ގައުމީ މަޖިލިހުގެ ގިނަ އަދަދެއްގެ މެމްބަރުންނާ ރައީސް ސޯލިހު ބައްދަލު ކުރައްވަނީ

Dec 19, 2022, 4:25 PM
ސޯލްޓުގައި ކުރިއަށްދާ ބައްދަލުވުމުގައި ރައީސް ސޯލިހު މިރޭ ބައިވެރިވެވަޑައިގަންނަވަނީ: ގައުމީ މަޖިލީހުގެ ގާތްގަނޑަކަށް 125 މެމްބަރުން އެތަނުގައި އެބަ ތިބި -- ފޮޓޯ: ކިޔުންތެރިއެއް

ސޯލްޓުގައި ކުރިއަށްދާ ބައްދަލުވުމުގައި ރައީސް ސޯލިހު މިރޭ ބައިވެރިވެވަޑައިގަންނަވަނީ: ގައުމީ މަޖިލީހުގެ ގާތްގަނޑަކަށް 125 މެމްބަރުން އެތަނުގައި އެބަ ތިބި -- ފޮޓޯ: ކިޔުންތެރިއެއް

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ގައުމީ މަޖިލީހުގެ ވަރަށް ގިނަ އަދަދެއްގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ބައްދަލުވުމެއް ސޯލްޓް ރެސްޓޯރަންޓުގައި މިވަގުތު އެބަ ކުރިއަށްދެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ ރައީސް ބައްދަލު ކުރައްވަމުން ގެންދަވާއިރު، މަގްސަދަކީ ޖެނުއަރީ 28، ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުން ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ.

ރައީސް ސޯލިހާއި އެމަނިކުފާނާއެކު ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަަ 167 މެމްބަރުން ތިބޭއިރު އޭގެ ތެރެެއިން 100 އަށް ވުރެ ގިނަ މެމްބަރުން ސޯލްޓުގެ ބައްދަލުވުމުގައި އެބަ ބައިވެރިވެ އެވެ.

ރައީސްގެ ބައްދަލުވުމުގައި ބައިވެރިވާ ބައެއް މެމްބަރުން: ރައީސްގެ ކެމްޕެއިން ހަރަކާތްތަކާމެދު ދަނީ މަޝްވަރާ ކުރަމުން -- ފޮޓޯ: ކިޔުންތެރިއެއް
ރައީސްގެ ބައްދަލުވުމުގައި ބައިވެރިވާ ބައެއް މެމްބަރުން: ރައީސްގެ ކެމްޕެއިން ހަރަކާތްތަކާމެދު ދަނީ މަޝްވަރާ ކުރަމުން -- ފޮޓޯ: ކިޔުންތެރިއެއް

ރައީސްގެ ބައްދަލުވުމުގައި ބައިވެރިވާ ބައެއް މެމްބަރުން: ރައީސްގެ ކެމްޕެއިން ހަރަކާތްތަކާމެދު ދަނީ މަޝްވަރާ ކުރަމުން -- ފޮޓޯ: ކިޔުންތެރިއެއް

ރައީސް ސޯލިހުގެ އާއިލީ މަސްލަހަތު އޮންނަ ސޯލްޓުގައި ހިނގާ އެ ބައްދަލުވުމުގައި ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ދާއިރާތަކުގެ ރައީސުން އެބަ ތިއްބެވި އެވެ. ޕްރައިމަރީގައި ވާދަ ކުރުމަށް މަދުވެގެން ހަމަކުރަންޖެހޭ 500 ސޮޔާއި ރައީސް ސޯލިހުގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާނެ ތާރީހަކާމެދު ވެސް އެ ބައްދަލުވުމުގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށްވެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ އިިއްޔެ އިއުލާނުކޮށްފައިވާއިރު ޕާޓީގެ މެމްބަރުންގެ ދަފްތަރުގައި މައްސަލަތަކެއް އުޅޭ ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަދި ޕާޓީގެ ދަފްތަރުގައި މައްސަލަތަކެއް އުޅެނިކޮށް ބާއްވާ އިންތިހާބެއް އިންސާފުވެރި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

އެކަމަކު އެމްޑީޕީން މިއަދު ބުނީ ޕާޓީގެ ދަފްތަރު ސައްހަ ކަމަށާއި އޮޅުންބޮޅުންގަނޑެއްގައި އޮއްވާ ދަފްތަރު ރަނގަޅު ކުރީ އިންތިހާބުގެ ސައްހަކަން ކަށަވަރު ކުރަން ކަމަށެވެ.

އެމްޑީޕީގައި މިވަގުތު 58،000 އަށް މެމްބަރުން ތިބިއިރު އެއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox