތައް ކަމަށާއި މި ކަންކަމާ ހުރެ، އަރަބިންނަށް ހާއްސަކޮށް މުސްލިމް ކޮމިއުނިޓީ އަށް އޭނާގެ ހިތުގައި އޮތް އިހުތިރާމް އިތުރުވެފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox