އިޒްރޭލުން ފަލަސްތީނުގެ ވަކީލެއް ފްރާންސަށް ޑީޕޯޓުކޮށްފި

މިދިޔަ މާޗް މަހުން ފެށިގެން ސަލާހް ހަމޫރީ ހުރީ އިޒްރޭލުގައި ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

މިދިޔަ މާޗް މަހުން ފެށިގެން ސަލާހް ހަމޫރީ ހުރީ އިޒްރޭލުގައި ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ސެކިއުރިޓީއާ ގުޅުން ހުރި ތުހުމަތުތަކެއް ކުރުމަށް ފަހު ފަލަސްތީނާއި ފްރާންސަށް ނިސްބަތްވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގާނޫނީ ވަކީލެއް އިޒްރޭލުން ޑީޕޯޓުކޮށްފި އެވެ.

އިޒްރޭލުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އާދީއްތަ ދުވަހުގެ ހެނދުނު އުމުރުން 37 އަހަރުގެ ސަލާހް ހަމޫރީ ފްލައިޓަކަށް އަރުވައި ފްރާންސަށް ފޮނުވާލާފައިވާ ކަމަށެވެ.

ހަމޫރީ ފްރާންސަށް ޑީޕޯޓް ކުރި އިރު، އޭނާ މުޅި އުމުރު މިހާތަނަށް ދިރިއުޅުނީ ގުދުސްގަ އެވެ. އޭނާއަކީ ޓެރަރިސްޓް ޖަަމިއްޔާއެއްގެ މެމްބަރެއް ކަމަށް ތުހުމަަތުކޮށް، ގުދުސްގައި އުޅުމުގެ ހައްގު ނިގުޅައިގަތެވެ.

Advertisement

ހަމޫރީ ވަނީ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އިންސާނީ ހައްގުތަކަށް މަސަައްކަތް ކުރާ ގްރޫޕްތަކުން ވެސް އިޒްރޭލުގެ ނިންމުމަށް ފާޑުކިޔަ އެވެ.

ފްރާންސްގެ ފޮރިން މިނިސްޓްރީން އިޒްރޭލުގެ ނިންމުމާ މެދު ހިތްހަމަަނުޖެހުން ފާޅުކޮށް ބުނީ "ގާނޫނާ ހިލާފަށް ސަލާހް ހަމޫރީ ފްރާންސަށް އަރުވާލުމަށް އިޒްރޭލުގެ އިދާރާތަކުން ނިންމި ނިންމުން" ކުށްވެރިކުރާ ކަމަށެވެ.

ހަމޫރީ މަސައްކަތް ކުރަނީ ފަަލަސްތީނު ރައްޔިތުންނަށް ގާނޫނީ އެހީ ފޯރުކޮށްދީ، ގައިދީންގެ ހައްގުތަކަށް ވަކާލާތު ކުރާ އައްދަމީރް ގްރޫޕަށެވެ.

އިޒްރޭލުން އޮކްޜޯބަރު 2021 ގައިި ފަލަސްތީނުގެ މަދަަނީ ހަރަކާތްތަކަށް އޮތް ޖާގަ ކުޑަކޮށް، ގިނަ ޖަމިއްޔާތަކެއް މަނާ ކުރި އިރު، އައްދަމީރްއަކީ ޓެރަރިސްޓް ޖަމިއްޔާއެއް ކަމަށް ކަނޑައެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox