އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ޖެނުއަރީ 28 ގައި

Dec 18, 2022, 4:06 AM
ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ޕާޓީގެ ހަރަކާތެއްގެ ތެރެއިން: ޕްރައިމަރީގައި ވާދަ ކުރަން 500 މީހުންގެ ސޮޔާއެކު އަންނަ ހޮނިހިރު ދުވަހު ފޯމު ހުށަހަޅަންޖެހޭ -- ފޮޓޯ: އަދަދު ފައިލް

ރައީސް ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ޕާޓީގެ ހަރަކާތެއްގެ ތެރެއިން: ޕްރައިމަރީގައި ވާދަ ކުރަން 500 މީހުންގެ ސޮޔާއެކު އަންނަ ހޮނިހިރު ދުވަހު ފޯމު ހުށަހަޅަންޖެހޭ -- ފޮޓޯ: އަދަދު ފައިލް

ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ 28، ގައި ބޭއްވުމަށް އެ ޕާޓީން މިއަދު އިއުލާނުކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވޭ އެ ޕްރައިމަރީއަށް ވާދަ ކުރުމަށް ފޯމު ހުށަހެޅޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ފޯމާއެކު 500 މެމްބަރުންގެ ސޮއި ވެސް ތާއީދުގެ ގޮތުގައި ހުށަހަޅަންޖެހެ އެވެ.

އިންތިހާބުގެ ޓައިމްލައިން

  • ޑިސެމްބަރު 18 – ރިޔާސީ ޕްރައިމަރީ އިއުލާން ކުރުން
  • ޑިސެމްބަރު 18 – ރިޔާސީ ޕްރައިމަރީ ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުން
  • ޑިސެމްބަރު 24 – ކެންޑިޑޭޓުން ވާދަ ކުރުމުގެ ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
  • ޑިސެމްބަރު 26 – ކެންޑިޑޭޓުންގެ ފައިނަލް ލިސްޓު، ކެންޑިޑޭޓް ނަންބަރާއެކު އިއުލާން ކުރުން
  • ޑިސެމްބަރު 28– ރިޔާސީ ޕްރައިމަރީ ވޯޓާޒް ލިސްޓް އާންމު ކުރުމާއި ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުން
  • ޑިސެމްބަރު 31 – ވޯޓާޒް ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވުން (16:00 އަށް)
  • ޖެނުއަރީ 3 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓާޒް ލިސްޓް އާންމު ކުރުން
  • ޖެނުއަރީ 10 - ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ހުޅުވާލުން
  • ޖެނުއަރީ 15 – ކެންޑިޑޭޓް މަންދޫބުންނަށް ފުރުސަތު ބަންދުވުން
  • ޖެނުއަރީ 28 – ރިޔާސީ ޕްރައިމަރީ ވޯޓުލާ ދުވަސް

އެމްޑީޕީގައި މިވަގުތު 58،000 އަށް މެމްބަރުން ތިބިއިރު އެއީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. އަދި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައީސް ސޯލިހު އިއުލާނު ކުރެއްވީ ޖޫން 8، ގަ އެވެ. އޭގެ ފަހުން ނަޝީދު ވެސް އިންތިހާބުގައި ވާދަ ކުރައްވާނެކަމުގެ އެކި އިޝާރާތް ވަނީ ދެއްވައިފަ އެވެ. އެގޮތުން އެމަނިކުފާނު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވިދާޅުވި އެވެ.

ނަމަވެސް ފަހުން ނަޝީދު ވިދާޅުވެފައި ވަނީ ޕްރައިމަރީއެއްގެ ކުރިން ވާހަކަ ދައްކަންޖެހޭނީ ދައުލަތް ހިންގުމުގެ ނިޒާމު ބަދަލު ކުރުމަށް ކަމަށެވެ. އަންނަ އަަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ބަރުލަމާނީ ނިޒާމަކަށް ގައުމު ބަދަލު ކުރުމަށް ވެސް ނަޝީދު ހުށަހެޅުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox