މައްސަލަތަކަށް ހައްލެއް ނުލިބި ބެންޒެމާ އެންމެ ފަހުން ފްރާންސަށް ކުޅުން ހުއްޓާލައިފި

Dec 19, 2022, 5:14 PM
މައްސަލަތަކަށް ހައްލެއް ނުލިބި ބެންޒެމާ އެންމެ ފަހުން ފްރާންސަށް ކުޅުން ހުއްޓާލައިފި

ޕެރިސް، ފްރާންސް (ޑިސެމްބަރު 19) - ފްރާންސް ފުޓްބޯލް މެގަޒިން އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް އެންމެ ފަހުން ހާސިލްކުރި ފޯވާޑް، ކަރިމް ބެންޒެމާ، ފްރާންސް ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެންޒެމާ، 35، މި ފަހަރު ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ނުކުޅެވުނީ ވޯލްޑް ކަޕް ފެށުނު ދުވަހު ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ހެދި ޓެސްޓްތަކުގެ ނަތީޖާ ދެއްކި ގޮތުންނެވެ.

ބެންޒެމާ އަށް އަނިޔާވުމުން އޭނާ އަށް ކުރު މުއްދަތެއްގެ ތެރޭގައި ފިޓްވެ، ޓީމަށް އެނބުރި އާދެވޭނެ ކަމަށް ބުނެ، މީޑިއާގައި ރިޕޯޓްތަކެއް ފެތުރުނެވެ. ވޯލްޑް ކަޕްގެ ތެރެއިން އެކި ފަހަރު މަތިން ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ވަނީ ބެންޒެމާއާ ގުޅޭ ސުވާލުތަކެއް އަމާޒުވެފަ އެވެ. އެކަމަކު، އޭގެއިން އެއް ފަހަރު ވެސް ޑެޝޯމްޕްސް މީޑިއާ ކުރިމަތީގައި ބެންޒެމާއާ ގުޅޭ ސުވާލަކަށް ސީދާ ޖަވާބެއް ދޭން ދެކޮޅު ހެދި އެވެ.

ފްރާންސް ޓީމަށް ކުޅުން ހުއްޓާލިކަން މިއަދު ބެންޒެމާ އިއުލާނުކުރިއިރު، އެ ޓީމުގެ އޮފިޝަލުންނާ މައްސަލަތަކެއް ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކައާ މެދު ވަކި އެއްޗެއް ބުނެފައިނުވެ އެވެ.

"އަހަރެން މަސައްކަތް ކުރިން ކުރެވުނު އެންމެ ރަނގަޅަށް، އަހަންނަށް ގޯސްތަކެއް ވެސް ހެދުނު، މި ހުރިހާ ކަމަކާ އެކު އަހަރެން މި ހުރި ހިސާބުގައި މި ހުރީ، މި ހުރެވުނު ހިސާބާ މެދު އަހަރެން ވަރަށް ފަހުރުވެރިވޭ. އަހަރެން އަމިއްލަ ވާހަކަ ލިޔުނީ ކުރި މަސައްކަތުން، މިއީ އޭގެ އެއް ވާހަކަ ނިމޭ ހިސާބު،" ބެންޒެމާ، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކުރަން ކުރި ޓްވީޓްގައި ބުނެފައިވެ އެވެ.

ފްރާންސް ގައުމީ ޓީމަށް އެންމެ ފުރަތަމަ 2007 ވަނަ އަހަރު މެޗެއް ކުޅުނު ބެންޒެމާ ގައުމީ ޓީމުން ރިޓަޔާކުރިއިރު، ވަނީ އެ ޓީމަށް 97 މެޗުން 37 ގޯލު ޖަހައިފަ އެވެ.

