ސީއީއޯގެ މަގާމުން މަސްކް އިސްތިއުފާ ދޭން ފެންނަ ކަމަށް ޓްވިޓާގައި ނެގި ވޯޓުން ނިންމައިފި

ޓްވިޓާގެ ވެރިޔާ އަދި ސީއީއޯ އެލޮން މަސްކް.

ޓްވިޓާގެ ވެރިޔާ އަދި ސީއީއޯ އެލޮން މަސްކް.

ޓްވިޓާގެ ޗީފް އެގްޒެކްޓިވްކަމުން ބިލިއަނަރު އެލޮން މަސްކް އިސްތިއުފާ ދޭން ފެންނަ ކަމަށް ޓްވިޓާ ބޭނުންކުރާ މީހުންގެ މެދުގައި ނެގި ވޯޓަކުން ދައްކައިފި އެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދޭން ފެނޭތޯ ސުވާލުކޮށް، ޓްވިޓާގައި ވޯޓަށް ހުޅުވާލީ މަސްކް އެވެ. އޭނާ ބުނީ އެ ވޯޓުގެ ނަތީޖާއަށް އިހްތިރާމް ކުރާނެ ކަމަށެވެ.

ވޯޓުލުމުގެ ސުންގަޑި ހަމަވި އިރު، 57.5 ޕަސެންޓް މީހުން ބުނީ މަސްކް ސީއީއޯކަމުން ވަކިވާން ފެންނަ ކަމަށެވެ. ޓްވިޓާގައި 122 މިލިއަން މީހުން އޭނާ ފޮލޯކުރެ އެވެ.

މަސްކް ޓްވިޓާ ގަތީ 44 ބިލިއަން ޑޮލަރަށެވެ. ޓެސްލާ އާއި ސްޕޭސް އެކްސް ވެސް ހިންގާ މަސްކް ޓްވިޓާއަށް ގެންނަމުންދާ ބަދަލުތަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

ސީއީއޯގެ މަގާމުން އިސްތިއުފާ ދޭން ފެނޭތޯ ސުވާލުކޮށް ހުޅުވާލި ވޯޓުގެ ނަތީޖާއާ ގުޅޭ ގޮތުން މަސްކް އަދި ވަކި އެއްޗެއް ނުބުނެ އެވެ. ސީއީއޯކަމުން އިސްތިއުފާ ދިން ނަމަވެސް، ކުންފުނީގެ ވެރިޔާގެ މަގާމުގައި ހުންނާނީ އޭނާ އެވެ.

ހޯމަ ދުވަހު ހުޅުވާލި ވޯޓުގައި 17.5 މިލިއަން މީހުން ބައިވެރިވި އިރު، 42.5 ޕަަސެންޓް މީހުން ބުނީ މަސްކް ސީއީއޯކަމުގައި ހުންނަން ފެންނަ ކަމަށެވެ.

މީގެ ކުރިން ވެސް މަސްކް ވަނީ ޓްވިޓާގައި ތަފާތު އެކި ކަންކަމުގައި ވޯޓަށް ހުޅުވާލައިފަ އެވެ. ކޮންމެ ފަހަރަކު ވެސް އެ ވޯޓެއްގެ ނަތީޖާއާ އެއްގޮތަށް އަމަލުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

އިންޑިއާގައި ޓެލެގްރާމް ބްލޮކްކުރުން ކޯޓުން ދަމަހައްޓައިފި

ކޯޓުން ނިންމީ އިމްތިހާނުގެ ސައްހަކަން ހިފެހެއްޓުމަށް ސަރުކާރުން އެޅި މި ފިޔަވަޅަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. ނަމަވެސް ޓެލެގްރާމުން ވަނީ ސަރުކާރުގެ ނިންމުމަށް ފާޑުކިޔާފައި.

އެންވީޑިއާއިން ޕީސީތަކަށް ހާއްސަ އޭއައި ޗިޕެއް ތައާރަފްކޮށްފި

އެންވީޑިއާއިން ޕާސަނަލް ކޮމްޕިއުޓަރުތަކަށް ހާއްސަ "އާރްޓީއެކްސް ސްޕާކް" އޭއައި ޗިޕް ތައާރަފުކޮށް، ކޮމްޕިއުޓަރުތަކަކީ އަމިއްލަ އެހީތެރިއެއްގެ ގޮތުގައި ބޭނުންކުރެވޭނެ މަގު ފަހިކޮށްދީފިއެވެ. ދުނިޔޭގެ މަޝްހޫރު ކޮމްޕިއުޓަރު އުފައްދާ ކުންފުނިތަކުން މި ޗިޕް ބޭނުންކުރަން ނިންމާފައިވާއިރު، މިއީ އެޕަލް އަދި އިންޓެލް ފަދަ ކުންފުނިތަކަށް މާކެޓުގައި ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ސިރީގެ މައްސަލައިގައި އެޕަލްއިން 250 މިލިއަން ޑޮލަރު ދައްކަނީ

ސިރީގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗާތައް ތައާރަފުކުރުން ލަސްވުމުގެ ސަބަބުން ހިއްސާދާރުން ކުރި ދައުވާ، 250 މިލިއަން ޑޮލަރު ދެއްކުމަށްފަހު ކޯޓުން ބޭރުގައި ހައްލުކުރުމަށް އެޕަލް އިން އެއްބަސްވެއްޖެއެވެ. މި މައްސަލައަކީ އޭއައި ފީޗާތައް ނެރުން ލަސްވުމުން ކުންފުނީގެ ހިއްސާގެ އަގަށް ނޭދެވޭ އަސަރުކޮށް، އިންވެސްޓަރުންނަށް މާލީ ގެއްލުންވި ކަމަށް ބުނެ ހުށަހެޅި ދައުވާއެކެވެ. އެޕަލް އިން މި ފައިސާ ދޭން އެއްބަސްވި ނަމަވެސް، އެ ކުންފުނިން އެއްވެސް ގޯހެއް ހެދިކަމަކަށް އިއުތިރާފެއް ނުވެއެވެ.

ސިކުނޑީގެ ސެލްތަކާ މުއާސަލާތުކުރާ އާޓިފިޝަލް ސެލްތަކެއް

ސިކުނޑީގެ ސެލްތަކާ މުއާމަލާތްކުރުމުގެ ގާބިލުކަން ލިބިފައިވާ އާޓިފިޝަލް ނިއުރޯންތަކެއް އެމެރިކާގެ ސައިންސްވެރިން އުފައްދައި، ކާމިޔާބުކަމާއެކު ޓެސްޓުކޮށްފިއެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ބަލިތަކަށް ފަރުވާ ހޯދުމަށާއި، ހަކަތަ މަދުން ހޭދަވާ މާ ފުރިހަމަ ކޮމްޕިއުޓިންގް ސިސްޓަމްތައް ބިނާކުރުމަށް އާ މަގުތަކެއް ހުޅުވިގެންދާނެއެވެ.

Newsletter

Get the latest news delivered straight to your inbox