ގައުމީ ޓީމާ ދުރުގައި ހަ އަހަރު

އަލްޖީރިއާ ދަރިކޮޅަށް ނިސްބަތްވާ ބެންޒެމާ އެންމެ ފުރަތަމަ ފްރާންސް ޓީމަށް މެޗެއް ކުޅުނީ މީގެ 15 އަހަރު ކުރިން، 2007 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗަށް ފަހު ގަވާއިދުން ފްރާންސް ގައުމީ ޓީމުން ބެންޒެމާ އަށް ފުރުސަތު ލިބެމުން އައި ނަމަވެސް 2014 ވަނަ އަހަރު ހިނގާދިޔަ ކަމެއްގެ ސަބަބުން ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނެވެ.

ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން މިދިޔަ އަހަރު ޖެނުއަރީ މަހު ބަަލަން ފެށި އެވެ. އެކަމަކު، ފަހުން އެ ވާހަކަ މީޑިއާގައި ނުދައްކަ އެވެ.

ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލްގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފްރާންސް ޓީމުގެ ދެ މެމްބަރުންނެވެ. އެއީ ބެންޒެމާ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މުބާރާތެވެ. މައްސަލަ ފެންމަތިވުމަށް ފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ނުލިބެ އެވެ.

ފްރާންސް އިން މިދިޔަ އަހަރު ކުޅުނު މެޗެއްގެ ތެރެއިން ބެންޒެމާ ވޯމަޕް ކުރަނީ.

މިދިޔަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސްކޮޑުން ބެންޒެމާ އަށް ފުރުސަތު ދޭން ޑެޝޯމްޕްސް ނިންމި ނަމަވެސް މީޑިއާގައި އެ ނިންމުމާ މެދު މާ ބޮޑަށް ޑެޝޯމްޕްސް ވާހަކަ ނުދައްކަ އެވެ. ފްރާންސް އިން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ބޭއްވި އުފާފާޅުކުރުންތަކުގެ ތެރެއިން ޕެރިހުގައި ނޫސްވެރިއަކު ޑެޝޯމްޕްސް ގާތުގައި އެހީ ބެންޒެމާ އަށް އަލުން ގައުމީ ޓީމުން ފުރުސަތު ދޭނެތޯ އެވެ. ޑެޝޯމްޕްސް އެ ފަހަރު ބުނީ، ނެތް ކުޅުންތެރިންގެ ވާހަކަ ދައްކަން ބޭނުންވާ ކަމަށެވެ.

ފްރާންސް އިން ޔޫރޯގައި ކުޅެން ނެގި ސްކޮޑަށް ބެންޒެމާ ނެގީ، އޭނާ ރެއާލްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ކަމަށް އޭރު ޑެޝޯމްޕްސް ބުނި ނަމަވެސް ފްރާންސް ލެކިއުޕޭ ނޫހުން ރިޕޯޓްކުރި ގޮތުގައި ބެންޒެމާ ނަގަން ޖެހޭ ކަމަށް އެންގީ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ނޮއެލް ލަ ގްރައެޓް އާއި ރައީސް އެމަނުއަލް މެކްރަން ބޭއްވި ބައްދަލުވުންތަކަށް ފަހު އެވެ.

ޔޫރޯގައި ފްރާންސް އިން ވާދަކުރިއިރު، ބެންޒެމާ މޮޅު ކުޅުމެއް ދެއްކި އެވެ. އަދި ފްރާންސް އިން މިދިޔަ އަހަރު ނޭޝަންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގައި ތަފާތު ދެއްކި އެއް ކުޅުންތެރިއަކީ ބެންޒެމާ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލިއިރު، ބެންޒެމާ އާއި ޑެޝޯމްޕްސްގެ ގުޅުން އިތުރަށް ގޯސްވެ، މުބާރާތުގެ ފައިނަލް މެޗަށް ފްރާންސްގެ ރައީސް މެކްރަން ދިން ދައުވަތު ވެސް ބެންޒެމާ ގަބޫލެއް ނުކުރިއިރު، ކުއްލިއަކަށް މިއަދު މި ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox